އިތިއޯޕިއާގެ ޔަހޫދީންނަށް ވަޒަންވެރިވުމުގެ ހުއްދަ އިޒްރޭލުން ދީފި

އިޒްރޭލުގައި ދިރިއުޅޭ އިތިއޯޕިއާގެ ޔަހޫދީން އެ މީހުންގެ އާއިލާތައް އިޒްރޭލަށް ގެނައުމަށް ގޮވާލައި ބޭއްވުމެއް އެއްވުމެއް. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގައި ދިރިއުޅޭ އިތިއޯޕިއާގެ ޔަހޫދީން އެ މީހުންގެ އާއިލާތައް އިޒްރޭލަށް ގެނައުމަށް ގޮވާލައި ބޭއްވުމެއް އެއްވުމެއް. -- ފޮޓޯ: އޭއެފްޕީ

ގުދުސް (ނޮވެމްބަރު 29) - ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އިތިއޯޕިއާގެ 3،000 ޔަހޫދީންނަށް އިޒްރޭލުގައި ވަޒަންވެރިވުމުގެ ހުއްދަ ދީފި އެވެ.

"އާލިޔާ" ގެ ނަމުގައި އިޒްރޭލުން ތަންފީޒު ކުރާ ސިޔާސަތެއްގެ ދަށުން ދުނިޔޭގެ ކޮންމެ ތަނެއްގައި ދިރިއުޅޭ ޔަހޫދީއަކަށް ވެސް އިޒްރޭލުގައި ވަޒަންވެރިވުމުގެ ހައްގު ލިބެ އެވެ.

މިހާރު ވެސް އިތިއޯޕިއާގެ 140،000 ޔަހޫދީން އިޒްރޭލުގައި ދިރިއުޅެ އެވެ. އިތިއޯޕިއާގައި ތިބި އެ މީހުންގެ އާއިލާތަކަށް ވެސް އިޒްރޭލުގައި ވަޒަންވެރިވުމުގެ ހުއްދަ ދިނުމަށް ގޮވާލައި ދާދި ފަހުން މުޒާހަރާ ކުރި އެވެ.

ބޮޑު ވަޒީރު ނަފްތާލީ ބެނެޓްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިތިއޯޕިއާގެ 3،000 މީހުންނަށް އިޒްރޭލަށް ހިޖުރަ ކުރުމުގެ ހުއްދަ ދޭން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

އެއީ "ފުރަތަމަ ޑިގްރީގެ" ތިމާގެ މީހުން އިޒްރޭލުގައި ތިބި މީހުންނެވެ. "ފުރަތަމަ ޑިގްރީގެ" ތިމާގެ މީހުންގެ ގޮތުގައި މާނަކޮށްފައި ވަނީ މައިންބަފައިން، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހުންނެވެ.

"ހިޖުރަ ކުރުމަށް ޝަރުތު ހަމަވާ ފަރާތްތައް އެ މީހުންގެ އަނބިންނާއި ފިރިން އަދި ދަރިން ގޮވައިގެން އިޒްރޭލަށް އެތެރެވުމުގެ ހުއްދަ އެބަ އޮތް،" ބަޔާނުގައި ވެ އެވެ.

އޭގެ އިތުރުން އިޒްރޭލަށް އެތެރެވުމަށް ފަހު އެ ތަނުގައި މަރުވި މީހެއްގެ ދަރިންނަށް ވެސް ހިޖުރަ ކުރުމުގެ ހުއްދަ ލިބޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އިމިގްރޭޝަން މިނިސްޓަރު ނީނާ ޓަމާނޯ ޝާތާ ވަނީ އެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. އޭނާ އަކީ އިޒްރޭލުގެ ޕާލިމެންޓަށް އިންތިހާބުވި ތިއޯޕިއާ ދަރިކޮޅުގެ ފުރަތަމަ ޔަހޫދީ އަންހެން މީހާ އެވެ.

"މިއީ އިޒްރޭލުގައި ދިރިއުޅޭ އިތިއޯޕިއާގެ ކޮމިއުނިޓީ އާއި އެ މީހުންގެ އާއިލާތަކަށް މުހިއްމު ނިންމުމެއް،" އަހަރުތަކަކަށް ފަހު އާއިލާތަކަށް އަލުން ބައްދަލުވެވޭނެކަން ފާހަގަކޮށް އޭނާ ވިދާޅުވި އެވެ.

އިތިއޯޕިއާގެ ޓިގްރޭ ހަނގުރާމަވެރިންނާއި ސަރުކާރުގެ ފައުޖާ ދެމެދު ހަނގުރާމަ ކުރާތާ އަހަރެއް ވެއްޖެ އެވެ. އޭގެ ސަބަބުން އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox