އަލްޖީރިއާ އިން ފަލަސްތީނަށް 100 މިލިއަން ޑޮލަރުގެ އެހީ

އަލްޖީރިއާގެ ރައީސް އަބްދެލްމަޖްދީދް ތެބޫނޭ (ކ) އަދި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް. -- ފޮޓޯ: ގެޓީ އިމޭޖަޒް

އަލްޖީރިއާގެ ރައީސް އަބްދެލްމަޖްދީދް ތެބޫނޭ (ކ) އަދި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް. -- ފޮޓޯ: ގެޓީ އިމޭޖަޒް

ފަލަސްތީނަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް އަލްޖީރިއާ އިން ނިންމައިފި އެވެ.

އެގޮތަށް ނިންމީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަލްޖީރިއާ އަށް ހޯމަ ދުވަހު ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުގެ ރައީސް އަބްދެލްމަޖްދީދް ތެބޫނޭ އެވެ.

ދެ ލީޑަރުން ގުޅިގެން ބޭއްވި ޕްރެސް ކޮންފެރެންސެއްގައި ތެބޫނޭ ވިދާޅުވީ ފައިސާ ފޯރުކޮށްދޭން ނިންމީ އަލްޖީރިއާ އާއި އެ ގައުމުގެ ރައްޔިތުން ފަލަސްތީނަށް ކުރާ ތާއީދު ދެއްކުމަށް ކަމަށެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ މާޗް މަހު އޮންނަ އަރަބި ލީގް ސަމިޓު ކުރިއަށް ދާނީ އަލްޖީރިއާގަ އެވެ. އެއީ މޮރޮކޯ އިން އިޒްރޭލާ އެކު ގުޅުން ގާއިމްކުރި ފަހުން ބާއްވާ ފުރަތަމަ އަރަބި ލީގް ސަމިޓެވެ.

ތެބޫނޭ ވިދާޅުވީ އަރަބި ލީގު ސަމިޓުގެ އެންމެ މުހިއްމު މައްސަލައެއްގެ ގޮތުގައި ފަލަސްތީނުގެ ހާލަތު އަލްޖީރިއާ އިން ހުށަހަޅާނެ ކަމަށެވެ.

އަލްޖީރިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އިތުރުން ފަލަސްތީނުގެ އެހެން ފެކްޝަންތަކުގެ އޮފިޝަލުންނާ ވެސް ތެބޫނޭ ބައްދަލުކުރައްވާނެ އެވެ.

ފަލަސްތީނުގެ ރައީސް އުތުރު އެފްރިކާގެ ދަތުރެއްގައި އަލްޖީރިއާ އަށް ވަޑައިގެންފައި ވާއިރު، ޓިއުނީޝިއާ އަށް ވަޑައިގެންނެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ ދެ ހަފުތާ ކުރިން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް ވަނީ މޮރޮކޯ އަށް ވަޑައިގެން އެ ގައުމާ އެކު ދިފާއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމާ މެދު އަލްޖީރިއާ އިން ހިތްހަމައެއް ނުޖެހެ އެވެ. އަލްޖީރިއާ އިން ދެކޭ ގޮތުގައި އިޒްރޭލާއި މޮރޮކޯ އިން އެފަދަ އެއްބަސްވުމަކަށް ދިޔުމަކީ އެ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ.

އަލްޖީރިއާ އިން މިދިޔަ އޯގަސްޓު މަހު މޮރޮކޯއާ ގުޅުން ކަނޑާލުމަށް ފަހު ތުހުމަތު ކުރީ އެ ގައުމުން "ހަމަނުޖެހުމަށް މަގުފަހިވާ އަމަލު" ހިންގާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox