އިރާނުގެ ނިޔުކްލިއާ މަޝްވަރާ ހުއްޓާލަން އިޒްރޭލުން އެމެރިކާ އަށް ގޮވާލައިފި

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް (ވ) އާއި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން. -- ފޮޓޯ: އޭޕީ

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް (ވ) އާއި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން. -- ފޮޓޯ: އޭޕީ

އިރާނާއި ބާރުގަދަ ގައުމުތަކާ ދެމެދު ފަށާފައިވާ ނިޔުކްލިއާ މަޝްވަރާތައް "ވަގުތުން ހުއްޓާލަން" އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް އެމެރިކާ އަށް ގޮވާލައްވައިފި އެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އަށް ފޯނުން ގުޅުއްވައި، ބެނެޓް ވިދާޅުވީ ނިޔުކްލިއާ ޑީލް އިއާދަކުރުމުގެ ބަދަލުގައި އިރާނާ ދެކޮޅަށް އަޅަންވީ "ކޮންކްރީޓް ފިޔަވަޅު" ކަމަށެވެ.

ބެނެޓް ވިދާޅުވީ މަޝްވަރާގެ ޓެކްޓިކްއެއްގެ ގޮތުގައި "އިރާނުން ދަނީ ނިޔުކްލިއާ ބްލެކްމެއިލް" ކުރަމުން ކަމަށާއި ރައްދުގައި ވަގުތުން މަޝްވަރާތައް ހުއްޓާލަން ޖެހޭނެ ކަމަށެވެ.

ބެނެޓްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފަސް މަހުގެ މެދުކެނޑުމަކަށް ފަހު ހޯމަ ދުވަހު އަލުން ފެށި މަޝްވަރާގައި ކުރިއަށް ދިޔަ ކަންކަމުގެ ތަފްސީލް ބްލިންކެން ކިޔައިދެއްވި ކަމަށެވެ.

މަޝްވަރާތައް ފެށި ފަހުން އދ. ގެ ނިޔުކްލިއާ ހަކަތައާ ބެހޭ އެޖެންސީން ނެރުނު ރިޕޯޓަކާ ގުޅޭ ގޮތުން ބެނެޓް ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ބަޔާނުގައި ވެ އެވެ.

"އިރާނުން ބިމުއަޑީގައި ހިންނާ ފޯޑޯ ފެސިލިޓީގައި އެޑްވާންސްޑް ސެންޓްރިފިއުޖްގެ އެހީގައި 20 ޕަސެންޓަށް ޔުރޭނިއަމް މުއްސަނދި ކުރަން ފަށާފައިވާކަން" އެ ރިޕޯޓުން ހާމަވާ ކަމަށް ބެނެޓް ވިދާޅުވި އެވެ.

އިރާނުން ޔުރޭނިއަމް މުއްސަނދި ކުރަން ފެށީ އެމެރިކާ އިން 2018 ވަނަ އަހަރު ނިޔުކްލިއާ އެއްބަސްވުމަކަށް އަމަލު ނުކުރާނެ ކަމަށް ބުނިތާ އަހަރެއް ފަހުންނެވެ.

ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ޔުރޭނިއަމް މުއްސަނދި ކުރަނީ ނިޔުކްލިއާ ހަތިޔާރު އުފެއްދުމަށެވެ. ނަމަވެސް އިރާނުން ބުނާ ގޮތުގައި އެއީ ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތެކެވެ.

އިރާނުން ދެކޭ ގޮތުގައި ނިޔުކްލިއާ އެއްބަސްވުމުގައިވާ ފަދައިން ޔުރޭނިއަމް މުއްސަނދި ކުރުމާ ގުޅޭ ހަރަކާތްތައް މަޑުޖައްސާލެވޭނީ 2018 ވަނަ އަހަރުގެ ފަހުން އެ ގައުމާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުމުންނެވެ.

ނިޔުކްލިއާ މަޝްވަރާތަކުގައި އިރާނާ އެކު ބައިވެރިވަނީ އިނގިރޭސިވިލާތް، ޗައިނާ، ފްރާންސް، ޖަރުމަނުވިލާތް އަދި ރަޝިއާ އެވެ. އެމެރިކާ އިން ވެސް ދަނީ ނުސީދާކޮށް މަޝްވަރާތަކުގައި ބައިވެރިވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox