ބަންގްލަދޭޝް ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ފަސް ކުޅުންތެރިން ވާދަކުރަނީ

ބަންގްލަދޭޝްގައި ބާއްވާ ޗެލެންޖްގައި ވާދަކުރާ ކުޅުންތެރިން: (ކ.ވ) ހައިޝަމް، ޒަޔާން، ނަބާ، ނަބީ އަދި ރިޝްވާން.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު/ އަދަދު

ބަންގްލަދޭޝްގައި ބާއްވާ ޗެލެންޖްގައި ވާދަކުރާ ކުޅުންތެރިން: (ކ.ވ) ހައިޝަމް، ޒަޔާން، ނަބާ، ނަބީ އަދި ރިޝްވާން.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު/ އަދަދު

ބަންގްލަދޭޝްގައި އަންނަ މަހު 1-5 އަށް ކުރިއަށްގެންދާ ބަންގްލަދޭޝް އިންޓަނޭޝަނަލް ޗެލެންޖްގައި ރާއްޖޭގެ ފަސް ކުޅުންތެރިއަކު ވާދަކުރާނެ އެެވެ.

މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ފަރާތުން ވާދަކުރަނީ މި އަހަރު ގައުމީ ޗެމްޕިއަންކަން ދިފާއުކުރި ފާތިމަތު ނަބާހާ އާއި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް، ގިނަ ކާމިޔާބީތަކެއް ހޯދި އައިމިނަތު ނަބީހާ އެވެ. އަދި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ފަރާތުން ޒަޔާން ޒަކީ، ރިޝްވާން ޝިޔާމް އަދި ހައިޝަމް އިބްރާހިމް އަލީ މުބާރާތުގައި ވާދަކުރާނެ އެވެ.

ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު ވެސް ވަނީ ޓީމާ އެކީ ބަންގްލަދޭޝަށް ގޮސްފަ އެވެ.

ބަންގްލަދޭޝް މުބާރާތުގައި ޒަޔާން އަށް ފިރިހެން ސިންގަލްސްގެ މެއިންޑްރޯ އިން ފުރުސަތު ލިބިފައިވާއިރު، އޭނާ އާއި ނަބާހާގެ ޕެއާ މިކްސް ޑަބަލްސްގައި ވާދަކުރާނެ އެވެ. ނަބާހާ އާއި ނަބީހާ ސިންގަލްސްގައި ވާދަކުރުމުގެ އިތުރުން އަންހެން ޑަބަލްސްގައި ވެސް ވާދަކުރާނެ އެވެ. ބަންގްލަދޭޝް އިންޓަނޭޝަނަލް ޗެލެންޖަަކީ އަންހެން ޑަބަލްސް އިން ނަބާހާ އާއި ނަބީހާ އަށް މެޑަލެއް ގެނެވޭނެ ފެންވަރުގެ މުބާރާތެކެވެ.

މި އަހަރު ތުރުކީގައި ބޭއްވި މުބާރާތެއްގައި ވާދަކުރި ހައިޝަމްގެ އިތުރުން ރިޝްވާން ވާދަކުރާނީ ބަންގްލަދޭޝް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ކޮލިފައިންގަ އެވެ. ހައިޝަމް، ބަންގްލަދޭޝްގައި ކުރިއަށްދާ ޖޫނިއާ ސީރީސްގައި ވެސް ވާދަކުރާނެ އެވެ.

ރިޝްވާން އަކީ މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވާ ކުޅުންތެރިއެކެވެ.

ގައުމީ ބެޑްމިންޓަން ޓީމާއި ރިވައިވަލް އިން ވަނީ ދާދި ފަހުން ބަހްރޭންގައި ބޭއްވި އިންޓަނޭޝަނަލް ސީރީސްގައި ވާދަކޮށްފަ އެވެ. އެ މުބާރާތުގައި ގައުމީ ޓީމުން ވާދަކުރަން އޮތީ ނަަބާހާ އާއި ނަބީހާ އަދި ނިބާލް އަހުމަދު އެވެ. ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ލިބުނު އަނިޔާގެ ސަބަބުން ނިބާލަށް އެ މުބާރާތުގައި ނުކުޅެވުނެވެ. އަދި ނަބާހާ އާއި ނަބީހާ އަށް ވެސް އެ މުބާރާތް އެންމެ ކާމިޔާބު މުބާރާތަކަށް ނުހެދުނެވެ.

ބަހްރޭން މުބާރާތުގެ އަންހެން ސިންގަލްސް ކޮލިފައިންގައި ނަބީހާގެ މައްޗަށް ކުރިހޯދީ އިންޑިއާގެ ކްރިތީ ބާރަދްވާޖް އެވެ. ކްރިތީ ސެޓުތައް ގެންދިޔައީ 21-14 އާއި 21-11 އިންނެވެ. މެއިން ޑްރޯގެ އަންހެން ސިންގަލްސްގައި ކުޅުނު ނަބާހާ ވެސް ބަލިވީ އިންޑިއާގެ ކުޅުންތެރިއަކު އަތުންނެވެ. ނަބާހާ ކައިރިން އިންޑިއާގެ ޕޫރްވާ ސެޓުތައް ގެންދިޔައީ 21-04 އާއި 21-11 އިންނެވެ.

އަންހެން ޑަބަލްސްގެ މެއިން ޑްރޯގައި ވާދަކޮށް ނަބާހާ އާއި ނަބީހާގެ ޕެއާ ބަލިވީ އިންޑޮނީޝިއާގެ އަނިސަނާޔާ ކަމީލާ އާއި ޒަހުރާ ދިތުޔާ ރަމަދާނީ އަތުންނެވެ. ޒަހުރާ އާއި އަނިސަނާޔާގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-16، 21-08 އިންނެވެ.

ރިވައިވަލް އިން ވާދަކުރީ ޒަޔާންގެ އިތުރުން ދާދި ފަހުން ގައުމީ ޗެމްޕިއަންކަން ހޯދި ތޯއިފް އެވެ. ޒަޔާން މެއިންޑްރޯގައި ވާދަކޮށް ކުރިއަށް ނުދެވުނެވެ. ތޯއިފަށް މުބާރާތް ނިމުނީ ކޮލިފައިން ބުރުގައި ޔޫއޭއީގެ ވަސަންތަ ކުމާރް އަތުން ބަލިވުމުންނެވެ. ކުމާރް ސެޓުތައް ގެންދިޔައީ 21-07 އާއި 21-08 އިންނެވެ.

ޒަޔާން، މެއިން ޑްރޯގައި ބަލިވީ އިންޑިއާގެ އަންސަލް ޔާދަވް އަތުންނެވެ. ސެޓުތައް ދިޔައީ 21-07، 21-14 އިންނެވެ. ފިރިހެން ޑަބަލްސްގައި ތޯއިފް އާއި ޒަޔާންގެ ޕެއާ ބަލިވީ ޔޫއޭއީގެ ޕެއާ، ދޭވް އަޔައްޕަން އާއި ދިރޭން އަޔައްޕަން އަތުންނެވެ. ދޭވް އާއި ދިރޭންގެ ޕެއާ ސެޓުތައް ގެންދިޔައީ 21-12، 21-14 އިންނެވެ.

ބަހްރޭން މުބާރާތަކީ ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ޓީމެއް ގޮސް ވާދަކުރި ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެވެ. އެ މުބާރާތުގައި ލިބުނު ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް ބަންގްލަދޭޝް މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކާމިޔާބު ހޯދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox