ކަނޑުފަޅުތައް ބޭނުންކުރާ ގޮތްތައް ދެނެގަންނަން އޯޝަން ޔޫސް ސާވޭއެއް ނޫ ރާއްޖެއިން ފަށައިފި

ދޮށީގެ މަސްވެރިކަން ކުރަނީ: ނޫ ރާއްޖޭގެ ދިރާސާގައި މަސްވެރިންނާ ސުވާލުކޮށް، އާންމުކޮށް މަހަށްދާ ސަރަހައްދުތައް ދެނެގަނެވޭނެ. -- ފޮޓޯ: ނޫ ރާއްޖެ

ދޮށީގެ މަސްވެރިކަން ކުރަނީ: ނޫ ރާއްޖޭގެ ދިރާސާގައި މަސްވެރިންނާ ސުވާލުކޮށް، އާންމުކޮށް މަހަށްދާ ސަރަހައްދުތައް ދެނެގަނެވޭނެ. -- ފޮޓޯ: ނޫ ރާއްޖެ

މަސްވެރިންނާއި، ވަކިވަކި ފަރުރުންނާއި، އެކިއެކި ސިނާއަތްތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާ ގޮތާއި، މުހިންމުވާ ސަރަހައްދުތައް ދެނެގަތުމަށް އޯޝަން ޔޫސް ސާވޭއެއް ނޫ ރާއްޖެއިން ފަށައިފި އެވެ.

ނޫ ރާއްޖެ ޕްރޮގްރާމަކީ ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ސަރުކާރާއި ބައިނަލްއަގްވާމީ ބައިވެރިންގެ މައްޗަށް އެކުލެވޭ ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުން ކުރެވޭ ދިރާސާތަކުގެ އަލީގައި މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލެވޭނެ އެވެ. އަދި ސަރުކާރުން ގެންގުޅޭ ނޫ އިގުތިސޯދުގެ ތެރެއިން ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއަރުވަން ސިޔާސަތުތައް ބައްޓަން ކުރަން އެހީތެރިވެދޭނެ އެވެ.

ދިވެހި ސަރުކާރުން އަމާޒު ހިފާފައިވަނީ ނޫ ރާއްޖެ ޕްރޮގްރާމުގެ ތެރެއިން ކުރެވޭ ދިރާސާތަކުން އެއްކުރެވޭ މައުލޫމާތުގެ އަލީގައި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ކަނޑުފަޅުތަކުން 20 ޕަސެންޓު ހިމާޔަތް ކުރުމަށެވެ.

ނޫ ރާއްޖެ ޕްރޮގްރާމުގެ ތެރެއިން މީގެ ކުރިން ނިންމާލި މަސައްކަތްތަކުގެ ތެރޭގައި، ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް 16 އަތޮޅެއްގެ ފަރުތަކާއި ކަނޑުގެ މާހައުލާއި ގުޅޭ މައުލޫމާތު އެއްކޮށްފަ އެވެ. އަދި އެ މައުލޫމާތުގެ އަލީގައި ރާއްޖޭގެ ފަރުތަކުގެ ހާލަތާ ގުޅޭ ރިޕޯޓެއް ތައްޔާރުކޮށް، އާންމުކޮށްފަ އެވެ.

ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ދެނެގަންނަ ގޮތުގެ ދިރާސާއަކީ ވެސް މީގެ ތެރެއިން ބަޔެކެވެ.

ރާއްޖޭގެ ފަރެއް: ނޫ ރާއްޖެއިން ވަނީ ރާއްޖޭގެ 16 އަތޮޅެއްގެ ފަރު ދިރާސާކޮށްފައި. -- ފޮޓޯ: ނޫ ރާއްޖެ
ރާއްޖޭގެ ފަރެއް: ނޫ ރާއްޖެއިން ވަނީ ރާއްޖޭގެ 16 އަތޮޅެއްގެ ފަރު ދިރާސާކޮށްފައި. -- ފޮޓޯ: ނޫ ރާއްޖެ

ރާއްޖޭގެ ފަރެއް: ނޫ ރާއްޖެއިން ވަނީ ރާއްޖޭގެ 16 އަތޮޅެއްގެ ފަރު ދިރާސާކޮށްފައި. -- ފޮޓޯ: ނޫ ރާއްޖެ

މި ދިރާސާގެ މައުލޫމާތު ދެމުން ނޫ ރާއްޖެއިން ބުނި ގޮތުގައި، ހަ މަސް ދުވަހަށް ކުރިއަށްގެންދާ މި ސާވޭގެ ބޭނުމަކީ އިގުތިސޯދީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން ދިވެހިންނާއި ކަނޑުތަކާއި އޮންނަ ގުޅުން އިތުރަށް ދެނެގަތުމެވެ.

"ހިމާޔަތް ކުރަން ޖެހޭ ސަރަހައްދުތައް ދެނެގަތުމުގައި އަޅުގަނޑުމެންގެ އަމާޒަކީ އެއީ ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ސަރަހައްދުތަކެއްތޯ ބެލުން. މިސާލަކަށް، ވަކިން ހާއްސަކޮށް ފަރުތަކުގެ ދިރުން ރަނގަޅު، ވިލުންވެރި ސަރަހައްދުތައް، ނުވަތަ ވަކި ދުވަސްވަރުތަކުގައި ބައެއް ބާވަތުގެ މަސްމަހާއިމެހި ބިސްދޫކުރުމަށް ޖަމާވާ ސަރަހައްދުތައް،" ނޫ ރާއްޖޭގެ ސައިޓު މެނޭޖަރު ފާތިމަތު ނިސްތަރަން ވިދާޅުވި އެވެ.

މިގޮތުން އެއްކުރެވޭ މައުލޫމާތުގެ އަލީގައި ކަނޑުފަޅުތައް ބޭނުންކުރާ އެކިއެކި ފަރާތްތަކަށް މުހިންމު ސަރަހައްދުތައް ފާހަގަކުރެވި، ކަނޑުގެ ދިރުން ހިމާތަތްކޮށް މެނޭޖުކުރާނެ ގޮތްތައް ހޯދައި ދެނެގަންނަން ފަސޭހަވެގެން ދާނެ އެވެ.

މި ދިރާސާގެ މަގުސަދަކީ ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލާއިރު، ކަނޑުގެ ވަސީލަތްތައް ބޭނުންކުރާ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރު ކުރުން ކަަމަށް ނޫ ރާއްޖެއިން ބުނެ އެވެ.

"މި މަސައްކަތުގައި ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ފަރާތްތަކުގެ ބަހެއް އޮތުން މުހިއްމު. މި ފަރާތްތަކުން އެކި ސަރަހައްދުތައް ބޭނުންކުރަނީ ކިހިނެއްތޯ އެނގެން އަޅުގަނޑުމެން ބޭނުން،" ފާތިމަތު ނިސްތަރަން ވިދާޅުވި އެވެ.

އޯޝަން ޔޫސް ސާވޭގެ ތެރެއިން ކުރެވޭ މުހިންމު މަސައްކަތްތައް

  • މަސްވެރިކަމާއި، ފަތުރުވެރިކަމާއި، އުމްރާނީ މަސައްކަތްތައް ކުރާ ފަރާތްތަކާއި މަޝްވަރާކޮށް އެ ފަރާތްތަކުން ކަނޑުފަޅުތައް ބޭނުންކުރާ ގޮތާއި، އަގު ވަޒަންކުރާ ގޮތް ދެނެގަތުން.
  • މަސްވެރިކަމާއި، ފަތުރުވެރިކަމާއި، މުނިފޫހިފިލުވުމާއި އެހެނިހެން ކަންކަމަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައް ފާހަގަކޮށް ހީޓް މެޕްތަކެއް އެކުލަވާލުން.

މި ސާވޭގެ ދަށުން އެކުލަވާލެވޭ ހީޓް މެޕްތައް ސަރުކާރަށާއި އާންމުންނަށް ލިބޭނެ އެވެ.

ނޫ ރާއްޖެއިން ބުނީ އޯޝަން ޔޫސް ސާވޭ ޓީމުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަބައެއްގެ ހިއްސާއާއެކު، އެކި މީހުން ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާގޮތް ދެނެގަނެ، އެ މީހުންނަށް މުހިންމުވާ ސަރަހައްދުތައް ވަޒަންކުރުމެވެ.

މި ސާވޭއާ ގުޅިގެން މެރިން ރިސޯސް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މިއީ ރާއްޖޭގައި މިގޮތަށް ހިންގޭ ފުރަތަމަ ދިރާސާކަމުން، ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން އެދޭ ކަމަށެވެ.

"މި ސާވޭއިން ލިބޭ މައުލޫމާތަކީ ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދިނުމަށް ވަރަށް މުހިންމު މައުލޫމާތުތަކަށް ވެގެންދާނެ،" ހުސެއިން ވިދާޅުވި އެވެ.

މި ސާވޭގައި ބައިވެރިވާން ބޭނުންވާ އެންމެނަށް އޮންލައިންކޮށް އެކަން ކުރެވޭނެ އެވެ. އެގޮތުން ހިޔާލު ހިއްސާކުރަން ބޭނުންނަމަ nooraajje.org/oceanusesurvey ޒިޔާރަތްކޮށްލައިގެން، ސާވޭގެ ބޭނުމަށް ހިޔާލުތައް ހިއްސާ ކުރެވޭނެ އެވެ.

އޭގެ އިތުރުން ނޫ ރާއްޖެ ޕްރޮގްރާމުގެ ސާވޭ ފެސިލިޓޭޓަރުން އެ ރަށެއްގެ ސްޓޭކްހޯލްޑަރުން (މަސްލަހަތުވެރިންނާ) ބައްދަލުކޮށް މައުލޫމާތު އެއްކުރާނެ އެވެ.

ސަރުކާރުގެ ގިނަ ވުޒާރާތަކެއް ގުޅިގެން ހިންގާ ނޫ ރާއްޖެ ޕްރޮގްރާމަށް އެހީތެރިކަން ދޭ ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނަކީ ދާއިރާގެ ފަންނީ މާހިރުންނާއި ޖަމިއްޔާތަކުން އުފައްދާފައިވާ ވިއުގަ އެވެ. މި ވިއުގައިގެ ބައިވެރިން ވަނީ ކަނޑުތަކުގެ ރައްކާތެރިކަމަށް ބައިނަލްއަގުވާމީ ފެންވަރުގެ މަސައްކަތްތަކެއްކޮށްފަ އެވެ.

މި ކޯލިޝަނުގައި ހިމެނޭ ޖަމިއްޔާތަކުގެ ތެރޭގައި ވެއިޓް އިންސްޓިޓިއުޓް، ސްކްރިޕްސް އިންސްޓިޓިއުޓް އޮފް އޯޝަނޮގްރަފީ އަދި ނެޝަނަލް ޖޯގްރަފިކްގެ ޕްރިސްޓީން ސީސްގެ އިތުރުން އޯޝަންސް5 ފަދަ ޖަމިއްޔާތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox