ޕެންޓެގަންގެ ކުރީގެ ވެރިޔާ ޕެންޓެގަންއާ ދެކޮޅަށް ކޯޓަށް!

ޕެންޓެގަންގެ ކުރީގެ ވެރިޔާ މާކް އެސްޕާ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޕެންޓެގަންގެ ކުރީގެ ވެރިޔާ މާކް އެސްޕާ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޕެންޓެގަންގެ ކުރީގެ ވެރިޔާ މާކް އެސްޕާ ލިޔުއްވައި ޝާއިއު ކުރަން ތައްޔާރުވެފައިވާ ފޮތަކުން ބައެއް ބައިތައް އުނިކުރި މައްސަލައިގައި ޕެންޓެގަންއާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.

އާދީއްތަ ދުވަހު ހުށަހެޅި މައްސަލައިގައި އެސްޕާ ތުހުމަތު ކުރެއްވީ "މައުލޫމާތު ހިފެހެއްޓުމުގެ ނަމުގައި" ލިޔުމުގެ ބައިތައް ސެންސަރު ކުރި ކަމަށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ އެ އަމަލާ މެދު "ހިތްހަމަނުޖެހޭ" ކަމަށް އެސްޕާ ވިދާޅުވި އެވެ.

އެމެރިކާގެ ޑިފެންސް ސެކެޓްރީގެ މަގާމަށް 2019 ވަނަ އަހަރު އެސްޕާ އައްޔަނުކުރެއްވީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ނޮވެމްބަރު 2020 ގައި އޮތް ރިޔާސީ އިންތިހާބު ނިމުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ޓްރަމްޕް ވަނީ އެސްޕާ މަގާމުން ވަކިކުރައްވާފަ އެވެ.

ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން މޭ 2022 ގައި ނެރެން ހަމަޖެހިފައިވާ ފޮތަކީ އެސްޕާ ވައިޓް ހައުސްގައި ހޭދަކުރެއްވި ވަގުތުތަކާ ގުޅޭ "ހާމަކަންބޮޑު މެމޮޔާ" އެކެވެ.

އެސްޕާ ވިދާޅުވީ "އަ ސޭކްރެޑް އޯތު" ފޮތުގައިވާ "މުހިއްމު ވާހަކަތައް ކިޔައިދިނުމަށް" ކޮންމެހެން ބޭނުންވާ ބައިތައް "އެއްވެސް ސަބަބެއް ނެތި" ޕެންޓެގަން އިން ވަނީ އެޑިޓުކޮށްފަ އެވެ.

"އެކަން ސާފުކޮށްދޭން ލިޔުމުން އަޅުގަނޑަށް އެއްވެސް އެއްޗެއް އަންގާފައެއް ނުވޭ،" އެސްޕާ ވިދާޅުވި އެވެ. އޭގެ އިތުރުން އެއީ ސިއްރު މައުލޫމާތު ހިމެނޭ ބައިތައްކަން ޕެންޓެގަން އަށް ސާބިތުކޮށްނުދެވޭ ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ އަމަލު ކުރާ އުސޫލުގެ ދަށުން ޕެންޓެގަންގެ ކުރީގެ ވެރިން ލިޔާ ފޮތްތައް ޝާއިއު ކުރުމުގެ ކުރިން ޕެންޓެގަން އަށް ހުށަހަޅަން ޖެހެ އެވެ. އޭގެ ބޭނުމަކީ ދައުލަތުގެ ސިއްރުތައް ހާމަނުވާނެކަން ކަށަވަރު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox