ވިލިމާލެ ޕޮލިހުން ބޭއްވި "އިސްރަށްވެހިންގެ އުފާ" ހަރަކާތުގައި އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް!

Oct 4, 2026, 7:15 PM
ވިލިމާލެ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި "އިސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އުމުރުން ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމަށް އައިކެއާ ހޮސްޕިޓަލުން އެހީތެރިކަން ފޯރުކޮށްދީފި

މި ހަރަކާތުގެ ތެރެއިން އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންނަށް ހާއްސަކޮށްގެން ލޮލުގެ ސްކްރީނިންގް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ދަށުން، އުމުރުން ދުވަސްވުމުން ލޮލަށް ދިމާވާ އެކި މައްސަލަތައް ދެނެގަނެ، އެކަމާ ގުޅޭ މައުލޫމާތާއި އިރުޝާދު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކާއި، އުމުރުން ދުވަސްވީ މީހުންގެ މެދުގައި އާންމުކޮށް ފެންނަ ލޮލުގެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އައިކެއާގެ ފަންނީ މުވައްޒަފުން ވަނީ މައުލޫމާތު ދީފައެވެ.

ވިލިމާލޭގައި ދިރިއުޅޭ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ފުލުހުން ބޭއްވި މި ހަރަކާތުގައި އައިކެއާ އިން ބައިވެރިވީ، މުޖުތަމައުގެ ދުޅަހެޔޮކަމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން އާންމުންގެ މެދުގައި، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ މެދުގައި ލޮލުގެ ސިއްހަތަށް އޮންނަ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އައިކެއާ އިން ގަބޫލުކުރެއެވެ.

ވިލިމާލެ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި "އިސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އުމުރުން ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމަށް އައިކެއާ ހޮސްޕިޓަލުން އެހީތެރިކަން ފޯރުކޮށްދީފި މި ހަރަކާތުގެ ތެރެއިން އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންނަށް ހާއްސަކޮށްގެން ލޮލުގެ ސްކްރީނިންގް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ދަށުން، އުމުރުން ދުވަސްވުމުން ލޮލަށް ދިމާވާ އެކި މައްސަލަތައް ދެނެގަނެ، އެކަމާ ގުޅޭ މައުލޫމާތާއި އިރުޝާދު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކާއި، އުމުރުން ދުވަސްވީ މީހުންގެ މެދުގައި އާންމުކޮށް ފެންނަ ލޮލުގެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އައިކެއާގެ ފަންނީ މުވައްޒަފުން ވަނީ މައުލޫމާތު ދީފައެވެ. ވިލިމާލޭގައި ދިރިއުޅޭ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ފުލުހުން ބޭއްވި މި ހަރަކާތުގައި އައިކެއާ އިން ބައިވެރިވީ، މުޖުތަމައުގެ ދުޅަހެޔޮކަމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން އާންމުންގެ މެދުގައި، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ މެދުގައި ލޮލުގެ ސިއްހަތަށް އޮންނަ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އައިކެއާ އިން ގަބޫލުކުރެއެވެ.

 ބައިނަލްއަގުވާމީ ދުވަސްވީ މީހުންގެ ދުވަސް (އޮކްޓޫބަރު 2) ފާހަގަކުރުމުގެ ގޮތުން، މިދިޔަ ހުކުރު ދުވަހު ވިލިމާލެ ޕޮލިހުން އިންތިޒާމުކޮށްގެން ބޭއްވި "އިސްރަށްވެހިންގެ އުފާ" ހަރަކާތުގައި އައިކެއާ ހޮސްޕިޓަލުން ބައިވެރިވެއްޖެ އެވެ.

ދުވަސްވީ މީހުންގެ އަގުވަޒަންކޮށް، އެ މީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަކޮށްގެން ބޭއްވި މި ހަވީރުގައި، އައިކެއާގެ ޓީމުން ވަނީ ވިލިމާލޭގެ އިސްރަށްވެހިންނަށް ލޮލުގެ ސްކްރީނިން ހިދުމަތްތައް ފޯރުކޮށްދީފަ އެވެ.

މި ހަރަކާތަކީ މުޖުތަމައާ އޮންނަ ގުޅުން ބަދަހިކުރުމަށާއި، އުމުރުން ދުވަސްވަމުންދާ ވަރަކަށް ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ.

ލޮލުގެ ފެނުން ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަކީ ދުވަސްވީ މީހުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ފަސޭހަކަމާއެކު ކުރުމުގެ އިތުރުން، އާއިލާއާއެކު އުފާވެރި ވަގުތުތައް ހޭދަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އެހެންކަމުން، އެފަރާތްތަކުގެ ލޮލުގެ ސިއްހަތަށް ސަމާލުކަން ދިނުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ކެޓަރެކްޓް (ލޮލަށް ފުސްއެރުން)، ގްލައުކޯމާ (ލޮލުގެ ޕްރެޝަރު މަތިވުން) އަދި އުމުރާ ގުޅިގެން މެކިއުލާ ހަލާކުވުން (އޭއެމްޑީ) ފަދަ ލޮލުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ބައެކެވެ.

މީގެ އިތުރުން ހަކުރުބަލި ހުންނަ ފަރާތްތަކުން ލޮލުގެ ސިއްހަތަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ލޮލުގެ ބައެއް ބަލިތަކަކީ އޭގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނި އަވަހަށް ބޮޑުވާ ބަލިތަކަކަށް ވާތީ، ލޮލުގެ ފެނުމަށް ބަދަލެއް ނައި ނަމަވެސް، ގަވާއިދުން ލޮލުގެ ފުރިހަމަ ޓެސްޓުތައް ހެދުން ވަރަށް މުހިންމެވެ. ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި މުސްކުޅިވުމުން ވާކަމެއް ކަމަށް ބަލައި ދޫކޮށްނުލައި، ޑޮކްޓަރަށް ދައްކައިގެން ބަލަންވާނެ އެވެ.

މިފަދަ އަގުހުރި ހަރަކާތެއްގެ ތެރެއިން މުޖުތަމައު އެއްތަންކޮށް، މި ހަރަކާތުގައި ލޮލުގެ ސިއްހަތަށް ހާއްސަ އިސްކަމެއް ދެއްވި ކަމަށްޓަކައި ވިލިމާލެ ޕޮލިހުންނަށް އައިކެއާގެ ފަރާތުން އިހުލާސްތެރި ޝުކުރު އަދާކުރެ އެވެ. މިފަދަ އިޖުތިމާޢީ ބައިވެރިވުންތަކުގެ ޒަރީއާއިން، ލޮލުގެ ސިއްހަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި ކޮންމެ އުމުރެއްގެ މީހަކަށް ވެސް ދުޅަހެޔޮ ފެނުމެއް ހޯދައިދިނުމަށް އައިކެއާ އިން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަ އެވެ.

އައިކެއާ ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ހެއްދެވުމަށް އައިކެއާ ވެބްސައިޓަށް ޒިޔާރަތްކުރައްވާ ނުވަތަ ވަޓްސްއެޕް/ވައިބާ މެދުވެރިކޮށް 7201026 އަށް ގުޅުއްވާށެވެ.

ފަހުގެ ޚަބަރު

މާލޭގެ ދެ ބިމެއް ވިއްކާލަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

މި ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ މާލޭގެ މ. ދޮރަގާލި 2 އަދި މ. ދޮރަގާލި 3 އެވެ. މި ދެ ބިމާއި އެ ބިންތަކުގައި ހަދާފައިވާ އިމާރާތްތައް ވިއްކާލުމަށް ބޭންކުން ކަނޑައަޅާފައިވާ އެންމެ ދަށް އަގަކީ ތިން މިލިއަން އަށް ލައްކަ ރުފިޔާ އެވެ.

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

Newsletter

Get the latest news delivered straight to your inbox