ބަނދަރުތަކުގެ ގާނޫނު އެކުލަވާލަން ޓްރާންސްޕޯޓަށް 150 ދުވަހުގެ މުހުލަތު ދެނީ

މާލެ ވިޔަފާރި ބަނދަރުގައި އޮތް ކޮންޓެއިނަރެއް ހުސްކުރަން މަޖޫރީއަކު ހަރަކާތްތެރި ވަނީ: ބަނދަރުތަކާ ގުޅޭ ގާނޫނެއް ނެތުމުގެ ސަބަބުން ބަނދަރުތަކުގެ ފެންވަރު ރަނގަޅުކުރަން އުނދަގޫ ކަމަށް އެމްޕީއެލް އިން ބުނޭ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލެ ވިޔަފާރި ބަނދަރުގައި އޮތް ކޮންޓެއިނަރެއް ހުސްކުރަން މަޖޫރީއަކު ހަރަކާތްތެރި ވަނީ: ބަނދަރުތަކާ ގުޅޭ ގާނޫނެއް ނެތުމުގެ ސަބަބުން ބަނދަރުތަކުގެ ފެންވަރު ރަނގަޅުކުރަން އުނދަގޫ ކަމަށް އެމްޕީއެލް އިން ބުނޭ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ނުހެދި ދިގުލައިގެންދާތީ، ބަނދަރުތަކުގެ ގާނޫނެއް އެކުލަވާލުމަށް ފަހު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ޓްރާންސްޕޯޓް މިނިސްޓްރީއަށް 150 ދުވަހުގެ މުހުލަތެއް ދޭން އެސްއޯއީ ކޮމިޓީން ފާސްކޮށްފި އެވެ.

މިއީ ބަނދަރުތަކުގެ ގާނޫނެއް އެކުލަވާލަން ޓްރާންސްޕޯޓް މިނިސްޓްރީގައި ދަންނަވަން އެސްއޯއީ ކޮމިޓީން ފާސްކޮށް، މަޖިލިހުގެ ތަޅުމަށް ހުށަހަޅަން ނިންމި ދެވަނަ ފަހަރެވެ.

ކުރިން މި ގާނޫނު އެކުލަވާލަން ޓްރާންސްޕޯޓަށް އެންގީ މާލޭ ވިޔަފާރި ބަނދަރުގައި ހިނގައިދިޔަ ނުރައްކާތެރި ހާދިސާތަކެއްގައި ދެ މީހެއްގެ ފުރާނާ ގެއްލުމާ ގުޅިގެން ބަނދަރުތަކުގެ ސަލާމަތާ ގުޅޭ މައްސަލަ ކޮމިޓީން ބެލުމަށް ފަހު އެވެ.

އެ ފަހަރު މައްސަލައިގެ ކޮމިޓީ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ރާއްޖެ ބައިވެރިވާ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) މުއާހަދާގެ ދަށުން ބަނދަރުތަކުގެ ސަލާމަތާ ބެހޭ ކަންކަން ބަލަހައްޓަން ދައުލަތުގެ މައްޗަށް ލާޒިމުކުރެ އެވެ.

އަދި، އެކަން އެންމެ ހަރުދަނާކޮށް ކުރެވޭނީ ގާނޫނަކުން ބާރުލިބޭ ގަވާއިދުތަކެއްގެ ދަށުން ކަމަށް ފެެންނާތީ، އެ ގާނޫނު ވީހާވެސް އަވަހަކަށް އެކުލަވާލުން މުހިންމު ކަމެއްގެ ގޮތުގައި ރިޕޯޓުގައި ހިމެނީ އެވެ.

އޭރު މި ޒިންމާ މަތިކުރީ ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުން އޮންނަ، ޓްރާންސްޕޯޓް އޮތޯރިޓީއާ އެވެ. އެކަމަކު ހުސްވި ހަފުތާގެ ތެރޭގައި މަޖިލިހުން ވަނީ މި އޮތޯރިޓީ އުވާލަން ފާސްކޮށް، އޮތޯރިޓީގެ ހުރިހާ ޒިންމާއަކާއި މަސްއޫލިއްޔަތެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރަން ނިންމާފަ އެވެ.

"ވީއެންމެ އަވަސް ފުރުސަތެއްގައި ބަނދަރުތަކުގެ ގާނޫނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ދަންނަވައި، އަދި މި ގާނޫނާ އެކު އެކުލަވާލަންޖެހޭ ބަނދަރުތަކުގެ ސަލާމަތާބެހޭ ގަވާއިދުތައް އެކުލަވާލުމަށް ދެންނެވުމަށް" އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ބުންޏެވެ.

އެކަމަކު މަޖިލިހުން އެ ރިޕޯޓު ފާސްކުރިތާ މިއަދާ ހަމައަށް އަށް މަސް ވޭތުވީއިރު، ބަނދަރުތަކުގެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް ނުނިމެ އެވެ.

ވަކި މުއްދަތެއްގެ ތެރޭގައި އެ ގާނޫނު އެކުލަވާލަން ރިޕޯޓުގައި ހިމެނީ ވެސް، މިހާ ގިނަ ދުވަސް ވީއިރު ގާނޫނު ޑްރާފްޓުކޮށް ނުނިމޭތީ އެވެ.

މި މައްސަލަ މެމްބަރުންގެ ސަމާލުކަމަށް އަލުން ގެނައީ ރާއްޖެއަށް ބޭރުން މުދާ ގެންނަ ބަނދަރުތައް ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ.

އެގޮތުން އެސްއޯއީ ކޮމިޓީގައި މިކަމުގެ ކަންބޮޑުވުން އުފުއްލަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ މެރިޓައިމް ގާނޫނާއި، ހާއްސަކޮށް ބަނދަރުތަކުގެ ގާނޫނެއް ނެތުމުން އެ ކުންފުންޏަށް ދަތިވާ ކަމަށެވެ.

އަދި، ބަނދަރުތަކުގެ ކަންކަން ރެގިއުލޭޓުކުރަން މެރިޓައިމް ގާނޫނުތަކާއި މެރިޓައިމް ރެގިއުލޭޓަރީ އޮތޯރިޓީއެއް އޮންނަން ޖެހޭ ކަމަށް އެ ކުންފުންޏަށް ކޮންސަލްޓަންސީ ދޭ ފަރާތްތަކުން ވެސް ލަފާދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ، އޮޕަރޭޓަރެއްގެ ހައިސިއްޔަތުން އަމިއްލައަށް ގަވާއިދު އެކުލަވާލަން ޖެހުމަކީ ރަނގަޅު ގޮތަކަށް ނުވާތީ އެ ގާނޫނުތައް ނެތް މައްސަލަ ޓްރާންސްޕޯޓް އޮތޯރިޓީ އާއި މިނިސްޓްރީގެ ސަމާލުކަމަށް ވަރަށް ގިނަ ފަހަރު ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަނދަރުތަކުގެ ގާނޫނު ޑްރާފްޓުކުރުމުގެ މަސައްކަތާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ މެރިޓައިމް ޑިޕާޓްމެންޓުގެ ހެޑް، ކެޕްޓަން އާދިލް ރަޝީދު "އަދަދު"އަށް ވިދާޅުވީ، ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ އެޓާނީ ޖެނެރަލް އޮފީހުން ކަަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox