މެރިން އެކްސްޕޯގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކޮށްފި

Nov 28, 2021, 3:38 PM
މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރު އެއްބަސްވުމުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މީޑިއަމް ޕްރައިވެޓްގެ މެނޭޖިން ޑިރެކްޓަރު ޝާމް މުހައްމަދު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އާއިމް ޒަމީރު / އަދަދު

މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރު އެއްބަސްވުމުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މީޑިއަމް ޕްރައިވެޓްގެ މެނޭޖިން ޑިރެކްޓަރު ޝާމް މުހައްމަދު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އާއިމް ޒަމީރު / އަދަދު

ރާއްޖޭގެ ބޯޓިން ސިނާއަތަށް ހާއްސަ ކޮށްގެން ބާއްވާ ހަމައެކަނި އިވެންޓު، މޯލްޑިވްސް މެރިން އެކްސްޕޯ 2021 ގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު މިއަދު ސޮއިކޮށްފި އެވެ.

ޑިސެމްބަރު 11 އިން 13 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީ އެވެ. އެ ކުންފުންޏަކީ މެރިން އިކްއުމެންޓް ވިއްކައި ހިދުމަތް ފޯރުކޮށް ދޭ، އަދި އަދި ބާރު ދުވެލީގެ ލޯންޗް ފަހަރާއެކު އެތެރޭގެ ދަތުރުތަކަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އަމާޒަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ބިން ހިއްކުމާއި ބަނދަރު ހެދުމުން ފެށިގެން ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ވެސް އެންމެ ވަރުގަދަ އެއް ކުންފުންޏެވެ.

Advertisement

މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރު ޖަލްބޫތާއެކު ސޮއިކުރުމަށް ފަހު އެއްބަސްވުން ދައްކާލަނީ -- ފޮޓޯ: އާއިމް ޒަމީރު / އަދަދު

މި ފަހަރުގެ މެރިން އެކްސްޕޯގެ ކޯސްޕޮންސަރުންނަކީ ކްރޮސްރޯޑްގެ މެރީނާ މެނޭޖުކުރަމުން އަންނަ ޔޫއޭއީގެ މެރިން ސޮލިއުޝަން ކުންފުނި، ޖަލްބޫތު އަދި ރާއްޖޭގައި ލޯންޗް ފަހަރު ބަނދެ ވިއްކާ ގަލްފް ކްރާފްޓް އެވެ.

ސްޕޮންސަރުން

  • މެއިން ސްޕޮންސަރު: އެމްޓީސީސީ
  • ކޯ-ސްޕޮންސަރު: ޖަލްބޫތު، ގަލްފް ކްރާފްޓު
  • އޮފިޝަލް ބޯޓް ބިލްޑަރު: އަލްޝާ މެރިން
  • އޮފިޝަލް ޕްރޮޑަކްޓް: ހޮންޑާ މެރިން
  • އޮޮފިޝަލް ސަޕްލަޔަރު: އިލެކްޓްރިފައި މޯލްޑިވްސް
  • މެރިން ލައިފްސްޓައިލް ޕާޓްނަރު: ސީގިއާ
  • ޑައިވިން ސޮލިއުޝަން ޕާޓްނަރު: އެމްއޭ ސާވިސަސް
  • އޮފިޝަލް ފިއުލް ސަޕްލަޔަރު: ވިލާ ފިއުލް
  • އޮފިޝަލް ލިޖިސްޓިކް ޕާޓްނަރު: ގޯ ލޮޖިސްޓިކްސް

މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރު ގަލްފް ކްރާފްޓާއެކު ސޮއިކުރުމަށް ފަހު -- ފޮޓޯ: އާއިމް ޒަމީރު / އަދަދު

ޕާޓްނަރުން

  • ލޯކަލް މީޑިއާ ޕާޓްނަރު: އަދަދު
  • ޓްރެވަލް މީޑިއާ ޕާޓްނަރު: ކޮރަލް ގްލާސް
  • ޓެބްލޮއިޑް ޕާޓްނަރު: އައިލެންޑް ޗީފް
  • ކޭޓަރިން ޕާޓްނަރު: ސެމިލީސް ކެފޭ އެންޑް ބިސްޓްރޯ
  • ކޮފީ ޕާޓްނަރު: ކެފޭޔަ
  • ވީޑިއޯ ޕާޓްނަރު: ބްރޭންޑްއެން
  • ޕްރިންޓް ޕާޓްނަރު: ޕްރިންޓް ލެބް

މެރިން އެކްސްޕޯގެ މީޑިއާ ޕާޓްނަރުގެ އެއްބަސްވުމުގައި އަދަދުގެ ފަރާތުން ސީއީއޯ ހުސައިން ފިޔާޒު (ކ) ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން
މެރިން އެކްސްޕޯގެ މީޑިއާ ޕާޓްނަރުގެ އެއްބަސްވުމުގައި އަދަދުގެ ފަރާތުން ސީއީއޯ ހުސައިން ފިޔާޒު (ކ) ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން

މެރިން އެކްސްޕޯގެ މީޑިއާ ޕާޓްނަރުގެ އެއްބަސްވުމުގައި އަދަދުގެ ފަރާތުން ސީއީއޯ ހުސައިން ފިޔާޒު (ކ) ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން

ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކުރުމުގެ ހަފުލާ އޮތީ ކްރޮސްރޯޑްސްގައި ހުންނަ ސަންސޭޝަން ބީޗް ކްލަބުގަ އެވެ.

މިއީ މި އެކްސްޕޯގެ ހަތް ވަނަ އެޑިޝަން އެވެ. ކޮވިޑް ފެތުރަމުން ދިއުމާއެކު 2020 ގެ އެޑިޝަން ބޭއްވީ އޮންލައިން ކޮށެވެ.

"ކޮވިޑަށް ފަހު ބާއްވާ އެންމެ ބޮޑު އެކްސްޕޯއަށް މި އެކްސްޕޯ ވާނެ. ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދޭ. ވަރަށް ގިނަ ވިޔަފާރިތައް، ޕްރޮޑަކްޓްތައް ފެނިގެންދާނެ،" އެކްސްޕޯގެ އޮގަނައިޒަ، މީޑިއަމް ޕްރައިވެޓްގެ މެނޭޖިން ޑިރެކްޓަރު ޝާމް މުހައްމަދު ވިދާޅުވި އެވެ.

މެރިން އެކްސްޕޯއަކީ ކޮބާ؟

މެރިން އެކްސްޕޯއަކީ ސަފާރީ ސިނާއަތުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރަސްމީ އިވެންޓެވެ.

ހަމައެކަނި ލިވްއެބޯޑާއި، ޔޮޓާއި، މެރިން ޓްރާންސްފޯޓަށް ހާއްސަ ވެގެން 2016 ގައި ފެށި މި އިވެންޓު ފުޅާވަމުން ގޮސް، މިހާރު މެރިން ސިނާއަތާ ގުޅުންހުރި ހުރިހާ ބަޔަކަށް ހާއްސަ ބައިތައް އެކްސްޕޯގައި ހިމެނެ އެވެ. މިހާރު އެކްސްޕޯގައި އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ލިވްއެބޯޑުތަކާއި ޔޮޓުތަކާއި، މަސްވެރިކަމުގެ އިތުރުން ވޯޓަރ ސްޕޯޓްސްއާއި ލޮޖިސްޓިކްސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox