ޒޫމް ކޯލެއްގެ ތެރެއިން އެއް ފަހަރާ 900 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ބެޓާ ޑޮޓް ކޮމްގެ ސީއީއޯ ވިޝާލް ގަރްގް. -- ފޮޓޯ: ބެޓާ ޑޮޓް ކޮމް/ ޓްވިޓާ

ބެޓާ ޑޮޓް ކޮމްގެ ސީއީއޯ ވިޝާލް ގަރްގް. -- ފޮޓޯ: ބެޓާ ޑޮޓް ކޮމް/ ޓްވިޓާ

ޒޫމް ކޯލެއްގެ ތެރެއިން އެއް ފަހަރާ 900 މުވައްޒަފުން ވަޒީފާއިން ވަކިކުރި އެމެރިކާ ކުންފުނީގެ ވެރިޔަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

"މި ކޯލުގައި ބައިވެރިވުމުގެ ދައުވަތު ލިބުނު ނަމަ، ތިއީ ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ ބަދުނަސީބު ގްރޫޕުގެ މެމްބަރެއް،" މޯގޭޖް ކުންފުނި ބެޓާ ޑޮޓް ކޮމްގެ ޗީފް އެގްޒެކްޓިވް ވިޝާލް ގަރްގް އެހެން ބުނާ ކޯލުގެ ރިކޯޑިން ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ސޯޝަލް މީޑިއާގައި އެ ވީޑިއޯ އަށް ކޮމެންޓު ކުރި ފަރާތްތަކުން ވަނީ އެކަމަށް ފާޑުކިޔާފަ އެވެ. އެގޮތުން މިއީ ކްރިސްމަސްއާ ދިމާކޮށް އެހެން މީހުންގެ އިހުސާސްތަކަށް ބަލައިލުމެއް ނެތި ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ގަރްގް ބުނެފައި ވަނީ އެހާ ގިނަ އަދަދެއްގެ މުވައްޒަފުން އެއް ފަހަރާ ވަފީޒާ އިން ވަކިކުރަން ޖެހުނީ މުވައްޒަފުންގެ ޕަފޯމަންސް ދަށްވެ، އުފެއްދުންތެރިކަން މަޑުޖެހި، މާކެޓަށް އައި ބަދަލުގެ ސަބަބުން ކަމަށެވެ. ވަފީޒާ އިން ވަކިކުރީ ކުންފުނީގެ މުވައްޒަފުންގެ 15 ޕަސެންޓެވެ.

ކުންފުނީގެ ހާލަތު ގޯސްކަމަށް ގަރްގް ބުނި ނަމަވެސް ބީބީސީ އިން ރިޕޯޓުކުރި ގޮތުގައި މިދިޔަ ހަފުތާގައި އިންވެސްޓަރުންގެ ފަރާތުން ލިބުނު 750 މިލިއަން ޑޮލަރުގެ ވާހަކަ އޭނާ މުވައްޒަފުންނާ ހިއްސާކޮށްފައެއް ނުވެ އެވެ.

ފޯޗޫން މެގެޒިން އިން ހަބަރު ފެތުރި ގޮތުގައި ވަޒީފާ އިން ވަކިކުރި މުވައްޒަފުންގެ އުފެއްދުންތެރިކަން ދަށްވެ، ދުވާލަކު އެންމެ ދެ ގަޑިއިރު މަސައްކަތް ކުރުމަކީ ކަސްޓަމަރުންގެ އަތުން ވައްކަން ކުރުން ކަމަށް ބުނެ ނަން ނުޖަހާ ލިޔެފައިވާ ބްލޮގް ޕޯސްޓެއްގެ ފަހަތުގައި ވަނީ ގަރްގް އެވެ.

ބެޓާ ޑޮޓް ކޮމް އަކީ ގެދޮރު ގަތުމުގެ ޕްރޮސެސް އަވަސްކޮށް "އެފިޝެންޓް ކުރުމަށް" ޓެކްނޮލޮޖީގެ އެހީ ބޭނުން ކުރާ ކުންފުންޏެކެވެ. ޖަޕާނުގެ ސޮފްޓްބޭންކްގެ އެހީއާ އެކު ކުރިއަށްދާ އެ ކުންފުނީގެ އަގަކީ ގާތްގަނޑަކަށް ހަ ބިލިއަން ޑޮލަރެވެ.

މީގެ ކުރިން ވެސް ގަރްގް މުވައްޒަފުންނާ މެދު އަމަލު ކުރާ ގޮތަށް ފާޑުކިޔުން އަމާޒުވި އެވެ. އެގޮތުން ފޯބްސް މެގެޒިން އިން މިދިޔަ އަހަރު އާއްމުކުރި އީމެއިލެއްގައި މުވައްޒަފުންގެ މަސައްކަތް ލަސްކަމަށް ބުނެ، އިހްތިރާމް ކުޑަކޮށް ވާހަކަދައްކާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox