ކާރެއް ގަތުމަކީ ތިޔަ ހީކުރާހާ ބޮޑު ކަމެއް ނޫނެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ކަސްޓަމަރަކަށް ވާނަމަ "އުޖާލާ ކާރު" ފެސިލިޓީގެ ދަށުން އެކަށް ވަކިން ފަސޭހަ އެވެ.
ކޮންމެ ކަމެއްގައި ވެސް އުސޫލެއް އޮންނާނެ އެވެ. އެމްއައިބީގެ "އުޖާލާ ކާރު" ފެސިލިޓީގެ ދަށުން ކާރު ގަތުމަށް ވެސް އުސޫލެއް ކަނޑައަޅާފައިވެ އެވެ. ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމަށްފަހު އެންމެ ސަފުހާއެއްގެ ފޯމެއް ފުރާލައި އެމްއިބީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅައިގެން ކާރު ގެނެވޭނެ އެވެ.
ޝަރުތުތަކަކީ ބޮބާ؟
- ދިވެއްސެއް ކަމުގައިވުން
- 1 އަހަރާއި 60 އަހަރާއި ދެމެދުގެ މީހަކަށްވުން
- ރާއްޖޭގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ މީހަކަށް ވުން
- އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާތާ އެއްއަހަރުވެފައިވާ މީހަކަށްވުން ނުވަތަ މުސާރަ އެމްއައިބީ އަށް ޖަމާވާތާ އެއް އަހަރު ވެފައިވާމީހަކަށްވުން
- ފެސިލިޓީއަށް މަހަކު ދައްކަވަންޖެހޭ އަދަދާއި، އެހެނިހެން މާލީ އިދާރާތަކަށް ދައްކަވަންޖެހޭ ފައިސާގެ ޖުމްލަ އަދަދު އެވްރެޖްކޮށް މަހަކު ލިބިލައްވާ މުސާރައިގެ 50 ޕަސެންޓަށްވުރެ އިތުރުނުވުން (ޖުމްލަ މުސާރަ ބަލަނީ އަސާސީ މުސާރަ އަދި އެލަވަންސްތައް ހިމަނައިގެން)
- މަދުވެގެން މުސާރައިގެ ގޮތުގައި 10،000ރ. ލިބޭ މީހެއްކަމުގައި ވުން
ނޯޓް: ކާރު ގަންނަށް ހުށަހަޅާ ފަރާތުގެ އިތުރުން، ގާތްގަނޑަކަށް މި ޝަރުތުތައް ހަމަވާ މީހެއްގެ ގެރެންޓީ ވެސް ބޭނުން ވާނެ އެވެ.

މިއީ ހަމައެކަނި ކާރު ގަންނަށް ބޭނުންވާ މީހުންނަށް އެކަނި އޮތް ފުރުސަތެއް ނޫނެވެ. ކާރެއް ވިއްކަން ބޭނުންވާ މީހަކު ވެސް، މި ޝަރުތަށް ހަމަވާ މީހަކަށް ކާރު ވިއްކާލާނަމަ، އެމީހަކު މެދުވެރިކޮށް ކާރު ގަންނަށް ހުށަހެޅޭނެ އެވެ. ވަކި ތަނަކުން، ވަކި މީހެއްގެ އަތުން ކާރު ގަންނާކަށް މަޖުބޫރެއް ނޫނެވެ.
ރާއްޖެ އެތެރެކުރިތާ ދެ އަހަރު ނުވާނަމަ ހަމަ ކޮންމެ މީހެއްގެ އަތުން ވެސް ކާރު ގަނެވިދާނެ އެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭއިރު، ހަތަރު ލައްކަ ރުފިޔާ އާ ހަމައަށް ފައިސާ ހަމަޖައްސައި ދޭނެ އެވެ. ކާރު ގަތުމަށް ހުށަހެޅުމުން، އެ ކާރަކީ ރަނގަޅު ހާލަތެއްގައި އޮތް ކާރެއްތޯ، ތިން ވަނަ ފަރާތެއް މެދުވެރިކޮށް ބޭންކުން ޔަގީން ކުރާނެ އެވެ.
އިދާރީ ކަންކަން ފުރިހަމަ ކުމަށްޓަަކައި ފޯމާއެކު ކަމާ ބެހޭ ލިޔުންތައް ހުށަހަޅަން ޖެހޭނެ އެވެ. ކާރު ގަތުމަށް އެދި ހުށަހަޅަން ޖެހޭ ފޯމުގައި އިތުރު މައުލޫމާތު ލިބެން ހުންނާނެ އެވެ. އައިޑީ ކާޑާއި، ވަޒީފާއަދާކުރާ ކަމާއި މުސާރަ އެނގޭނެ ލިޔުމުގެ އިތުރުން ދެން ބޭނުންވާނީ ގަންނަ ކާރާއި އެ ކާރު ރަޖިސްޓްރީ ކުމަށް ކޮންމެހެން ބޭނުންވާނެ ލިޔުންތަކެވެ.










