މެރިން އެކްސްޕޯ: މެރިން ފުޑްގެ ބައި ތަފާތު ވާނެ

ޝެފް ގިލްޑާއެކު ސޮއިކުރުމަށް ފަހު: މި ފަހަރުގެ އެކްސްޕޯގައި 50 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވޭ

ޝެފް ގިލްޑާއެކު ސޮއިކުރުމަށް ފަހު: މި ފަހަރުގެ އެކްސްޕޯގައި 50 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވޭ

އަހަރުން އަހަރަށް ފުޅާވަމުން އަންނަ މެރިން އެކްސްޕޯގައި މި ފަހަރު އަލަށް މެރިން ފުޑްގެ ބައި ގެނެސްދޭއިރު، އެ ބައި ވަރަށް ތަފާތުވާނެ ކަމަށް އެކްސްޕޯ އިންތިޒާމުކުރާ ކުންފުނިން ބުނެފި އެވެ.

އެކްސްޕޯގެ އޮގަނައިޒަ، މީޑިއަމް ޕްރައިވެޓްގެ މެނޭޖިން ޑިރެކްޓަރު ޝާމް މުހައްމަދު ވިދާޅުވި ގޮތުގައި މެރިން ފުޑްގެ ބައި ކުރިއަށް ގެންދަނީ ރެސްޓޯރެންޓް އެސޯސިއޭޝަން އާއި ޝެފް ގިލްޑްއާ ގުޅިގެންނެވެ.

"ހަމައެކަނި އޮންނާނީ ފުޑްގެ ބާވަތްތައް ދައްކާލުމެއް ނޫން،"އޭނާ ވިދާޅުވި އެވެ.

މަސްމަހާމެހި އަދި ކަނޑުގެ އެހެން ބާވަތްތަކުން ކާތަކެތި ތައްޔާރުކުރުމާއި އެތަކެތި ދައްކާލުމާއި ރަހަ ދެއްކުމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ވެސް ދޭނެ އެވެ.

ރޯމަހުގެ ބާވަތްތަކުން ފެށިގެން، ހިކި މަސް، އަދި ދަޅުމަސް ބޭނުން ކޮށްގެން ކާތަކެތި ތައްޔާރުކުރާނޭ ގޮތް ކިޔައިދޭނެ އެވެ.

"އަޅުގަނޑުމެން މިފަހަރު މި ދައްކާލަނީ ޕްރޮފެޝަނަލް ޝެފުން، ކަނޑުމަހުގެ ބާވަތްތަކާއި މެރިން ފުޑްގެ އެހެން ބާވަތްތަކުން ތަކެތި ތައްޔާރުކުރާ ގޮތްތައް. އޭރުން ވަރަށް ގިނަ ބަޔަކަށް ދަސްވެގެންދާނެ،" ޝާމް ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޓިން ސިނާއަތަށް ހާއްސަ ކޮށްގެން ބާއްވާ ހަމައެކަނި އިވެންޓް، މެރިން އެކްސްޕޯ ކުރިއަށް ދާނީ މި މަހުގެ 11 އިން 13 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ. މިފަހަރު 50 އަށް ވުރެ ފަރާތްތަކުން އެކްސްޕޯގައި ބައިވެރިވެ އެވެ.

މި ފަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީ އެވެ.

އެކްސްޕޯގައި ބޯޓް ބިލްޑަރުންނާއި ފިނޭންސް އަދި އިންޝުއަރެންސް ވިޔަފާރިތަކާއި، ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި މެރިން ފުޑްސް ސަޕްލަޔަރުންނާއި ލޮޖިސްޓިކްސް، މެރިން ޓެކްނޮލޮޖީ، ފަޔާ ސޭފްޓީގެ ހިދުމަތްދޭ ވިޔަފާރިތަކާއި ދާއިރާއާ ގުޅޭ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތައް އަދި އެހެނިހެން ގުޅުންހުރި ވިޔަފާރިތައް ބައިވެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

Newsletter

Get the latest news delivered straight to your inbox