ފުރިހަމަ އިންސާފު ލިބޭނީ އެ ދުވަހުންނެވެ.

އުފެދިފައި އޮތް ޝައްކެއްގެ ސަބަބުން ހަގީގީ ކުށްވެރިޔަކު މިނިވަންވެގެން ދިޔަޔަސް، ޝައްކެއް އުފެދިފައި އޮއްވައި ކުށް ނުކުރާ މީހަކަށް އަދަބު ދެވިދާނޭކަމަށްޓަކައި ރައްކާތެރިވުމެވެ. -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ) / އަދަދު

އުފެދިފައި އޮތް ޝައްކެއްގެ ސަބަބުން ހަގީގީ ކުށްވެރިޔަކު މިނިވަންވެގެން ދިޔަޔަސް، ޝައްކެއް އުފެދިފައި އޮއްވައި ކުށް ނުކުރާ މީހަކަށް އަދަބު ދެވިދާނޭކަމަށްޓަކައި ރައްކާތެރިވުމެވެ. -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ) / އަދަދު

ކޫފާގައި ގާޒީ ޝުރައިޙް ނިޔާކުރައްވަން އިންނަވާ މަޖިލީހުގެ މަތީ ފިލާގައި ލިޔުއްވާފައި އޮވެ އެވެ. "އަނިޔާވެރިޔާއާ އެއްކޮޅަށް ހުކުމްކުރެވުނަސް އޭނާ ހުންނަ ހުށީ އުގޫބާތަށް އިންތިޒާރުކޮށްކޮށެވެ. އަދި އަނިޔާ ލިބޭ މީހާއާ ދެކޮޅަށް ހުކުމް ކުރެވުނަސް އޭނާ ހުންނަ ހުށީ އިންސާފަށް އިންތިޒާރުކޮށްކޮށެވެ." އިތުރަށް މާތް ނަބިއްޔާގެ ހަދީސް ބަސްފުޅެއް ލިޔުއްވާފައި އޮވެ އެވެ. "ހަމަކަށަވަރުން ތިޔަ ބައިމީހުން ތިމަން ކަލޭގެފާނަށް ދެބަސްވުންތައް ހުށަހަޅަމެވެ. ތިމަން ކަލޭގެފާނަކީ އިންސާނަކީމެވެ. ފަހެ އެ މީހަކަށް ހައްގު ވެގެންނުވާ އެ މީހެއްގެ އަޚާގެ ހައްގަކުން ބައެއް ނަގައި ދެވިއްޖެ ނަމަ، ފަހެ އެ މީހަކަށް ތިމަން ކަލޭގެފާނަށް އެނަގައި ދެވެނީ ގިޔާމަތް ދުވަހުން އެ މީހެއްގެ ކަރުގައި ވަށައި އެޅުވޭނެ ނަރަކައިގެ އަލިފާނުން އެތިގަނޑެކެވެ."

މަތީގައި ބުނެވުނު އިބާރާތްތަކަކީ ގާޒީ ޝުރައިޙްގެ މުޅި ހަޔާތްޕުޅެވެ. އެ އަދުލުވެރިކަމުގެ ތަމްރީނަކީ، އެންމެ ތުއްޕުޅު އިރުއްސުރެ ލިބިވަޑައިގެންނެވި ތައުލީމާއި ތަމްރީނާއި ތަޖުރިބާގެ ނަތީޖާ އެވެ. އިންސާފު ގާއިމުކުރެއްވުމުގައި ގާޒީ ޝުރައިޙް ހޭދަކުރެއްވީ މުޅި އުމުރުފުޅެވެ. އެ ގާޒީގެ ނަން ގަނެއްވުމެއްނެތި އަދުލުގެ ނިޒާމު ފުރިހަމަ ނުވާނެހައި ފިލާވަޅުތައް ދޫކުރެއްވި އެވެ.

އަދުލުވެރިކަމުގެ މިސާލެއްގެ ގޮތުގައި އިސްލާމީ ތާރީހު ދުށް ގާޒީ ޝުރައިޙްގެ ބައްޕާފުޅު އެ ކަލޭގެފާނާއެކު ވިޔަފާރި ގާފިލާއެއްގައި ނުކުންނެވި އެވެ. ގާފިލާގެ އެހެން ތުއްތު ކުދިން ކުޅިވަރު ކުޅުމުގައި ޝުރައިޙްއާ ބައިވެރިވުމަށް ދެކޮޅުހެދި އެވެ. ޝުރައިޙް ގިނިކަންޏާ ކުޅެން ހުރި މަންޒަރު ފެނިވަޑައިގަތުމުން، މަގުފޭރޭ މީހުންގެ ޝިކާރައަކަށް ވެދާނެތީ ޝުރައިޙްގެ ބައްޕާފުޅު ބިރުފުޅުގަތެވެ. އަދި ޝުރައިޙް ގެންނަވާފައި އެހެން ކުދިންނާއެކު ކުޅުމަށް ޝުރައިޙްއަށް އެންގެވި އެވެ. ޝުރައިޙްއާއެކު ކުޅެން އެ ކުދިން އެއްބަސްނުވީ ކަމަށް ޝުރައިޙް ވިދާޅުވިއިރު އެ ކުދިން ބުނި ކަމަށް ވަނީ ޝުރައިޙްގެ ގާތުން އެދިއެދި ވެސް އެ ކުދިންނާއެކު ކުޅުމަށް ޝުރައިޙް އެއްބަސްނުވީ ކަމަށެވެ. ކޮންމެއަކަސް އެ ކުދިން ދޮގު ހަދަނީކަން ސާބިތުކޮށްނުދެވި ބައްޕާފުޅުގެ އަރިހުން އަދަބު ލިބުނީ ޝުރައިޙްއަށެވެ. ތެދުވެރިޔަކަށް ވީ ހާލުގައިވެސް އެކަށީގެންވާ ހެކި ނުދެއްކުމުން ބޭރުފުށުން ދޮގުވެރިއެއްގެ ގޮތުގައި ފެނުނީ އެވެ. ޝަރީއަތް ހިނގާނީ ބޭރުފުށަށެވެ.

ގާޒީ ޝުރައިޙްގެ ވިސްނުންފުޅުގައި މި އަސަރު ދެމިގެންގޮސްފައިވާކަން އެ ކަލޭގެފާނުގެ ޙަޔާތްޕުޅުން ދައްކުވައިދެ އެވެ. ހައްގަކީ ސާބިތުކޮށްދިނުމަށް ހެކި ބޭނުންވާ ކަމެއްކަން ގާޒީ ޝުރައިޙް އަށް ވިސްނިވަޑައިގަތުމުގައި ތުއްޕުޅުއިރުގެ މި ހާދިސާ މުހިންމު ދައުރެއް އަދާކުރާނެކަމާމެދަކު ޝައްކެތް ނެތެވެ.

މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބު ގާޒީ ޝުރައިޙްއާ ސުވާލުކުރެއްވި އެވެ. ކަލޭގެފާނު އަދުލުވެރިކަން ދަސްކުރެއްވީ ކޮންތަނުންތޯ އެވެ؟ ވިދާޅުވިކަމަށްވަނީ ޞާދު ސޫރަތުން ކަމަށެވެ. ޢުމަރުގެފާނު ވިދާޅުވީ އެސޫރަތުގައި އޮތީ ކީކޭ ހެއްޔެވެ؟ ގާޒީ ޝުރައިޙް ޖަވާބު ދެއްވީ 22 ވަނަ އާޔަތުން ފައްޓަވައިގެންނެވެ. "ދާވޫދުގެފާނު އަޅުކަން ކުރައްވަން އިންނަވާ މިހުރާބުގެ ފާރުމަތިން އެރި މީހުންގެ ހަބަރު، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯ އެވެ؟ އެއުރެން، ދާވޫދުގެފާނު އިންނެވި ތަނަށް ވަތް ހިނދު، އެ ކަލޭގެފާނު އެއުރެން ދެކެ ސިހިވަޑައިގެންނެވި އެވެ. އެ އުރެން ދެންނެވޫ އެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ތިމަންމެންނީ ދެ ޚަޞްމުންނެވެ. ތިމަންމެންގެ އެކަކު އަނެކަކަށް އަނިޔާކޮށްފި އެވެ. ފަހެ، ކަލޭގެފާނު ހައްގު ގޮތުގައި ތިމަންމެންގެ މެދުގައި ހުކުމް ކޮށްދެއްވާށެވެ! އަދި ކަލޭގެފާނު އަދުލުން އެއްކިބާވެވަޑައިނުގަންނަވާށެވެ! އަދި ތިމަންމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށެވެ. ހަމަކަށަވަރުން، މިއީ އަޅުގަނޑުގެ އަހެކެވެ. އޭނާއަށް ނުވަދިހަނުވަ ބަކަރިވެ އެވެ. އަދި އަޅުގަނޑަށް ވަނީ އެންމެ ބަކަރި އެކެވެ. ފަހެ، އޭނާ ބުންޏެވެ. (އެ ބަކަރިވެސް ތިމަންނާ އަށް ދީ) އެ ބަލަހައްޓާ މީހަކީ ތިމަންނާކަމުގައި ހަދާށެވެ! އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެ އެވެ. އެ ކަލޭގެފާނު ވިދާޅުވި އެވެ. ތިބާގެ ބަކަރި، އޭނާގެ ބަކަރިތަކުގެ ތެރެއަށް އިތުރުކުރުމަށް އެދި އޭނާ ތިބާޔަށް އަނިޔާކޮށްފިކަން ކަށަވަރެވެ. (މުދާ އެއްކޮށްލައިގެންއުޅޭ) ބައިވެރިންގެ ގިނަ މީހުން، ހަމަކަށަވަރުން، އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާކުރެތެވެ. އީމާންވެ، ސާލިހު އަމަލުތައް ކުޅަ މީހުން މެނުވީ އެވެ. އެ އުރެންނީ ވަރަށް މަދު ބަޔެކެވެ. އަދި ދާވޫދުގެފާނަށް ތިމަންރަސްކަލާނގެ އެ ކަލޭގެފާނު އިމްތިހާނު ކުރެއްވީކަން އެނގިވަޑައިގެންފި އެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަޒުރަތުން ފާފަފުއްސެވުން އެދި ދެންނެވި އެވެ. އަދި ސަޖިދައަށް ތިރިވެވަޑައިގެން ތައުބާވެވަޑައިގަތެވެ."

މި އާޔަތްތަކުގެ ތަފްސީރުގައި ސައްހަ ނޫން އެތައް ރިވާޔަތެއް ބައެއް ފޮތްފޮތުގައި ނަކަލުކުރެވިފައިވާ ކަމަށް އިލްމުވެރިން ބަޔާންކުރައްވަ އެވެ. އާޔަތުގެ ތަފްސީރުގައި އިލްމުވެރިން ވިދާޅުވާ ވާހަކަތައް ވެސް އިހަށް ބަހައްޓަވާށެވެ. މިއޮތީ އެ އާޔަތްތަކުގެ ތަރުޖަމާއެވެ. އަޅުގަނޑުމެން ކޮންމެ މީހަކަށް ބުއްދި ދެއްވީ މިއާޔަތްތަކާމެދު ވެސް ވިސްނާ ފިކުރު ހިންގުމަށެވެ. މިއާޔަތްތަކާމެދު ވިސްނާ ފިކުރު ހިންގަވާށެވެ.

ހަމަގައިމު މިޙްރާބު ގޭ ތެރޭ އިންނަވަނިކޮށް ފާރު މަތިން އަރައި އަދުލުއިންސާފު ހޯދުމަށް ހުށަހެޅުމުން އިންސާފަށް ވާސިލުވުމުގެ މަގު ތަނަވަސްވެފައި އޮންނަންވާނެ މިންވަރު ދޭހަކޮށްދެ އެވެ. އަދި އަޅުކަމެއް މެދުކެނޑި ނިޔާވެރިކަމުގެ މަޖިލިހެއް ފެށުމުން ދެބަސްވުންތަކަށް އަވަސްގޮތުގައި ފައިސަލާވެ އަދުލުވެރިކަމާއެކު ހުކުމްކުރެވިގެންދިއުމަކީ ކިހާ މުހިންމުކަމެއްކަން ވިސްނައިގަންނާކަށް ދައްޗެއް ނޫނެވެ. ކޮންމެއަކަސް ގާޒީ ޝުރައިޙް އެ އާޔަތުން ދަސްކުރެއްވި އެއްޗެއް ސީދާ ވިދާޅުވެފައިވާ ފޮތެއް އަޅުގަނޑަށް ފެނިފައި ނެތެވެ.

ގާޒީ ޝުރައިޙްގެ ހަޔާތުން މުހިންމު އެއް ހާދިސާއަށް ނަޒަރެއް ދިނުމުން އެއާޔަތުން ލިބިގެންނެވި މުހިންމު ބައެއް ފިލާވަޅު ދެނެގަނެވިދާނެކަމަށް ފެނެ އެވެ. މަޝްހޫރު އެއް ހާދިސާއަކީ މުސްލިމުންގެ ހަލީފާ އަލީގެފާނުގެ އަށްޑަނަކޮޅު ޔަހޫދީއަކު ވަގަށް ނަގައިގެން ހިންގުނު ޝަރީއަތެވެ. ޔަހޫދީ މީހާ ބުނީ މިއީ ތިމަންނާގެ އަށްޑަނަކަމަށެވެ. އަށްޑަނަ މިއޮތީ ތިމަންނާގެ އަތުގައި ކަމަށެވެ. ގާޒީ ޝުރައިޙް އަލީގެފާނަށް ވިދާޅުވީ ހެކި ގެންނެވުމަށެވެ. އަލީގެފާނު ދެ ހެކިން ހުށަހެޅުއްވިއެވެ. އެއްބޭފުޅަކީ ދަރިކަލުން ހަސަންގެފާނެވެ. ގާޒީ ޝުރައިޙް ނިންމެވީ ބައްޕައާ އެއްކޮޅަށް ދަރިފުޅުގެ ހެކިބަސް ބަލައިނުގަތުމަށެވެ. އަލީގެފާނު އަޖައިބުވެވަޑައިގެން ސުވާލުކުރެއްވި އެވެ. ދަރިއެއްކަމަކު އެއީ ހަސަންގެފާނެވެ. ސުވަރުގެ ވަންނާނެކަމުގެ އުފާވެރިކަމުގެ ހަބަރު އެބޭކަލަކާމެދު އޮތް ބޭކަލެކެވެ. އެކަމަކު ގާޒީ ޝުރައިޙް ޝަރީއަތް ނިންމެވީ އަލީގެފާނުގެ ދައުވާ ސާބިތުނުވާކަމަށެވެ. މިއަދުލުވެރިކަން ފެނި ޔަހޫދީ މީހާ އިސްލާމްވި އެވެ. އަދި އަށްޑަނަކޮޅަކީ އަލީގެފާނު ދަތުރުމަތީގައި އަތްޕުޅުން ވެއްޓުނު ވަގުތު ވަގަށް ނެގި އެއްޗެއް ކަމަށް އެއްބަސްވި އެވެ.

ޝަރީއަތުގެ ކުރިމަތީގައި ޔަހޫދީ ކަލޭގެ ސަލާމަތްވީ އޭނާއަކީ ކުށްވެރިޔަކަށް ނުވާތީކީ ނޫނެވެ. އޭނާ ކުށެއް ކޮށްފިކަން ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ސާބިތުނުވާތީ އެވެ. އެއީ މުޅީން ދެ ކަމެކެވެ.

އިސްލާމްދީން ދަސްކޮށްދޭ ފިލާވަޅަކީ އަދުލުއިންސާފު ގާއިމުކުރުމުގައި ރައްކާތެރިވުމެވެ. އުފެދިފައި އޮތް ޝައްކެއްގެ ސަބަބުން ހަގީގީ ކުށްވެރިޔަކު މިނިވަންވެގެން ދިޔަޔަސް، ޝައްކެއް އުފެދިފައި އޮއްވައި ކުށް ނުކުރާ މީހަކަށް އަދަބު ދެވިދާނޭކަމަށްޓަކައި ރައްކާތެރިވުމެވެ. އެއީ ދުނިޔެމަތީގައި އިންސާފު ގާއިމުކުރުމުގައި ރައްކާތެރިވުމަށް މާތްﷲ އެންގެވި ގޮތެވެ. އެކަލާނގެ ހަޒުރަތުގައި އާހިރު އިންސާފު ކުރެވޭ ދުވަހު ހެކީގެ ނިސްބަތުގައި އުނި ކަމެއް ނުހުންނާނެ އެވެ. އަމަލުގެ ނިސްބަތުން ހައްގު ޖަޒާ ދެއްވާނެ އެވެ. މި ދުނިޔޭގައި ރައްކާތެރިކަން ލިބޭ އަނިޔާވެރިޔާއާއި އަދަބު ލިބުނު މަޒުލޫމްވެސް އިންތިޒާރު ކުރަންވީ އެ ވަގުތަށެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox