ޗެލްސީ އާއި ސިޓީ އަދި ލިވަޕޫލް މޮޅަކާ އެކު މަގާމު ދަމަހައްޓައިފި

Dec 1, 2021, 10:31 PM
އެވަޓަންގެ ކޯލްމަން (ވ) ކައިރިން ލިވަޕޫލްގެ ސަލާހު ބޯޅަ ހިފައިގެންދަނީ.

އެވަޓަންގެ ކޯލްމަން (ވ) ކައިރިން ލިވަޕޫލްގެ ސަލާހު ބޯޅަ ހިފައިގެންދަނީ.

ލަންޑަން (ޑިސެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީގުގެ އެންމެ ކުރީގައި އޮތް ތިން ޓީމު ކަމަށްވާ ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލް ކުޅުނު މެޗުތަކުން މޮޅަކާ އެކު މަގާމު ދަމަހައްޓައިފި އެވެ.

އެއް ވަނައިގައި އޮތް ޗެލްސީން ވަނީ ރަށުންބޭރުގައި ވަޓްފޯޑް އަތުން 2-1 އިން މޮޅުވެފަ އެވެ. މެންޗެސްޓާ ސިޓީން އެސްޓަން ވިލާ ދަނޑުގައި މޮޅުވީ 2-1 އިންނެވެ. އަދި ލިވަޕޫލުން ވަނީ އަވައްޓެރިން ކަމަށްވާ އެވަޓަން ދަނޑުގައި 4-1 އިން މޮޅުވެފަ އެވެ.

މި ނަތީޖާތަކަށް ފަހު ޗެލްސީ އެއް ވަނައިގައި އޮތީ 14 މެޗުން 33 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ވަނީ 14 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލް އޮތީ 14 މެޗުން 31 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ހަތަރެއްގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް އަމިއްލަ ދަނޑުގައި 1-1 އިން ބްރައިޓަންއާ މިރޭ އެއްވަރުވިއިރު، ވެސްޓް ހޭމްގެ އޮތީ 14 މެޗުން 24 ޕޮއިންޓެވެ.

ވަޓްފޯޑްގެ ވިކަރޭޖް ރޯޑްގައި މިރޭ ކުޅުނު މެޗުގައި ސަޕޯޓަރެއް ހާޓްއެޓޭކެއް ޖެހިގެން މެޗު 30 މިނިޓަށް ވުރެ ގިނައިރަށް މެދުކަނޑާލި އެވެ. ސަޕޯޓަރުގެ ސިއްހީ ހާލަތު ގޯސްވެފައިވާކަން ރެފްރީގެ ސަމާލުކަމަށް ގެނައީ ޗެލްސީގެ ފުލްބެކް މާކޯސް އަލޮންސޯ އެވެ.

ސަޕޯޓަރަށް ދަނޑުގައި ފަރުވާދީ ހޮސްޕިޓަލަށް ގެންދަން ހުރިހާ އިންތިޒާމެއް ހަމަޖައްސައިދޭން ވަގުތު ދިނުމަށް ދެ ޓީމުގެ ކުޅުންތެރިން ޗޭންޖިން ރޫމަށް ދިޔަ އެވެ. އެ ހުރިހާ ކަމަކަށް ފަހު އަލުން މެޗު ފެށިއިރު، ޗެލްސީން ވަނީ މޭސަން މައުޓްގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެމަނުއަލް ޑެނިސް ވަނީ ވަޓްފޯޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ވަޓްފޯޑްގެ ކެޕްޓަން ސިސޯކޯ (ވ) ކައިރިން މައުންޓް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފުގައި މޭސަން މައުންޓް ދިން ބޯޅައަކުން ޗެލްސީ މޮޅުކޮށްދިން ގޯލު ޖެހީ މޮރޮކޯގެ ވިންގް ހަކީމް ޒިޔެޗް އެވެ. ވަޓްފޯޑުން އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ސްޓީވެން ޖެރާޑްގެ ކޯޗުކަމުގައި އެސްޓަން ވިލާ އިން ފުރަތަމަ ދެ މެޗުން މޮޅުވި ނަމަވެސް މިރޭ އަމިއްލަ ދަނޑުގައި ސިޓީއާ ދެކޮޅަށް ރަނގަޅު ރެކޯޑް ނުދެމެހެއްޓުނެވެ. ޖެރާޑްގެ ކޯޗުކަމުގައި ވިލާ ފުރަތަމަ ފަހަރަށް ބަލިވީ ޕެޕް ގާޑިއޯލާގެ ސިޓީ އަތުންނެވެ.

ސިޓީން ވަނީ ފުރަަތަމަ ހާފުގައި ރުބެން ޑިއާޒާއި ބެނާޑޯ ސިލްވާގެ ގޯލުތަކުން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ޑިއާޒް އޭރިއާބޭރުން ގޯލު ޖެހިއިރު، ސިލްވާ ގޯލު ޖެހީ ކައުންޓަ އެޓޭކެއްގައި ގަބްރިއެލް ޖީސޫސް ދިން ބޯޅައަކުންނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގައި ޑަގްލަސް ލުއީޒް ނެގި ކޯނަރަކުން އޮލީ ވަޓްކިންސް ވަނީ ގޯލެއް ޖަހައި އެސްޓަން ވިލާ އަށް އުއްމީދެއް ހޯދައިދީފަ އެވެ. އޭގެ ފަހުން ވިލާގެ ޒުވާން ކުޅުންތެރިޔާ ކާނީ ޗުކްމުއޭކާ އަށް ނަތީޖާ ހަމަހަމަކޮށްދޭން ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސް ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި ސިޓީގެ ޖެކް ގްރީލިޝް ވަނީ އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ކުޅެފަ އެވެ.

ވިލާގެ ކޮންސާ (ކ) ކައިރިން ސިޓީގެ ގްރީލިޝް ބޯޅަ ހިފައިގެންދަނީ: ގްރީލިޝް އަކީ މި ސީޒަނުގައި އިނގިރޭސި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ވިލާ ދޫކޮށް ސިޓީއާ ގުޅުނު ކުޅުންތެރިއެއް.-- ފޮޓޯ: އޭއެފްޕީ

އެވަޓަންގެ ގުޑިސަން ޕާކުގައި ލިވަޕޫލުން ވަނީ 19 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަަގައިފަ އެވެ. ކެޕްޓަން ޖޯޑަން ހެންޑަސަން ނުވަ ވަނަ މިނިޓްގައި ޖެހި ގޯލުން ލިވަޕޫލް ލީޑުނެގިއިރު، އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ މުހައްމަދު ސަލާހު އެވެ. މިއީ ހެންޑަސަން ދިން ބޯޅައަކުން މެޗުގެ 19 ވަނަ މިނިޓްގައި ސަލާހު ޖެހި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އެވަޓަންގެ ޑެމަރާއި ގްރޭ ވަނީ ގޯލެއް ޖަހައި އެ ޓީމަށް އުއްމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ދެ ވަނަ ހާފްގެ ކުޅުން ފަށައި މެޗުގެ 64 ވަނަ މިނިޓްގައި އެވަޓަންގެ ކެޕްޓަން ސީމަސް ކޯލްމަން ހެދި ގޯހެއްގެ ފައިދާނަގައި ސަލާހު ވަނީ ލިވަޕޫލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ސަލާހު މި ސީޒަނުގައި ކުޅުނު 19 މެޗުން ޖެހި 19 ވަނަ ގޯލެވެ.

މެޗުގެ 79 ވަނަ މިނިޓްގައި ލިވަޕޫލްގެ ފަހު ގޯލު ޖެހީ ޑިއޯގޯ ޖޮޓާ އެވެ. އޭރިއާތެެރެއިން ޖޮޓާ މި ގޯލު ޖެހީ ހަނި އޭންގަލުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ލީގުގައި މިރޭ ސައުތެމްޓަނާއި ލެސްޓާ ސިޓީ 2-2 އިން އެއްވަރުވި މެޗުގައި ވެސް ސަޕޯޓަރަކަށް ފަރުވާދޭން ޖެހިގެން މެޗު މެދުކަނޑާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox