މަޝްރޫއުތަކާއެކު މިފްކޯއަށް އިންގިލާބީ ބަދަލެއް

މިފްކޯ އަށް އަލަށް ގެނައި ބޯޓެއް: މިފްކޯގެ އަމާޒު ހުރީ ކުރިއަށް އޮތް ތަނުގައި މިހާރު އޮތް ދަރަނިން ސަލާމަތްވުން -- ފޮޓޯ: މިފްކޯ

މިފްކޯ އަށް އަލަށް ގެނައި ބޯޓެއް: މިފްކޯގެ އަމާޒު ހުރީ ކުރިއަށް އޮތް ތަނުގައި މިހާރު އޮތް ދަރަނިން ސަލާމަތްވުން -- ފޮޓޯ: މިފްކޯ

އެފްޕީއައިޑީ, މިފްކޯގެ ނަމަށް ބަދަލުކޮށް ފެށި ދަތުރަށް, ނޮވެންބަރު މަހު 28 އަހަރު ފުރިފައި ވާއިރު ތަޖުރިބާކޮށްފައިވާ ދެރަ އަދި މޮޅު ވާހަކަތަކުގެ ސަފުހާތަކަށް ދިގުކޮށް ދިއުމުގެ ބަދަލުގައި މި ބަލާލަނީ ކުންފުނީގެ މިހާރުގެ މިސްރާބާއި ޖަމާވެ، ބިޔަމެ، ބަރުވެފައިވާ ދަރަނިން މިންޖުވެ، ޒަމާނަށް ފައްތައި، މަސްވަރިންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް ފަށާފައިވާ ދަތުރުގެ ވާހަކަ އެވެ.

މީގެ ތިން އަހަރު ކުރިއެވެ. ކުންފުނީގެ ސީއީއޯ އިސްމާއީލް ފާއިޒު ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު، ކުންފުނި އޮތީ ބޮޑު އަދަދަކުން މަސްވެރިންނަށް ވެސް ދަރައިފަ އެވެ. އެ 39 މިލިއަން ރުފިޔާ ހަލާސްކޮށް، އިތުރަށް ނުދަރައި، ބަރާބަރަށް ފައިސާ ލިބޭނެ ގޮތަކަށް ހިންގުން ބަދަލުކޮށްލި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު 48,494 ޓަނުގެ މަސް ގަނެ، 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކުރި އެވެ. އެ ކާމިޔާބަށް ގިނަ ދުވަސްތަކެއް ނުވަނީސް ބިންދާލި ކޮވިޑުގެ ރާޅުން ލޮޅުން އެރުވާލީ މިފްކޯ ވެސް ހިމެނޭ ގޮތަށް މުޅި އިގުތިސޯދަށެވެ.

ވައިރަހުގެ ބިރުވެރިކަން އައިސް ބައްދާލި ވަގުތު، ވަރުހުރެގެން ނުކުތް އެއް ކުންފުންޏަކީ މިފްކޯ އެވެ. ނަތީޖާއަކީ ނިމިދިޔަ އަހަރު ވެސް، މިއަދި މި އަހަރު ވެސް ރިކޯޑް އަދަދަކަށް މަސް ކިރުވުމެވެ. މިފްކޯގެ ދުވެލި އިތުރު ގިޔަރަކަށް ލުމާއެކު، 2020 ގައި ގަތް މަހުގެ އަދަދު 49,392 މެޓްރިކް ޓަނަށް އެރި އެވެ. އެ މަގަށް މަސްވެރިންނަށް 879 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މި އަހަރުގެ ނޮވެމްބަރު 20 ގެ ނިޔަލަށް 45،349 ޓަނުގެ މަސް ގަނެ، 698 މިލިއަން ރުފިޔާ ދޫކުރި އެވެ.

ފައުޒީ ވިދާޅުވި ގޮތުގައި ކުންފުނީގެ މުވައްޒަފުން ހީވާގި ކަމާއި ސަރުކާރުގެ ސިޔާސަތު އޮލަނބު ވުމުން، ނުކުތީ ރަނގަޅު ނަތީޖާއެވެ. ކުންފުނިން އެކްސްޕޯޓްކުރި ފިނިކުރި ކަނޑުމަހުގެ އަދަދު ވެސް އަހަރަށް ވުރެ އަހަރެއް އިތުރުވި އެވެ.

މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުން 2019 ވަނައަހަރު ޖުމުލަ އެކްސްޕޯޓުކުރީ 39.809 މެޓްރިކް ޓަނުގެ މަހެވެ. 2020 ވަނަ އަހަރުގެ އެކްސްޕޯޓުކުރީ 33،212 މެޓްރިކް ޓަނެވެ. އަދި 2021 ވަނަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އެކްސްޕޯޓް ކުރި ފިނިކުރި މަހުގެ އަދަދު 37،956 މެޓްރިކް ޓަނަށް އަރަ އެވެ.

ބިޔަ މަޝްރޫއުތަކާއި ދަރަނިން ސަލާމަތްވުން

ނަންބަރުތައް މިގޮތަށް ދައްކާއިރު، މަސްވެރިކަން ތިޔާގި ދުވަސްވަރު އޮންނަ މަސް ނުކުރާ ކަމުގެ ޝަކުވާއަށް ހައްލެއް ހޯދަން މަސައްކަތްކުރެ އެވެ. އެކަމަށްޓަކައި ދުވާލަކު 100 ޓަނު މަސް ފިނި ކުރެވޭ އަދި 300 ޓަނު މަސް ސްޓޯރު ކުރެވޭ ބޯޓަކާއި އަދި މަސް އެކްސްޕޯރޓް ކުރުމަށް 2400 ޓަނުގެ ކެރިއަރެއް ވަނީ މިހާރު ގެނެސްފަ އެވެ.

"މިހާރު ހުރި ސެންޓަރުތަކުގެ ސްޓޯރޭޖް ވެސް އަދި ހިދުމަތްތައް ވެސް އިތުރަށް ވަރުގަދަކުރަން މަސައްކަތް މިކުރަނީ،" ފައުޒީ ވިދާޅުވި އެވެ.

ކޫއްޑޫ ބަނދަރު ގެ ޖާގަ ކުޑަވުމާއެކު މިހާރު މަސްވެރިކަން ކުރާ ބޮޑެތި އުޅަނދުތައް އެބަނދަރުގެ ބޭނުންކުރަން ދަތިތަކަކާއި ކުރިމަތިވެ މަސްވެރިކަމުގެ ފަހި މޫސުމްގައި މަސްކިރުން ލަސްވާ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި ފަޅުގެ ޖާގަ އިތުރުކޮށް ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަށް ވަނީ ނިންމައިފަ އެވެ. މިކަން ނިމޭއިރު ކޯލްޑް ސްޓޯރަށް އިތުރުކުރެވޭ 4000 ޓަނާއެކު ޖުމްލަ 6000 ޓަނަށް ކޫއްޑޫގެ ޖާގަ އިތުރު ވާނެ އެވެ.

ފެލިވަރުގައި މުޅިން އަލަށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީންޒިން އަދި 80 ޓަނުގެ އާރުއެސްޑަބްލިޔޫ ސިސްޓަމެއް ގާއިމްކުރުމާއި، 3500 ޓަނުގެ ކާގޯ ވެސަލް ކައިރިކުރެވޭ ފެންވަރަށް ތަރައްގީ ކުރުމާއި، މަސްކިރާނެ ޖެޓީއަކާއި ފެލިވަރުގެ ބޭނުންތަކަށް އިތުރު ޖެޓީއެއް ތަރައްގީ ކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އަދި 100 ޓަނުގެ ޕްރޮސެސިސް ކޭނެރީއެ އެއް ވެސް ފެލިވަރުގައި ގާއިމުކުރެ އެވެ. މިދެންނެވި މަސައްކަތްތައް ކުރުމަށްޓަކައި ފެލިވަރުގެ ބިމަށް އިތުރުކުރެވޭ 5 ހެކްޓަރުގެ ބިން ހިއްކުމަށާއި، އަދި ކުރިން ދެންނެވި ޖެޓީތައް ހަދާ އެ ސަރަޙައްދުގެ ނެރާއި ފަޅު ފުންކުރުމަށް ސަރުކާރުން މިހާރުވަނީ އެމްޓީސީސީއާއި ޙަވާލުކޮށް، އެމަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

މިއީ 113 މިލިޔަން ރުފިޔާ ބޮޑު ޕްރޮޖެކްޓެކެވެ.

މީގެ އިތުރުން ކޯލްޑް ސްޓޯރޭޖާއި އާ ކޭނެރީގެ ޤާއިމްކުރުމަށް ހިންގާ ޕްރޮޖެކްޓަށް 42 މިލިޔަން ޑޮލަރު (647 މިލިއަން ރުފިޔާ) ހަރަދު ކުރެ އެވެ. ކަނޑުއޮތްގިރީގެ ފަޅު މަރާމަތުކޮށް މަސްވެރިންނަށް ހުރިހާ މޫސުމެއްގައިވެސް އެތަން ބޭނުންކުރެވޭނެ ގޮތަށް ހެދުމަށް މަސައްކަތްކުރަން ވަނީ ރޭވިފައެ ވެ. އެތަނުގެ ޖާގަ އިތުރުކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އަމިއްލަ ގޮތުން ރޯމަސް ފްރެޝްކޮށް އެކްސްޕޯޓްކުރުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ފައުޒީ ވިދާޅުވި އެވެ.

މަސްވެރިންނަށް އޮތް ހަގީގީ އުފަލަކީ، ފައުޒީ ގަބޫލުކުރައްވާ ގޮތުގައި މި މަޝްރޫއުތައް ނިމި، މިފްކޯ ހިންދެމިލުމަށް ތެދުވާއިރު، އަހަރުތަކުން ޖަމާވެ ބުރައަކަށް ވެފައި އޮތް ދަރަނި ލުއިވެ، ނިމިގެން ދިއުމެވެ.

ފެލިވަރު ކާރުހާނާ
ފެލިވަރު ކާރުހާނާ

ފެލިވަރު ކާރުހާނާ

ޑިޖިޓަލްކުރުން ކުރިއަށް

މިފްކޯގެ އަމާޒަކީ ކުރިއަށް ހުރި ތަރައްގީއާއެކު މަސްވެރިންނަށް މިހާރަށްވުރެ ލުއިފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ދިނުމެވެ. އެކަމަށްޓަކައި މަސްވެރިންނާ ގުޅޭ ހިދުމަތްތައް ޑިޖިޓަލްކުރުމުގެ މަސައްކަތް ވެސް އެބަ ކުރެ އެވެ. އެކަމުގެ ފުރަތަމަ މަރުހަލާގެ ގޮތުން މަސްވެރިންނަށް ހާއްސަ މޯބައިލް އެޕެއް ފަރުމާކޮށް މިހާރު އަންނީ ޓެސްޓްކުރަމުންނެވެ.

"މި އެޕް ނިމޭއިރު، އޭގެން އޮޑިވެރިޔާ އަށް އެނގޭނެ ކިރުވޭ މަހުގެ އަދަދާއި، ލިބޭ ފައިސާ، ތެޔޮ ދޫކުރި ވަރާއި އެހެން ހިދުމަތްތައް ވެސް،" ފައުޒީ ވިދާޅުވި އެވެ.

ދިވެހިންގެ ލޭނާރާ ގުޅިފައިވާ މިފްކޯގެ މި އެޕާއި، ތަރައްގީގެ މަޝްރޫއުތަކާއެކު އަންނަ އިންގިލާބީ ބަދަލު ވެގެން ދާނީ މަސްވެރިންނާއި މަސްވެރި އާއިލާތަކާއި އޮޑިވެރިންނަށް އަދި މުޅި ދާއިރަށް ވެސް ބޮޑު، ހެޔޮ ބަދަލަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox