އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށްފި

Oct 4, 2026, 7:00 PM
އެމްއެމްއޭގެ ފިހާރައެއް

އެމްއެމްއޭގެ ފިހާރައެއް

އެމްއެޗްއޭއިން އެ ކުންފުނީގެ އީ-ކޮމާސް ވެބްސައިޓް، store.mha.mv އިފުތިތާހުކޮށްފި އެވެ.

މި ވެބްސައިޓް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިތަކަށް މުދާ ބަލައިލުމާއި ހޯލްސޭލްކޮށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ވެބްސައިޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް މުދަލުގެ ކެޓަލޮގް ބަލައިލެވޭއިރު، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ލޮގިންވުމުން މުދަލުގެ ހޯލްސޭލް އަގުތައް ފެންނާނެ އެވެ. ބޮޑެތި އޯޑަރުތަކަށް ފުރުސަތު ލިބިގެންދާއިރު، ގުދަނުގައި މުދާ ހުރި މިންވަރުގެ ތަފުސީލު (ލައިވް ސްޓޮކް އިންފޮމޭޝަން) ވެސް ވެބްސައިޓުން ވަގުތުން ބަލައިލެވޭނެ އެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ޕްލެޓްފޯމުން ލިބެން ހުރި ތަކެތީގެ ތެރޭގައި ކާބޯތަކެއްޗާއި، ބުއިންތަކާއި، ކިރުގެ ބާވަތްތަކާއި، ފިނިކުރި މުދަލާއި، އައިސްކްރީމްގެ އިތުރުން ކުޑަކުދިންނަށް ބޭނުންވާ ސާމާނާއި، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންވާ ތަކެއްޗާއި ގޭތެރޭގެ ބޭނުންތަކަށް ބޭނުންވާ މުދާ ހިމެނެ އެވެ.

މީގެ އިތުރުން، ހާއްސަ އޮފާތަކާއި އަލަށް ތައާރަފުކުރާ މުދަލުގެ ތަފުސީލު ވެސް ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.

ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ އެމްއެޗްއޭގެ ގުދަނުން ނެގުމުގެ އިތުރުން، މާލެ އަދި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް އެ ކުންފުނިން ފޯރުކޮށްދެ އެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން އޯޑަރުކުރާ ކަސްޓަމަރުންނަށް، އެ ފަރާތްތަކުން ބޭނުންވާ ބޯޓުފަހަރާ ހަމައަށް މުދާ ގެންގޮސްދިނުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ވެބްސައިޓުގައި ހިމެނޭ "މައި އޯޑާސް" ސެކްޝަން މެދުވެރިކޮށް، ފައިސާ ދެއްކުމާއި މުދާ ޕެކްކުރުމުން ފެށިގެން ޑެލިވަރީއާ ހަމައަށް އޯޑަރު ކުރިއަށްދާ ގޮތް ކަސްޓަމަރުންނަށް ބަލައިލެވޭނެ އެވެ. ކަސްޓަމަރުންނަށް store.mha.mv އަށް ޒިޔާރަތްކޮށްގެން މުދަލުގެ ކެޓަލޮގް ބަލައިލެވޭނެ އެވެ. ރަޖިސްޓްރީ ކުރުމުގައި ނުވަތަ އޯޑަރު ދިނުމުގައި އެހީތެރިކަމެއް ބޭނުންވާ ނަމަ 7693517 އަށް ގުޅުމަށް އެމްއެޗްއޭއިން އެދެ އެވެ.  

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox