އަނިޔާގެ ސަބަބުން ނޭމާ އަށް ހަފްތާ އަށް ކުޅުމާ ދުރަށް

Nov 30, 2021, 7:03 AM
އަނިޔާގެ ސަބަބުން ނޭމާ އަށް ހަފްތާ އަށް ކުޅުމާ ދުރަށް

ޕެރިސް (ނޮވެމްބަރު 30) - ފްރާންސް ލީގުގައި މިދިޔަ އާދިއްތަ ދުވަހު ސެއިންޓް-އެޓިއެންއާ ދެކޮޅަށް ކުޅެނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން ޕީއެސްޖީ އަށް ކުޅެމުންދާ ބްރެޒިލްގެ ފޯވަޑް ނޭމާ އަށް އަށް ހަފްތާގެ މުއްދަތަަކަށް ކުޅުމާ ދުރުގައި ހުންނަންޖެހިދާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ސެއިންޓް-އެޓިއެން އަތުން 3-1 އިން ޕީއެސްޖީ މޮޅުވި މެޗުގެ 84 ވަނަ މިނިތްގައި، ނޭމާ އަށް އަނިޔާގެ، އޭނާ ވަނީ ދަނޑުން ބާލައިފަ އެވެ. ނޭމާ އަށް އަނިޔާވީ ސެއިންޓް-އެޓިއެންގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެން ދަނިކޮށް ފައި އެޅުނު ގޮތަކުން ކުޑަހުޅަށް ވަރަށް ބޮޑަށް އަނިޔާވެގެންނެވެ. އަށިގަނޑުގައި ދަނޑުން ބޭލިއިރު، ނޭމާ އަށް ހުރީ ރޮވިފަ އެވެ.

ޕީއެސްޖީން ބުނީ އެ މެޗުގައި ނޭމާގެ ވާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް އަލުން ދެން ކުޅެން ނުކުމެވޭނީ އަށް ހަފުތާ ފަހުން ކަމަށެވެ. މިއީ ޕީއެސްޖީގައި ނޭމާގެ އަނިޔާގެ ރެކޯޑަށް ބަލާއިރު، އަނެއްކާ ވެސް ދިމާވި ހާސްކަމެކެވެ. ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަށް އެ ކްލަބްގައި އެންމެ މޮޅު ކުޅުން ނުދެއްކެނީ އަނިޔާގެ މައްސަަލަތައް ތަކުރާރުކޮށް ދިމާވާތީ އެވެ.

ޕީއެސްޖީން ނޭމާގެ އަނިޔާގެ ފުރިހަމަ މައުލޫމާތު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މީޑިއާއާ ހިއްސާކުރާނެ އެވެ. މިހާރު އޮތްގޮތުން މި އަނިޔާއާ ގުޅިގެން ނޭމާ އަށް ފްރާންސް ލީގުގެ ހަތް މެޗާޢި ޗެމްޕިއަންސް ލީގުގެ މެޗެއް ގެއްލޭނެ އެވެ.

ފްރާންސް ލީގުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 12 ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އަދި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ވެސް އޮތީ ޕީއެސްޖީ އަށް ކަށަވަރުވެފަ އެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox