ޖަލުގައި ދިރާސާކުރުމުގެ ފުރުސަތު ނުލިބުމުން ޔާމީން ކަންބޮޑުވެއްޖެ

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނު ވިދާޅުވަނީ ޖަލުގައި ދިރާސާކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް -- ފޮޓޯ: އާއިމް / އަދަދު ފައިލް

ކުރީގެ ރައީސް ޔާމީން: އެމަނިކުފާނު ވިދާޅުވަނީ ޖަލުގައި ދިރާސާކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް -- ފޮޓޯ: އާއިމް / އަދަދު ފައިލް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް އިއްވި ހުކުމް ސުޕްރިމް ކޯޓުން ބާތިލް ކުރުމާއި ހަމަ އަށް، ޖަލުގައި ހޭދަކުރަން ޖެހުނު ދޮޅު އަހަރުގައި ދިރާސާ ކުރުމުގެ ފުރުސަތު ނުދިނުމުން އެކަމާއި ހިންހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

ޔާމީން މިނިވަންވުމާއި އެކު، މަރުހަބާ ކިޔުމަށްޓަކައި، އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ޖަލުތަކާއި ގުޅޭ ކަންބޮޑުވުންތައް ފާޅުކޮށް، ގައިދީންނަށް ދިރާސާ ކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައިފަ އެވެ.

ޔާމީން ވިދާޅުވީ އެންމެ ތަހުޒީބީ ގައުމުތަކުގައި ވެސް ދިރާސާ ކުރުމުގެ ފުރުސަތު ލިބޭ ކަމަށާއި މަރުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް އެ ހައްގުން މަހުރޫމް ނުކުރާ ކަމަށެވެ.

އެގޮތުން ޖަލު ތަކުގައި ބަންދުގައި ތިބޭ މީހުންނަށް، ކުރެވޭ ތުހުމަތުތަކުން ބަރީއަވެ، ދިފާއުވުމަށްޓަކައި، އިންޓަނެޓް ބޭނުންކޮށް ދިރާސާ ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކީއްވެތޯ އަޅުގަނޑަށް އިންޓަނެޓަށް ވަދެ، އަޅުގަނޑުގެ މައްސަލައާ ގުޅުންހުރި މައްސަލަތައް ކަމަށް ހީވާ މައްސަލަތައް ރީސާޗުކުރުމުގެ ފުރުސަތު އަޅުގަނޑަށް ނުލިބޭންވީ؟" ޔާމީން ވިދާޅުވި އެވެ.

އޭރުން އެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމާއި ގުޅޭ މައުލޫމާތުތައް ހޯދައި، އިތުރަށް ތައްޔާރުވުމުގެ ފުރުސަތު ދައުވާ ރައްދުވާ ފަރާތަށް ލިބިގެންދާނެ ކަމަށް ޔާމީން ގަބޫލުކުރައްވަ އެވެ.

އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ކުށަކަށް މީހަކު ކޯޓަށް ހާޒިރުކޮށްފިނަމަ، އެ ތުހުމަތުން އެމީހެއް ދިފާއުކޮށް، ވާހަކަދައްކާނީ އޭނާގެ ވަކީލުން ކަމަށް އެކަނި ކަމަށް ގަބޫލުކޮށްގެން ނުވާނެ އެވެ. އޭގެ ބަދަލުގައި އަމިއްލަ ނަފްސު ދިފާއުކޮށް، އޭނާ އަކީ ކުއްވެރިއެއް ނޫންކަން ސަބަބުތަކާއި އެކު ކޯޓުގައި ބުނަން ކެރެންވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެފަދަ އިން ބުނެވޭނީ ދިރާސާ ކުރުމުގެ ފުރުސަތު ގައިދީންނަށް ލިބިގެންކަން ފާހަގަކުރި އެވެ.

"އަޅުގަނޑުގެ ލޯޔަރުންގެ ޓީމަށް ބަރޯސާވަން. އިތުބާރުކުރަން. އެހެން ނަމަވެސް އަޅުގަނޑު ވެސް ބޭނުންވާނެ ދެއްތޯ، ހަގީގަތުގައި އަޅުގަނޑުގެ ނަފްސު ދެއްތޯ މިއުޅެނީ ކަތިލެވިގެން. އެހެންވީމަ އަޅުގަނޑު ބޭނުންވާނެ ރީސާޗުކޮށްގެން މިކަންކަމުގަ އަޅުގަނޑު ވެސް އަޅުގަނޑަށް ލިބޭ އިލްމެއްގެ އަލީގައި ރީސާޗުކޮށްގެން ވަކާލާތުކުރަން،" ޔާމީން ވިދާޅުވި އެވެ.

މި ކަންބޮޑުވުންތައް ފާޅުކުރުމަށްފަހު ޔާމީން ވިދާޅުވީ ޖަލު ބަންދުގައި ހުންނެވިއިރު ކުކުޅު ބިރިޔާނީ ކާން ލިބޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ނަމަވެސް ގައިދީންނަށް މުހިންމީ އެފަދަ ކެއުންތައް ނޫން ކަމަށެވެ.

"ކާކުތޯ ކުކުޅު ބިރިޔާނީ ކާން ބޭނުންވަނީ؟ މިއީތޯ ޖަލު ބަންދުގައި ހުންނަ މީހާ ބޭނުންވާ އެއްޗަކީ؟ އަޅުގަނޑު މިއުޅެނީ ކުކުޅު ބިރިޔާނީ ކާން ނުލިބިގެންނެއް ނޫނޭ. ވަރަށް ހަމަޖެހިގެންނޭ، ވަރަށް ރަނގަޅު އެއްޗެހި ކައިގެންނޭ ހުންނަނީ، މާތް ކަލާކޯއޭ އެ ކާކަށް ނޫނޭ، އަޅުގަނޑުމެން ކާން ނުލިބިގެންނެއް ނޫނޭ ޖަލަށް ދިޔައީ، އަނެއްކާ އަޅުގަނޑަށް އިންޑިއާގެ ފަރާތުން ރިޒްގު ނުލިބިދާނެތީކީ ވެސް ނޫނޭ ޖަލަށް ލައިގެން މިއުޅެނީކީ،" ޔާމީން ވިދާޅުވި އެވެ.

ދަށު ކޯޓުން ކުރި ހުކުމުގައި ރައީސް ޔާމީން ދެ އަހަރާއި ދެ ދުވަސް ހޭދަކުރެއްވިއިރު، އެމަނިކުފާނަކީ އެންމެ ގިނަ ދުވަހު ޖަލުގައި ހުރި ސިޔާސީ ލީޑަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox