ޒުވާން ތަރި ބެލިންހަމް ރެފްރީއާ ބެހޭގޮތުން ދެއްކި ވާހަކައިގެ މައްސަލަ ޖަރުމަނު އެފްއޭ އިން ބަލަނީ

Dec 7, 2021, 2:49 AM
ޒުވާން ތަރި ބެލިންހަމް ރެފްރީއާ ބެހޭގޮތުން ދެއްކި ވާހަކައިގެ މައްސަލަ ޖަރުމަނު އެފްއޭ އިން ބަލަނީ

ބާލިން (ޑިސެމްބަރު 7) - ޖަރުމަނު ލީގުގައި ބަޔާން މިއުނިކް އަތުން ބޮރޫޝިއާ ޑޯޓްމަންޑް ބަލިވި މެޗުގައި ހުރި ރެފްރީ ފީލިކްސް ޒްވޯޔާއާ ބެހޭގޮތުން ޑޯޓްމަންޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ދެއްކި ވާހަކައިގެ މައްސަލަ ޖަރުމަނު އެފްއޭ އިން ބަލަން ފަށައިފި އެވެ.

މެޗު ފިކްސިން މައްސަލައެއްގައި ރެފްރީ ޒްވޯޔާ ވަނީ 2005 ވަނަ އަހަރު ހަ މަހަށް ސަސްޕެންޑްކޮށްފަ އެވެ.

ބަޔާނުން 3-2 އިން ޑޯޓްމަންޑް ބަލިކުރި މެޗުގައި ޑޯޓްމަންޑުން އެޕީލްކުރި ޕެނަލްޓީ ނުދިނުމަށް ފަހު ޒްވޯޔާ ވަނީ ޑޯޓްމަންޑްގެ މެޓް ހަމެލްސް އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ބަޔާނަށް ޕެނަލްޓީ ދީފަ އެެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ބަޔާން މެޗުން މޮޅުވީ އެވެ.

މެޗަށް ފަހު ބެލިންހަމް ބުނީ މެޗު ފިކްސިން މައްސަލައެއްގައި ކުރިން ބައިވެރިވެފައި ހުރި ރެފްރީއަކާ ޖަރުމަނު ފުޓްބޯޅައިގެ އެންމެ ބޮޑު މެޗު އިންސާފުކުރަން ހަވާލުކުރުމުން ފެންނާނެ މަންޒަރު އެ މެޗުގައި ފެނުނު ކަމަށެވެ.

ބަޔާނަށް ދިން ޕެނަލްޓީ އަކީ އެއްވެސް ގޮތަކަށް ޕެނަލްޓީއެއް ދެވޭނެ ކަމެއް ނޫން ކަމަށް ވެސް ބެލިންހަމް ވަނީ ބުނެފަ އެވެ. ހަމެލްސް އަތުގައި ބޯޅައިން ޖެހުނު ގޮތަށް ބަލާއިރު، އެއީ މިހާރު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިގެން ގޮތެއް ނިންމާ ޒަމާނެއްގައި ދެވޭނެ ޕެނަލްޓީއެއް ނޫން ކަމަށް ބެލިންހަމް ބުނެފައިވެ އެވެ.

ޖަރުމަނު އެފްއޭ އިން ބެލިންހަމްގެ މައްސަލަ ބަލަން ފަށައި އޭނާ އަށް ވަނީ ޖަވާބުދާރީވާން މުއްދަތެއް ދީފަ އެވެ. ބެލިންހަމް ދެއްކި ވާހަކަތަކާ ބެހޭގޮތުން އޭނާ ޖަރުމަނު އެފްއޭގެ ކޮންޓްރޯލް ކޮމިޓީ އަށް ޖަވާބުދާރީވުމާ އެކު އަޅާ ފިޔަވަޅެއް އިއުލާނުކުރާނެ އެވެ.

ޑޯޓްމަންޑްގެ ސްޕޯޓިން ޑިރެކްޓަރު މައިކަލް ޒޯކް ބުނީ މި މައްސަލައިގައި އެ ކްލަބުން އޮތީ "100 ޕަސެންޓް" ބެލިންހަމާ އެކު ކަމަށެވެ.

މެޗު ނިމުނުތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބެލިންހަމް އެ ގޮތަށް ވާހަަކަ ދެއްކީ އެނގެން ހުރި މައުލޫމާތަށް ބަލައިގެން ކަމަށާއި އެއީ މެޗުން ބަލިވުމުގެ ޖަޒުބާތުގައި ހުރެގެން ދެކެވުނު ވާހަކަ އަކަށް ވެދާނެ ކަމަށް ޒޯކް ގަބޫލުކުރެ އެވެ.

ޒޯކް ބުނީ އެއީ ދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި އެކަމަކު، އެ ވާހަކަތަކުގައި ދޮގެއް ވެސް ނެތް ކަމަށެވެ. އެހެން ކަމުން ބެލިންހަމަށް އަދަބެއް އަންނަން ޖެހޭނެ ކަމަށް ނުދެކޭ ކަމަށް ޒޯކް ބުނެފައިވެ އެވެ.

އިނގިރޭސި ގައުމީ ޓީމުގައި ވެސް ހިމެނޭ އުމުރުން 18 އަހަރުގެ ބެލިންހަމްގެ އިތުރުން ބަޔާން-ޑޯޓްމަންޑް މެޗުގެ ރެފްރީ ޒޯޔާއާ މެދު ސޯޝަލް މީޑިއާގައި ޑޯޓްމަންޑްގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox