10,000ރ. ލިބޭ ޕްރޮމޯޝަނަކާއެކު އެލުގްލާސް ޕްލަސް ހުޅުމާލޭގައި ހުޅުވައިފި

ރެއިންބޯ އެލްމިނިއަމްއިން ހުޅުމާލޭގައި ހުޅުވި އެލުގްލާސް ޕްލަސް: ހުޅުމާލޭގައި ހުންނަ މި ފިހާރައިން ރެއިންބޯ އެލުމިނިއަމް އާއި ބިލްޑްވެއާގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބޭ. -- ފޮޓޯ: އަދަދު

ރެއިންބޯ އެލްމިނިއަމްއިން ހުޅުމާލޭގައި ހުޅުވި އެލުގްލާސް ޕްލަސް: ހުޅުމާލޭގައި ހުންނަ މި ފިހާރައިން ރެއިންބޯ އެލުމިނިއަމް އާއި ބިލްޑްވެއާގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބޭ. -- ފޮޓޯ: އަދަދު

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާޑްވެއާ އާއި އިމާރާތްކުރުމުގައި ބޭނުންކުރާ ސާމާނު ފަސޭހައިން ލިބޭނެ މަގުފަހި ކުރުމުގެ ބޭނުމުގައި އެލުގްލާސް ޕްލަސް ފިހާރަ މިރޭ ހުޅުވައިފި އެވެ. .

އެލުގްލާސް ނަމުގައި ރެއިންބޯ އެލްމިނިއަމްއިން ދަނީ ހެޔޮ އަގުގައި އެލްމިނިއަމް އެކްސެސަރީސް ވިއްކަމުންނެވެ.

ރެއިންބޯގެ ކުޑައިގެ ދަށަށް އިތުރުވި އެލުގްލާސް ޕްލަސްގައި، އެލުގްލާސްގައި ވިއްކާ އެލްމިނިއަމް އައިޓަމްތަކުގެ އިތުރުން ޖެނެރަލް ހާޑްވެއާ ސާމާނާއި ރެއިންބޯ ބިލްޑްްވެއާގެ ހޮވާލެވިފައިވާ އައިޓަމްތައް ލިބެން ހުއްނާނެ އެވެ.

އެލުގްލާސް ޕްލަސްއިން ލިބެން ހުންނަ ބައެއް ސާމާނު

  • ފާހަނާ ތައްޓާއި ފިޓިންސް
  • ޓައިލްސް
  • ފާރުގަ ލާ ކުލަ
  • ބޮކި

ފިހާރަ ހުޅުވުމުގެ އުފަލުގައި ކުރިޔަށް ގެންދާ ޕްރޮމޯޝަނެއްގެ ދަށުން 100ރ. ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް 10،000ރ. ގެ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 31 ގެ ނިޔަލަށެވެ.

ރެއިންބޯ އެލުގްލާސްއިން ލިބެން ހުންނަ ތަޅުތަކާއި އެލްމިނިއަމްގެ އެހެން އުފެއްދުންތައް: މިފިހާރައިން ހާޑްވެއާ ގިނަ ސާމާނު ލިބޭ. -- ފޮޓޯ: އަދަދު
ރެއިންބޯ އެލުގްލާސްއިން ލިބެން ހުންނަ ތަޅުތަކާއި އެލްމިނިއަމްގެ އެހެން އުފެއްދުންތައް: މިފިހާރައިން ހާޑްވެއާ ގިނަ ސާމާނު ލިބޭ. -- ފޮޓޯ: އަދަދު

ރެއިންބޯ އެލުގްލާސްއިން ލިބެން ހުންނަ ތަޅުތަކާއި އެލްމިނިއަމްގެ އެހެން އުފެއްދުންތައް: މިފިހާރައިން ހާޑްވެއާ ގިނަ ސާމާނު ލިބޭ. -- ފޮޓޯ: އަދަދު

މި ފިހާރަ ހުންނަނީ ހުޅުމާލޭ ޕިކް ޕޯސްޓް ކުރިމައްޗަށް ކަހަލަ ގޮތަކަށް ނިރޮޅު މަގުގަ، ފޭސް 2 އަށް އަރަން އޮންނަ ބްރިޖު ސަރަހައްދުގަ އެވެ.

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox