ދެއްވަދޫއާއެކު ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން 75 ތަނަކަށް

މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ މައި އިދާރާ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ މައި އިދާރާ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސާވިސް ބޭންކިން ހިދުމަތުގެ ވިއުގަ ފުޅާކޮށް، ގއ. ދެއްވަދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

ދެއްވަދޫއަށް މި ތައާރަފު ކުރެވުނު ސެލްފް ސާވިސް ބޭންކިން ހިދުމަތާ އެކު އާންމުންނަށާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ދެއްވަދޫގައި މި ހިދުމަތް ދޭން ފެށީ އެ ބޭންކުން އަތޮޅު ތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓުތައް އިތުރަށް ފުޅާކުރުމުގެ ގޮތުންނެވެ. އެގޮތުން ގއ. އަތޮޅު ވިލިނގިލީ ބްރާންޗާއި ސެލްފް ސާވިސް އޭޓިއެމްގެ އިތުރުން ހަތް ރަށެއްގައި ބީއެމްއެލްގެ ސެލްސް ސާވިސް އޭޓީއެމް ސެންޓަރުތައް ވަނީ ގާއިމުކުރެވިފަ އެވެ.

ގއ. އަތޮޅުގައި ބީއެމްއެލް ސެލްފް ސާވިސް އޭޓީއެމް ހުންނަ ރަށްތައް

  • ވިލިނގިލި
  • ދެއްވަދޫ
  • ކޮލަމާފުށި
  • ދާންދޫ
  • މާމެންދޫ
  • ނިލަންދޫ
  • ގެމަނަފުށި
  • ކޫއްޑޫ

ދެއްވަދޫގައި ސެލްފް ސާވިސް ހިދުމަތް ދޭން ފެށުމުން، މިހާރު އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ކޮނޑޭ އާއި ކަނޑުހުޅުދޫ ފިޔަވާ އެހެން ހުރިހާ ރަށަކުންނާއި ސަރަހައްދީ އެއާޕޯޓު އޮންނަ ކޫއްޑޫއިން މި ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލްއިން ގއ. ދެއްވަދޫގައި ހުޅުވި ސެލްފް ސާވިސް އޭޓީއެމް. -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްއިން ގއ. ދެއްވަދޫގައި ހުޅުވި ސެލްފް ސާވިސް އޭޓީއެމް. -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއިން ގއ. ދެއްވަދޫގައި ހުޅުވި ސެލްފް ސާވިސް އޭޓީއެމް. -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރަން ކުރަމުންދާ މަސައްކަތާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރަން ބޭންކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް އަޅުގަނޑުމެން މިދަނީ ނުހަނު ބޮޑަށް މަސައްކަތްތައް ކުރަމުން." ސޯޔާ ވިދާޅުވި އެވެ.

މިގޮތުން ދެއްވަދޫގައި އޭޓީއެމް ހިދުމަތް ތައާރަފުކުރުމަކީ އުފަލެއް ކަމަށާއި، މި ސެންޓަރުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ލުއިފަސޭހަ ކަމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލްގެ ބޭންކިން ހިދުމަތުގެ ވިއުގައިގެ ތެރޭގައި 20 އަތޮޅުގައި 35 ބްރާންޗް، 75 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 136 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox