ފޭސް 2 އިން މާލެއަށް ސީދާ ބަސް ދަތުރުތައް ބުދަ ދުވަހު ފަށަނީ

ހުޅުމާލޭ ފޭސް ޓޫ ހިޔާ ސަރަހައްދުގައި ހުންނަ ބަސް ގިމަތައިން އެމްޓީސީސީގެ ބަހަކަށް މީހުން އަރަނީ: ދަތުރުތައް ފަށާއިރު ގަޑިއިރަކުން ގަޑިއިރަކުން ބަހެއް އޮންނާނެ. -- ފޮޓޯ: ކޮރަލްގްލާސް މީޑިއާ

ހުޅުމާލޭ ފޭސް ޓޫ ހިޔާ ސަރަހައްދުގައި ހުންނަ ބަސް ގިމަތައިން އެމްޓީސީސީގެ ބަހަކަށް މީހުން އަރަނީ: ދަތުރުތައް ފަށާއިރު ގަޑިއިރަކުން ގަޑިއިރަކުން ބަހެއް އޮންނާނެ. -- ފޮޓޯ: ކޮރަލްގްލާސް މީޑިއާ

ހުޅުމާލޭ ފޭސް 2ގައި ދިރިއުޅޭ މީހުންނަށް އަންނަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ސީދާ މާލެއަށް އައުމަށް ބަސް ދަތުރުތައް ފަށާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ފޭސް 2ގައި އެމްޓީސީސީން ބަސް ދަތުރުތައް ފެށީ މިދިޔަ އޮކްޓޫބަރު މަހު އެވެ.

މިހާރު ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުން މާލެ ދާން ޖެހެނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގުޅުވައިދޭ ބަސް ރޫޓުން ބަހެއް ނަގައިގެން ފޭސް 1 ގޮސް، ހުޅުމާލެ – ވެސްޓް ޕާކް ރޫޓު ނޫނީ ހުޅުމާލެ – ކާނިވަލް ރޫޓު ބަހެއް ނަގައިގެންނެވެ.

މިހެން ވުމުން ގިނަ އިރު މަޑުކުރަން ޖެހި، ދަތުރުމަތީގައި ހޭދަ ކުރަން ޖެހޭ ވަގުތު ދިގުވާ ކަމުގެ ޝަކުވާތައް ބޮޑެވެ.

މާލެއަށް ސީދާ ދަތުރުތައް ފަށާކަން އިއުލާނުކުރި ޓްވީޓުގައި އާޒިމް ވިދާޅުވީ، ދަތުރުތައް ފަށާއިރު ގަޑިއިރަކުން ގަޑިއިރަކުން ފޭސް 2އިން މާލެއަށް ބަހެއް އޮންނާނެ ކަމަށެވެ. އަދި ޖުލައި މަހުން ފެށިގެން ކޮންމެ 15 މިނިޓަކުން ބަހެއް ދަތުރުކުރާ ގޮތަށް ފްރިކުއެންސީ އިތުރު ކުރާނެ ކަމަށެވެ.

މިގޮތަށް މާލެއަށް ސީދާ ބަސް ދަތުރުތައް ފެށުން ވެގެން ދާނީ ފޭސް 2އިން މާލެއަށް ދަތުރުކުރާ ސްކޫލް ކުދިންނަށާއި އޮފީސްތަކަށް ދާ މީހުންނަށް ބޮޑު ލުޔެއް ލިބޭނެ އިންތިޒާމަކަށެވެ.

އެމްޓީސީސީން އަންނަނީ އެ ކުންފުނިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ބަހުގެ ހިދުމަތް ފުޅާކުރަން އިތުރު ބަސްތައް ގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި އަހަރުގެ ތެރޭގައި ބަސް ފްލީޓު އިތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.

އެމްޓީސީސީގެ ހިދުމަތް ފުޅާވެގެން ދާއިރު، މާލެ ސަރަހައްދުގައި މިނީ ބަހުގެ ހިދުމަތް ފަށާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ ހިދުމަތް ވެސް މި އަހަރުގެ ތެރޭގައި ތައާރަފުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox