އެތުލީޓްސް ކޮމިޝަނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޖޫން މަހު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގެ ތެރެއިން ހަސަން ސާއިދު ވޯޓުލަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޖޫން މަހު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގެ ތެރެއިން ހަސަން ސާއިދު ވޯޓުލަނީ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އެތުލީޓުންނަށް ބާރު ލިބޭ ގޮތަށް އެކުލަވާލާފައިވާ އެތުލީޓްސް ކޮމިޝަންގެ ވޯޓުލުން މި މަހު 23 ވަނަ ދުވަަހަށް ތާވަލުކޮށްފައިވާއިރު، އިންތިހާބަށް ކުރިމަތިލާން ދިން މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

އިންތިހާބުގައި ވާދަކުރަން ކުރިމަތިލާން އެތުލީޓުންނަށް ފުރަތަމަ ދިން މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މިއަދު އާންމުކުރީ ސޯޝަލް މީޑިއާ ޕޯސްޓްގައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ކުރިމަތިލާ އެތުލީޓުންގެ ތެރެއިން ވާދަކުރާ ކެންޑިޑޭޓުންގެ ނަން އިއުލާނުކުުރުން އޮންނާނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު އެވެ.

އެތުލީޓްސް ކޮމިޝަނަކީ 2009 ވަަނަ އަހަރު އޮލިމްޕިކް ކޮމިޓީ އަށް މެމްބަރުން އިންތިހާބުކުރަން ފެށުނު އިރުން ފެށިގެން ހިމެނޭ ބައެކެވެ. އެކަމަކު، މީގެ ކުރިން އެ ކޮމިޝަންގެ އެކްޓިވް ބައެއްގެ ގޮތުގައި ފާހަގަވެފައި ނެތެވެ.

އެތުލީޓްސް ކޮމިޝަނަށް ބާރުތައް ދޭގޮތަށް ފާސްކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެތުލީޓްސް ކޮމިޝަނުގެ ފުރަތަމަ ދެ މެމްބަރުންގެ ގޮތުގައި 2020 ވަނަ އަހަރު ފެބްރުއަރީ މަހު އިއުލާނުކުރީ ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓް، ހަސަން ސާއިދު އާއި ކާމިޔާބު ފެތުންތެރިޔާ، އައިމިނަތު ސަޖަން އެވެ. މިދިޔަ ޖޫން މަހު 10 ވަނަ ދުވަހު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެތުލީޓްސް ކޮމިޝަންގެ އިސް މަގާމަށް ވާދަކުރީ ސަޖަން އާއި ސާއިދު އެވެ. އެ މަގާމަށް އިންތިހާބުވީ ސާއިދު އެވެ.

އެތުލީޓްސް ކޮމިޝަން އެެކުލެވޭނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެއީ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓުން ހިމެނޭ ގޮތަށެވެ. އަނެއް ތިން މެމްބަރުން ވާން ޖެހޭނީ އޮލިމްޕިކް ކުޅިވަރުތަކަށް ނިސްބަތްވާ އެތުލީޓުން ނޫނީ ކުޅުންތެރިންނަށެވެ. އެތުލީޓްސް ކޮމިޝަންގެ ދައުރެއްގެ މުއްދަތަކީ ހަތަރު އަހަރެވެ. އެތުލީޓްސް ކޮމިޝަންގެ ފަރާތުން އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އަށް ދާނެ މެމްބަރެއް ކަނޑައަޅާނީ އެތުލީޓްސް ކޮމިޝަނުންނެވެ.

މިހާތަނަށް ވޯޓުލާން ރަޖިސްޓްރީވީ 357 އެތުލީޓުން

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު (ތަމޫ)، "އަދަދު" އަށް މީގެ ކުރިން ވިދާޅުވީ އެތުލީޓްސް ކޮމިޝަން ރަސްމީކޮށް ފަށައިގަތުމުގެ މަސައްކަތުގެ ތެރެއިން ސެޝަނެއް ބޭއްވުމުގެ އިތުރުން އޮލިމްޕިކް ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކަށް 2013 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންގެ ލިސްޓެއް ފޮނުވަން އެދުނު ކަމަށެވެ. ތަމޫ ވަނީ ބައެއް އެސޯސިއޭޝަންތަކުން ދޭ އެއްބާރުލުން ކުޑަކަން ފާހަގަކުރައްވައިފަ އެވެ.

އޮލިމްޕިކް ކޮމިޓީން މިއަދު އާންމު ކުރި ޕޯސްޓް.

އޮލިމްޕިކް ކޮމިޓީން ވަނީ މިދިޔަ ހުކުރު ދުވަހާ ހަމައަށް ވޯޓުލާން ރަޖިސްޓްރީވެފައިވާ އެތުލީޓުންގެ ލިސްޓެއް އެކުލަވާލައި އިއުލާނު ގެެޒެޓްކޮށްފަ އެވެ. އެ ލިސްޓުގައިވާ ގޮތުން ހުކުރު ދުވަހާ ހަމައަށް 357 އެތުލީޓުން ވަނީ ވޯޓުލާން ރަޖިސްޓްރީވެފަ އެވެ.

އޮލިމްޕިކް ކޮމިޓީން ގެޒެޓްކުރި އެ ލިސްޓުގައި ނުހިމެެނޭ އެންމެ ބޮޑު ކުޅިވަރަކީ ފުޓްބޯޅަ ކުޅުންތެރިންގެ ނަމެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، މިއަދު "އަދަދު" އަށް ވިދާޅުވީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެތުލީޓްސް ކޮމިޝަންގެ އިންތިހާބުގެ ކަންކަމަށް ޝައުގުވެރިވާ ކުޅުންތެރިއަކު ނެތުމުން ރަޖިސްޓްރީކުރަން ނުފޮނުވާ ކަމަށެވެ.

ކުޅުންތެރިން އަމިއްލަ އަށް ރަޖިސްޓްރީވާން ބޭނުންނަމަ މި މަހު 14 ވަނަ ދުވަހުގެ ކުރިން އޮލިމްޕިކް ކޮމިޓީއާ ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެ އެވެ. ވޯޓުލާން ރަޖިސްޓްރީވުމުގެ އެންމެ ފަހުގެ މުއްދަތަކީ އަންނަ ހަފްތާގެ އަންގާރަ ދުވަހު 12:00 ގެ ކުރިންނެވެ. އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ވޯޓުލާ އެތުލީޓުންގެ އެންމެ ފަހުގެ ލިސްޓު އާންމުކުރާނެ އެވެ.

އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީ ކުރުމަށް ފަހު ވޯޓުލާން ނާދެވޭ އެތުލީޓުންގެ ބަދަލުގައި ޕްރޮކްސީން ހަމަޖައްސަން ދީފައިވާ މުއްދަތު ހަމަވާނީ މި މަހުގެ 20 ވަނަ ދުވަހަށެވެ.

އޮލިމްޕިކް ކޮމިޓީން ހުކުރު ދުވަހު އާންމުކުރި ވޯޓު ލެވޭ އެތުލީޓުންގެ ލިސްޓު: https://storage.googleapis.com/gazette.gov.mv/docs/iulaan/64997.pdf

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox