މިދިޔަ އަހަރުގެ އޮކްޓޫބަރު 5، ގައި ރީބްރޭންޑް ކުރި ފަހުން، ޒެޑެކްސް ސްޓަޑީ އެބްރޯޑުން މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުގެ 16 ޔުނިވާސިޓީއަކާ ގުޅުން ގާއިމުކޮށް، 200 އަށްވުރެ ގިނަ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނެވެ.
ތައުލީމީ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޒެޑެކްސްއިން ދަރިވަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ މުޅިން ހިލޭ ފޯރުކޮށްދޭ ހިދުމަތްތަކެކެވެ. އޭގެ ތެރޭގައި ދަރިވަރުންނަށް އެންމެ އެކަށީގެންވާ ކޯސްތަކާއި ޔުނިވާސިޓީތައް އިހުތިޔާރު ކުރުމަށް އެހީތެރިވުމާއި، ޔުނިވާސިޓީއަށް އެޕްލައި ކުރުމާއި، ވިސާގެ ކަންކަން ހަމަޖެއްސުމުގެ އިތުރުން ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ބޭނުންވާ މައުލޫމާތާއި އިރުޝާދު ދިނުން ހިމެނެ އެވެ.
ޒެޑެކްސްގެ މައިގަނޑު މަގްސަދަކީ ދަރިވަރުންގެ މަތީ ތައުލީމުގެ ދަތުރުގައި ދިމާވާ ގޮންޖެހުންތައް ކުޑަކޮށްދީ، ފަސޭހަކަމާއެކު ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މި އުފާވެރި މުނާސަބަތާ ގުޅުވައިގެން ޒެޑެކްސްއިން ކުރިއަށްގެންދާ މި އަހަރުގެ ގިވްއަވޭގެ ނަސީބުވެރިޔާ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަހަރުގެ ނޮވެމްބަރު މަހުގެ އިންޓޭކަށް އެޕްލައި ކުރާ ދަރިވަރުންނަށް އަދިވެސް އެބައޮތެވެ. މި ގިވްއަވޭގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލުތަކަކާއި ޝަރުތުތަކެއްގެ މަތިންނެވެ.
2027 ވަނަ އަހަރު ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން އާ ގިވްއަވޭއެއް ފެށުމަށްވެސް ޒެޑެކްސްއިން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން އަންނަ އަހަރުގެ ގިވްއަވޭގެ ފުރަތަމަ މަރުހަލާ ވަރަށް އަވަހަށް ފެށިގެންދާނެ އެވެ.
މި ހަރަކާތާ ގުޅޭ އިތުރު ތަފްސީލުތައް ޒެޑެކްސްގެ ރަސްމީ މީސްމީޑިއާ މަންސަތަކުގައި އާންމުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން، ކުރިއަށް އޮތް ފުރުސަތުތަކާއި ހަރަކާތްތަކުގެ މައުލޫމާތު ހޯދުމަށް ޒެޑެކްސްގެ މީސްމީޑިއާ އެކައުންޓުތައް ފޮލޯ ކުރުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެ އެވެ.
އައު އަހަރަކާ ކުރިމަތިލާއިރު، ޒެޑެކްސްގެ އަމާޒަކީ ދިވެހި ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ފަހިކޮށްދީ، ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމުގައި އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމެވެ.






