ތާޖުއްދީން ސްކޫލުން ވަގަށް ނެގި ޓެބްލެޓުތަކެއް ހޯދައިފި އެވެ.
އެ ސްކޫލުން ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ހަތް ޓެބްލެޓާއި ހޭންޑް ބޭގެކެވެ.
ފުލުހުން ބުނީ ތާޖުއްދީން ސްކޫލުގެ ސްޓާފްރޫމަށް ބަޔަކު ވަދެ ވައްކަން ކޮށްފައިވާ ކަމުގެ މައްސަލައެއް މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ތަކެތި މިހާރު ވަނީ ހޯދައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތަކެތި ހޯދާފައި ވަނީ ސީސީޓީވީ ކެމެރާއެއްގެ އެހީގައި ކަމަށެވެ. އެ ތަކެތި ހޯދާފައިވަނީ މާލޭ ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓަ އެވެ.
މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.














