އިންޑިއާ އަސްކަރިއްޔާގެ އެންމެ ބޫޓު ޖޯޑެއް ވެސް ހުރެގެން ނުވާނެ، ޖެހޭނީ ފައިބަން: ޔާމީން

ޕްރޮގްރެސިވް ކޮންގްރެސް އިން ރޭ ކާނިވާ ސަރަހައްުދގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ. --ފޮޓޯ: އާއިމް ޒަމީރު/އަދަދު

ޕްރޮގްރެސިވް ކޮންގްރެސް އިން ރޭ ކާނިވާ ސަރަހައްުދގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ. --ފޮޓޯ: އާއިމް ޒަމީރު/އަދަދު

ދިވެހިރާއްޖެއަކީ އިންޑިއާގެ ޓައުނެއް ނޫން ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ ފައިބަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރިކަމުގެ ކުށް ސާބިތުވެ ކުރި ފަސް އަހަރުގެ ޖަލު ހުކުމަކުން މިނިވަންވުމަށް ފަހު ބޭއްވި ފުރަތަމަ ބޮޑު ޖަލްސާގައި ޔާމީންގެ ބަހުގެ ހަމަލާތައް އިންޑިއާ އަށް އަމާޒުކުރައްވަމުން ވިދާޅުވީ އިންޑިއާ އަސްކަރިއްޔާގެ އެންމެ ބޫޓު ޖޯޑެއް ވެސް ރާއްޖޭގެ ފަސްގަނޑުގައި ހުރެގެން ނުވާނެ ކަމަށެވެ.

"މިއަދު ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ، ކުރީގަ އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުން ދުނިޔެއަށް ދެއްވާފަ އޮންނަ ވާހަކައަކީ މިއީ [އިންޑިއާ ސިފައިން ރާއްޖޭން ބޭރުކުރުމުގެ ވާހަކަ] ވަކި ފެންވަރެއްގެ ބަޔަކު ދައްކާ ވާހަކަ އެކޭ. ނޫން، މިއީ ޕީޕީއެމް ޕީއެންސީގެ ފަރާތުން ރައީސް ޔާމީން. އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ފައިބަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން އާއި ކޯލިޝަންގެ ވެރިން
ރޭގެ ޖަލްސާގައި ރައީސް ޔާމީން އާއި ކޯލިޝަންގެ ވެރިން

ރޭގެ ޖަލްސާގައި ރައީސް ޔާމީން އާއި ކޯލިޝަންގެ ވެރިން

އިންޑިއާގެ ނުފޫޒު އޮތްކަން ފާހަގަކޮށް ދެއްވުމުގެ ގޮތުން ޔާމީން ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ޓައުނެއްގެ ގޮތުގައި، އަދި ރާއްޖޭގެ ރައީސްއަކީ އިންޑިއާގެ ގަވަރުނަރެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި "މިއީ ވަކިން އޮތް މުސްތަގިއްލު މިނިވަން ގައުމެއް" ކަމަށެވެ.

"އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން މިތާކު އިންޑިއާ ސިފައިން ތިބޭކަށް ނުޖެހޭ. އެއީ މި ސަރުކާރުގެ ހިޔާނާތްތެރި ރޭވުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދު ފަހަރާއި މީހުން ތިބޭތީވެ، ރައީސް ޔާމީން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ސަމާލް އަށާއި ސިފައިންގެ ވެރިންނަށް ވެސް ފާޑުވިދާޅުވި އެވެ. އެ މަނިކުފާނުގެ ވެރިކަމުގައި އިންޑިއާގެ ހެލިކޮޕްޓަރުތައް ފޮނުވާލަން އުޅުނު ނަމަ ފޮނުވާލެވުނީސް ކަމަށް މި ސަރުކާރުގެ ބައެއް ބޭފުޅުން ވާހަކަ ދައްކަވާފައިވާތީ، އެކަމަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ އެކަމަށް ކުރެވުނު މަސައްކަތް ޑިފެންސް މިނިސްޓްރީގައި ފެންނަން ހުންނާނެ ކަމަށެވެ.

އޭރު ތިބި އިންޑިއާ އަސްކަރިއްޔާގެ މީހުންގެ ވިސާ ހަމަވުމުން ވެސް އެމީހުން ތިބި ކަމަށާއި، "އެ މީހުން ތިބީ ގާނޫނާ ހިލާފަށް" ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެހެން ވީމަ މިއަދު އަޅުގަނޑު ޝަމާލަށް ދަންނަވާލަން. އަޅުގަނޑުމެން އެންމެން މި ދަންނަވަނީ އަޅުގަނޑުމެން ބޭނުމޭ މިގައުމުން އިންޑިއާ ސިފައިން ބާލަން،" ޔާމީން ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާ ހިލާފު އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސްއިންޑިއާއާއެކު މިހާރު ހަދާފައިވާ އެއްބަސްވުންތަކަށް ވާސިލުވުމުގެ އަސްލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި އެކުލަވާލާފައިވާ އެކްޝަން ޕްލޭން ކަމާއި، އެ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ރާއްޖެއަށް މުހިންމު ކަމާއި ތަންފީޒުކުރުން ކުރިއަށް ގެންދިއުމަށް، ދެ ގައުމުގެ ބައްދުވުންތަކުގައި ކުރިން ފެށިގެން ވެސް އެދިފައިވާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ސިފައިން ވެސް އަދި އެ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ވެސް ވިދާޅުވެފައިވެ އެވެ.

އިންޑިއާއެކު ވެފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުން އަދި ރާއްޖޭގެ ޗާޓް ކުރެހަށް ހަދާފައިވާ ހައިޑުރޯގްރަފީ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާ ކަމުގެ ތުހުމަތުކުރެވޭ ކަމަށް ބުނެ، އެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދަން ހުށަހެޅުއްވީ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތާއި މިނިވަން ކަމަށް އެއްވެސް ގެއްލުމެއް ނެތް ކަމަށް، އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ފަށައި، އަދި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރައީސް ޔާމީން މިނިވަން ވުމުގެ ކުރިން، އިންޑިއާ އަސްކަރިއްޔާ ބޭފުކުރަން ގޮވާލާއި މާލެ އާއި ހުޅުމާލޭގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއާއެކު އޮތް ގުޅުން ހީނަރުވެ، ޗައިނާއާ ގުޅުން ބަދަހިކުރި އެވެ. މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނިގެންދަނީ، ޗައިނާއާ ދުރުވެ، އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ މާލީ އަދި އިގުތިސޯދީ ސިޔާސަތަށާއި މަޝްރޫއުތައް ތަންފީޒު ނުކުރެވި ލަސްވާތީ ރޭގެ ޖަލްސާގައި ޔާމީންގެ ފާޑުކިޔުން އަމާޒުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox