ބެލޮންޑިއޯއާ ބެހޭގޮތުން ވާހަކަ ދައްކަން ޓުޗެލް ބޭނުމެއް ނުވި

Dec 1, 2021, 9:53 AM
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް.

ލަންޑަން (ޑިސެމްބަރު 1) - ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑާ ބެހޭގޮތުން ތަފްސީލްކޮށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ އަކީ ބެލޮންޑިއޯ ހޯދާނެ ކަމަށް ބެލެވުނު ކުޅުންތެރިއެކެވެ. އެކަމަކު، އޭނާ ދިޔައީ ތިން ވަނަ އަށެވެ. ބެލޮންޑިއޯ ގެންދިޔައީ ލިއޮނަލް މެސީ އެވެ. ދެ ވަނަ އަށް ދިޔައީ ރޮބަޓް ލެވަންޑޯސްކީ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވަޓްފޯޑާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ކުރިން ނޫސްވެރިއަކު ޓުޗެލް ގާތުގައި ސުވާލުކުރީ ބެލޮންޑިއޯ އެވޯޑް، ޖޯޖީނިއޯ އަށް ނުލިބުމުން އެކަމާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ އެވެ. ޓުޗެލް ބުނީ އޭނާ އަކީ އިންޑިވިޖުއަލް އެވޯޑްތަކާ ބެހޭގޮތުން އެހާ ތަފްސީލްކޮށް ވާހަކަ ދައްކަން ބޭނުންވާ މީހެއް ނޫން ކަމަށެވެ.

"އިންޑިވިޖުއަލްކޮށް ދޭ މި ފަދަ އެވޯޑްތަކާ މެދު އަހަރެން އަބަދުވެސް ގެންގުޅެނީ ތަފާތު ވިސްނުންތަކެއް. އެހެންވެ، އަހަރެން އެ ވާހަކަ ދައްކަން ބޭނުން ވެސް ނުވަނީ. ފުރަތަމަ ކަމަކަށް ފުޓްބޯޅަ އަކީ ޓީމު ގޭމެއް. އެއް ކުޅުންތެރިއަކު އެކަނި ހުރެގެން ހުރިހާ ފަހަރަކު މޮޅެއް ނުވާނެ. އަދި މޮޅުވާ ޓީމެއްގެ ހުރިހާ ކްރެޑިޓެއް އެކަކަން ދިނުން ވެސް އެންމެ ރަނގަޅު ނުވެދާނެ،" ޓުޗެލް ބުންޏެވެ.

"އަހަންނަށް ހީނުވޭ ޖޯޖީނިއޯ ވެސް ބެލޮންޑިއޯ ނުލިބިގެން އެހާ މާޔޫސްވާނެ ހެން. އެއީ ބެލޮންޑިއޯ ނުލިބުނަސް ޖޯޖީނިއޯ އަކީ ޔޫރަޕްގެ އިތުރުން ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެއް،"

ޖޯޖީނިއޯ ވަނީ ޗެލްސީއާ އެކު މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން އިޓަލީއާ އެކު ޔޫރޯގެ ތަށި ވެސް އުފުލާލައިފަ އެވެ. އަދި ޔުއެފާ ސުޕަ ކަޕްގެ ތަށި ހޯދީ ވެސް ޗެލްސީންނެވެ.

ފާއިތުވި ދެ އަހަރު ބަޔާން މިއުނިކްގައި ލެވަންޑޯސްކީ ދެއްކި ކުޅުމަށް ބަލާއިރު، އޭނާ އަށް ބެލޮންޑިއޯ ލިބެންޖެހޭ ކަމަށް ދެކެވޭ ވާހަކަތަކާ މެދު ދެކެނީ ކިހިނެއްތޯ އެހުމުން ޓުޗެލް ބުނީ އެ މައުލޫއަށް އޭނާ ވާހަކަ ނުދައްކާނެ ކަމަށެވެ.

"އެއީ ވޯޓަކުން ކުރާ ކަމެއް. ވޯޓު ނިމުނީމަ އެ ނިމުނީ. އޭގެ ވަކި މީހަކަށް ކަމުދާ ގޮތެއް ނޫނީ ކަމުނުދާ ގޮތެއް އޮވެގެން ވާނެ ކަމެއް ނެތް. ދިރިއުޅުމައިގެން ކުރިއަށް ދާންވީ،" ޓުޗެލް ބުންޏެވެ.

ބެލޮންޑިއޯ އެވޯޑަށް އެންމެ ގިނަ ކުޅުންތެރިން ނޮމިނޭޓްވި ކްލަބްގެ ހައިސިއްޔަތުން އެންމެ މޮޅު ކްލަބްގެ އެވޯޑް ދިނީ ޗެލްސީ އަށެެވެ. ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ފަހަތަށް ޖައްސާލުމަށް ފަހު އެންމެ މޮޅު ކީޕަރަށްދޭ ޔަސީން ޓްރޮފީ ހާސިލްކުރީ އިޓަލީއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox