ޓީރެކްސް ދޫކޮށް ޗިކު ވާދަވެރި ކިންގްސް އަށް

Nov 28, 2021, 10:44 AM
ޗިކު: އޭނާ ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ކިންގްސް ބާސްކެޓްބޯޅަ ކްލަބުން.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު/ އަދަދު

ޗިކު: އޭނާ ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ ކިންގްސް ބާސްކެޓްބޯޅަ ކްލަބުން.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު/ އަދަދު

ހަތް އަހަރު ވަންދެން ޓީރެކްސް ބާސްކެޓްބޯޅަ ކްލަބްގެ ވަރުގަދަ ތަރިއެއްގެ ގޮތުގައި ހުރި ގައުމީ ޓީމުގެ ބާސްކެޓްބޯޅަ ޓީމުގެ އިބްރާހިމް ރަޝްވާން (ޗިކު)، ކިންގްސް ބާސްކެޓްބޯލް ކްލަބަށް ސޮއިކޮށްފި އެވެ.

ދާދި ފަހުން ސާބާ ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ބާސްކެޓް ބޯޅަ ޓީމުގައި ހިމެނިގެން ކުޅުނު ޗިކު ވަނީ ޖޫނިއާ ކުޅުންތެރިއެއްގެ ގޮތުގައި ޓީރެކްސް ޓީމަށް ނުކުމެ، ފަހުން އެ ކްލަބްގެ ލީޑަރުންގެ ތެރޭގައި ހިމެނިފަ އެވެ. އޭނާ ކުރިއަށް އޮތް ސީޒަނަށް، އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ވަނީ ކިންގްސް އަށް ސޮއިކޮށްފަ އެވެ.

"ހަވީރު" އިން ހޮވި 2015 ވަނަ އަހަރުގެ ރާްއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ޗިކު ކިންގްސް އަށް ބަދަލުވުމަކީ އެ ޓީމަށް ލިބިގެންދާނެ ފުރިހަމަ ކަމެކެވެ. ކިންގްސް އިން ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އަހުމަދު ހުޝާމްގެ ސޮއި ވެސް ހޯދައިފަ އެވެ.

ރެޑްބުލްގެ ބްރޭންޑް އެމްބަސަޑަރަކަށް ކުރިން ހުރި ޗިކު، 26، އަކީ ރާއްޖޭގެ ބާސްކެޓްބޯޅައިގައި މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދި ކުޅުންތެރިއެކެވެ.

މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ޗިކު.-- ފޮޓޯ: އަބްދުﷲ އަބީދު

ޗިކުގެ ހުނަރު އެންމެ ފުރަތަމަ ފާހަގަވީ 2011 ގައި ސްރީ ލަންކާގައި އޮތް ސްކޫލް ބާސްކެޓްބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން ރާއްޖޭގެ ޖޫނިއަ ޓީމުން ހޯދުމުންނެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޗިކު އެވެ. އަދި އެ ފަހަރު "ހަވީރު"ގެ އެންމެ މޮޅު ޒުވާން ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ވެސް ޗިކު ހާސިލްކުރި އެވެ. އޭގެ ހަތަރު އަހަރު ފަހުން އޭނާ ވަނީ ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެއީ ވެސް ހަމަ "ހަވީރު" އެވޯޑްގަ އެވެ.

ޓީރެކްސްއާ އެކު ޗިކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި އެވެ. ކިންގްސްއާ އެކު ވެސް އޭނާގެ އަޒުމަކީ އެ ފަދަ ކާމިޔާބީތައް ތަކުރާރުކުރުމެވެ.

މި ފަހަރުގެ ސާބާ މުބާރާތުގެ ސްކޮޑަށް ޗިކު އައީ ކަކުލުގެ ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހި، އެ އަނިޔާއިން އެއްކޮށް ރިކަވާވެގެންނެވެ. ޗިކޫގެ ކަކުލަށް 2018 ވަނަ އަހަރު ސީރިއަސް އަނިޔާއެއް ދިމާވީ ސްރީ ލަންކާގައި ކުޅުނު ތުރީއޮންތުރީ މުބާރާތެއްގެ ތެރެއިންނެވެ.

ޗިކޫ ވަނީ ރިހެބިލިޓޭޝަނަށް ފޯކަސްކޮށްގެން އަލުން ކުރީގެ ފޯމަށް އަންނަން މަސައްކަތްކޮށް އެއްކޮށް ފިޓްވެގެން އައިސް ލޯކަލް މުބާރާތްތަކުގައި ފަހުން ވާދަކޮށްފަ އެވެ. އަލުން ގައުމީ ޓީމަށް އަރަން ޗިކު ދެއްކި ހިތްވަރަށް ގައުމީ ޓީމުގެ ކޯޗުން ވެސް ވަނީ ތައުރީފުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox