ރަހަމީރު ޓްޑޭސް ޓޭސްޓް ސައިފަތް ބްރޭންޑުން ތިން ޓީވީ

Dec 4, 2021, 7:19 AM
މަންޗީގެ ބްރޭންޑުގެ ބިސްކޯދާއި ޓްރޭސް ބްރޭންޑުގެ ސައިފަތް އިސްތިހާރު ކުރުމަށް ޕިރަމިޑް ފިހާރަ އިން އިއްޔެ ހުޅުމާލޭގައި ހިންގި ޕްރޮމޯޝަން- ފޮޓޯ އަހްމަދު ސައީދު

މަންޗީގެ ބްރޭންޑުގެ ބިސްކޯދާއި ޓްރޭސް ބްރޭންޑުގެ ސައިފަތް އިސްތިހާރު ކުރުމަށް ޕިރަމިޑް ފިހާރަ އިން އިއްޔެ ހުޅުމާލޭގައި ހިންގި ޕްރޮމޯޝަން- ފޮޓޯ އަހްމަދު ސައީދު

މީގެ ތިރީހަކަށް އަހަރު ކުރިން ވުޖޫދަށް އައި ރަހަ މީރު "ޓްޑޭސް ޓޭސްޓް" ސައިފަތް ބްރޭންޑުގެ ނަސީބުވެރިން ހޮވައި 55 އިންޗީގެ ޓީވީ ހަދިޔާ ކުރާނެ ތިން ފަރާތް ޕިރަމިޑް ފިހާރަ އިން އިއްޔެ އިއުލާނު ކޮށްފި އެވެ.

ޓްޑޭސް ޓޭސްޓް ނަސީބު ވެރިންނަށް ހޮވިފައި ވަނީ:

  • އާދަމް ރިޔާޒު (A281316)
  • އޮއްޕޮ (EH0206060)
  • ޝާފިއު ރަޝީދު (A134334)

މިހާރު ކުރިއަށް ގެންދާ ޓްޑޭސް ޓޭސްޓްގެ ފުރަތަމަ ބުރުގެ ނަސީބުވެރިން ހޮވީ، ރާއްޖޭގެ އަމިއްލަ އެންމެ ގިނަދުވަސްވީ ސައިފަތް އިސްތިހާރު ކުރުމަށާއި، ޕިރަމިޑް ފިހާރަ އިން ރާއްޖެ އެރެކޮށް ވިއްކާ މަންޗީ ބްރޭންޑުގެ ބިސްކޯދުގެ ރަހަ ދެއްކުމަށް ހުޅުމާލެ މެއިން ބަސް ސްޓޮޕް ކައިރީގައި އިއްޔެ ހަވީރު ބޭއްވި ހަރަކާތެއްގަ އެވެ.

"ޓްޑޭސް ޓޭސްޓުގެ ޓީވީ ލިބޭ ޕްރޮމޯޝަން ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް ކުރިއަށް ދާނެ،" ޕިރަމިޑްގެ މާކެޓިން މެނޭޖަރު މުހައްމަދު ސޮބާހު ވިދާޅުވި އެވެ.

ޓްޑޭސް ޓޭސްޓް ޕްރޮމޯޝަންގައި ބައިވެރި ވާނީ ކިހިނެތް؟

ކޮންމެ ވެސް ފިހާރަ އަކުން ޓްޑޭސް ޓޭސްޓްގެ 100 ޓީބޭގް ހިމެނޭ ސައިފަތް ފޮއްޓެއް ގަންނާށެވެ. ފޮށީގެ ތެރޭގައި ކުލަ ކަރުދާސް ކޮޅެއް ނުވަތަ ކުލަ ނޫން ކަރުދާސްކޮޅެއް އޮންނާނެ އެވެ. ޓީވީ ލިބޭ ގުރުއަތުގައި ބައިވެރިވެވޭނީ ކުލަ ކަރުދާސްކޮޅުގެ ފަހަތުގައިވާ މަސައްކަތް ފުރިހަމަ ކޮށްގެން ޕިރަމިޑް ފިހާރަ އަށް ގެންދިއުމުންނެވެ. ކުލަ ނޫން ކަރުދާސް ކޮޅުގެ ފަހަތުގައިވާ މަސައްކަތް ފުރިހަމަ ކޮށްފައި ޕިރަމިޑް ފިހާރަ އަށް ހުށަހެޅުމުން ވެސް ސައިބޯ ޖޯޑެއް ނުވަތަ މަގެއް ހަދިޔާ އަކަށް ލިބޭނެ އެވެ.

ޕިރަމިޑް ފިހާރަ އިން ބުނި ގޮތުގައި ޓީވީ ލިބޭ ޕްރޮމޯޝަން ވަކި މުއްދަތެއް ނެތި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ގުރުއަތަށް ހޮވިފައިވާ ނަމަ، ފުރަތަމަ ބުރުގައި އިނާމު ނުލިބޭ ބައިވެރިން ވެސް ފަހުގެ ބުރު ތަކުގައި ގުރުއަތު ތަކުގައި ބައިވެރި ކުރާނެ އެވެ.

ޕިރަމިޑް ފިހާރަ އިން އިއްޔެ ދެން އެންމެ ހާއްސަކޮށް ކުރިއަށް ގެންދިޔަ ކަމަކީ ސްރީ ލަންކާގެ އިންޓަނެޝަނަލް ބްރޭންޑެއް ކަމަށްވާާ މަންޗީ ބްރޭންޑުގެ ބިސްކޯދުގެ ރަހަ ދެއްކުމެވެ. އެ އާއި އެކު އެ ބްރޭންޑުގެ ސާވޭ އެއް ވެސް ކުރިއަށް ގެންދިޔަ އެވެ. ސަވޭވާގައި ބައިވެެރިވި ކޮންމެ ފަރާތަކަށް ހަދިޔާ އަށް ބިސްކޯދު ދީފައިވެ އެވެ.

މަންޗީ މާރީ އާއި މިލްކް ސޯޓް ކޭކް އަދި ލެމަން ޕަފް އާއި ޗޮކްލެޓް ޕަފް ބިސްކޯދު، މިދިޔަ ދުވަސް ތަކުގައި، ރާއްޖޭގެ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވެ އެވެ. ސްރީ ލަންކާގެ ސީބީއެލް ގްރޫޕުން މަންޗީ ބްރޭންޑުގެ ބިސްކޯދު އުފައްދާތާ މިހާރު 50 އަށްވުރެ ގިނަ އަހަރު ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ސުކޫކު ދެއްކިއިރަށް ވުރެ ބޭނުންކުރެވޭ ރިޒާވު ދަށަށް

މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 200.6 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި. މިއީ އޭޕްރިލް މަހު ސުކޫކު ދައްކަން ހޭދަކުރި 525 މިލިއަން ޑޮލަރަށްވުރެ މަދު އަދަދެއް ނަމަވެސް، ޑޮލަރު މާރުކުރާ މިންވަރު އިތުރުވުމާއެކު އަހަރުގެ ފަހު ކުއާޓަރުގައި ރިޒާވް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ.

އެމްއައިބީން ފައިސާ މޮބައިލް އެކްސް 2.0 ރޯލްއައުޓްކޮށްފި

އެމްއައިބީގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އައު ފީޗާސްތަކާއެކު "ފައިސާ މޮބައިލް އެކްސް 2.0" އެޕްލިކޭޝަން މިހާރު ވަނީ ނެރެފައެވެ. މި އަޕްގްރޭޑްގައި ޔޫޒާ އިންޓަފޭސް ރަނގަޅުކުރުމުގެ އިތުރުން، ސްމާޓް ސާޗް އަދި ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭނެ ރެމިޓެންސްގެ ޚިދުމަތް ހިމަނާފައިވެއެވެ. މީގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.

ބަންކަރިން ހިދުމަތުން 80 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު

ބަންކަރިން ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު ސައީދު ވިދާޅުވީ މިއީ ބަނދަރެއް ނެތި މި ޚިދުމަތް ފަށައިގެން ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ޚިދުމަތްތަކާއެކު މި އާމްދަނީ އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް.

ޓީޓީތައް ލަސްވެ، ސަޕްލަޔަރުންނާ މޫނުކެނޑޭ ހިސާބަށް

ބީއެމްއެލް މެދުވެރިކޮށް ބޭރުގެ ސަޕްލަޔަރުންނަށް ފޮނުވާ ޓީޓީތައް ލަސްވުމުގެ ސަބަބުން، މުދާ ލިބުން ލަސްވެ ވިޔަފާރިވެރިންނަށް ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިއްޖެ. މި މައްސަލައިގެ ސަބަބުން ސަޕްލަޔަރުންނާ އޮންނަ އިތުބާރު ގެއްލި، ޑެމަރޭޖުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭކަމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ވަރުގަދަ ބްރޭންޑަކަށް އެމްއޭސީއެލުން ޖާގައެއް ނުދިން

ޒިޔާދު ވިދާޅުވީ ރެވެނިއު-ޝެއަރިންގް މޮޑެލްގެ ދަށުން މިފަދަ ވަރުގަދަ ބްރޭންޑެއް އެއާޕޯޓަށް ގެނައުމަކީ ރާއްޖޭގެ ތަސައްވުރު ބައިނަލްއަގުވާމީ ފެންވަރުގައި ރަނގަޅުވެގެންދާނެ ކަމެއް ކަމަށް.

ބީއެމްއެލް އިސްލާމިކް ބޭންކިންއަށް ބަދަލުވެއްޖެ

ބީއެމްއެލްގެ "އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީ" ގެ ދަށުން އެކައުންޓުތަކާއި ލޯނުތައް ވެސް އިސްލާމިކް ބޭންކިންއަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ކަސްޓަމަރުން ބޭނުންވެއްޖެ ހާލަތެއްގައި އާންމު ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox