ވިހަވެފައިވާ ވެލާ މަސް ކައިގެން ޓެންޒޭނިއާގައި ބަޔަކު މަރުވެއްޖެ

ބައެއް ހާލަތްތަކުގައި ވެލާ މަސް ވިހަވާ ސީދާ ސަބަބު ހޯދިފައެއް ނުވޭ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ބައެއް ހާލަތްތަކުގައި ވެލާ މަސް ވިހަވާ ސީދާ ސަބަބު ހޯދިފައެއް ނުވޭ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޓެންޒޭނިއާގެ ޕެމްބާ ރަށުގައި ވިހަވެފައިވާ ވެލާ މަސް ކައިގެން ހަތް މީހުން މަރުވެއްޖެ އެވެ. އޭގެ ތެރޭގައި ތިން އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.

އިތުރު ތިން މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ޓެންޒޭނިއާގެ ރަށްތަކާއި އައްސޭރިފަށުގެ ހިސާބުތަކުގައި ވަރަށް ގިނައިން ވެލާ މަސް ކައި ހަދަ އެވެ. ނަމަވެސް އެއީ މަނާކޮށްފައިވާ ކަމެކެވެ.

ބައެއް ފަހަރު ވެލާ މަސް ވިހަވެ، "ކެލޮނިޓޮކްސިޒަމް" ނަމަކަށް ކިޔާ ކާނާ ވިހަވާ ހާލަތެއް އިންސާނުންނަށް ދިމާވެ އެވެ. ވެލާ މަސް ވިހަވާ ސީދާ ސަބަބު ހޯދިފައި ނުވި ނަމަވެސް، އެކަން ގުޅިފައި ވަނީ ވެލާ ކައި އުޅޭ ވިހަގަދަ އަލްގޭއާ ކަމަށް ޓާޓަލް ފައުންޑޭޝަން ޖަމިއްޔާ އިން ބުނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕެމްބާ ރަށުގެ ފަސް އާއިލާއަކުން ވެލާ މަސް ކެޔެވެ. އޭގެ އަސަރު ކުރަން ފެށީ ހުކުރު ދުވަހު އެވެ. ފުރަތަމަ މަރުވީ ތިން އަހަރުގެ ކުއްޖާ އެވެ.

ހުކުރު ދުވަހުގެ ރޭ އިތުރު ދެ މީހުން މަރުވެ، އާދީއްތަ ދުވަހު އިތުރު ހަތަރު މީހުން މަރުވި އެވެ. ވިހަވުމުގެ އަސަރުކޮށްގެން 38 މީހަކަށް ފަރުވާދޭން ޖެހުނެވެ.

އޭގެ ތެރެއިން ތިން މީހުން ފިޔަވައި އެހެން އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ. އެ ތިން މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް ވެ އެވެ.

ވެލާ މަސް ކައިގެން ކާނާ ވިހަވުމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ. އެކަމަކު ސިއްހަތު ރަނގަޅު ބޮޑެތި މީހުންނަށް ވެސް ބައެއް ފަހަރު އަސަރުކުރެ އެވެ.

މިދިޔަ މާޗް މަހު މަޑަގަސްކަރައިެ 19 މީހުން ވެލާ މަސް ކައިގެން މަރުވި އެވެ. އޭގެ ތެރޭގައި ނުވަ ކުޑަކުދިން ހިމެނެ އެވެ.

ވެލާ މަސް ކައިގެން ވިހަވުމުގެ ކޭސްތައް އިންޑޮނޭޝިއާ އާއި މައިކްރޯނޭޝިއާ އަދި އިންޑިއާ ކަނޑުގައި ހުންނަ އިންޑިއާގެ ރަށްތަކުން ވެސް ފެނިފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox