އިރާނުގެ ފެން ކޯރު މައްސަލައިގައި ބޮޑެތި ހަމަނުޖެހުން ހިނގަނީ

އިރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހުޅު ޖަހާފައި. -- ފޮޓޯ: އޭއެފްޕީ

އިރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހުޅު ޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ތެހްރާން، އިރާން (ނޮވެމްބަރު 27) - ފެން ކޯރެއް ހިކުނު މައްސަލައިގައި ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިސްފަހާން ސިޓީގައި ހުކުރު ދުވަހު ބޮޑެތި ހަމަނުޖެހުންތައް ހިނގައި، ބަޔަކު ހައްޔަރުކޮށްފި އެވެ.

ޒަޔަދްނޭހް ރޫދް ކޯރު ކައިރި އަށް މީހުން ޖަމާވެ ގަލާއި ހިލަ އުކަން ފެށުމުން ފުލުހުން ކަރުނަ ގޭސް ބޭނުންކުރި އެވެ. ފުލުހުން ބުނީ ބަޔަކު ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް ހައްޔަރު ކުރީ ކިހާ އަދަދެއްގެ މީހުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ހުކުރު ދުވަހުގެ އެއްވުމަކީ މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުމެވެ. މުޒާހަރާތައް ކުރަމުންދާ އިސްފަހާން ސިޓީ އަކީ ރީތި މިސްކިތްތަކާއި ހެރިޓޭޖް ސައިޓުތައް ހިމެނޭ ފަތުރުވެރިން ގިނަ އަދަދަކަށް ގޮސް އުޅޭ މުހިއްމު ސިޓީ އެކެވެ.

ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް ހަމަނުޖެހުން އުފެދުނީ ހަމައެކަނި ހުކުރު ދުވަހުގެ އެއްވުމުގަ އެވެ.

މުޒާހަރާ ކުރާ މީހުން ހިތްހަމަނުޖެހިގެން އުޅެނީ ކޯރެއް ހިކި ފެން ނުލިބޭ މައްސަލައިގަ އެވެ. އެ ކޯރު ހިކިފައި ވަނީ އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ އިތުރުން، ކޯރުގެ ފެން ދައުރު ކުރާ ރޫޓު ބަދަލުކުރުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހުކުރު ދުވަހުގެ މުޒާހަރާގައި ހަމަނުޖެހުން ހިނގައި ގިނަ ބަޔަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އިސްފަހާން ޔުނިވާސިޓީ އޮފް މެޑިކަލް ސައިންސަސް އިން ބުންޏެވެ.

އާދަޔާ ހިލާފަށް ހޫނުވުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އިސްފަހާންގައި މި މަހުގެ ކޮންމެ ދުވަހަކު ވެސް އެއްވުމެއް ބާއްވަ އެވެ. އެގޮތުން ނޮވެމްބަރު 19 ވަނަ ދުވަހު އޮތް ބޮޑު އެއްވުމުގައި އެތައް ހާސް ބަޔަކު ބައިވެރިވި އެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި އާދަޔާ ހިލާފަށް ހޫނުގަދަވުމާ ހެދި ތަފާތު އެކި މައްސަލަތައް އިރާނަށް ވަނީ ދިމާވެފަ އެވެ. ހަމަ އެގޮތަށް ބައެއް ހިސާބުތަކަށް މާ ގިނައިން ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަ ވެސް ފަހަކަށް އައިސް ދިމާވެފައި ވެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ މައްސަލަ އަހަރުން އަހަރަށް ގޯސްވަމުން ދަނީ މޫސުމީ ބަދަލާ ހެދި އެވެ. މާ ގިނައިން ހޫނުވާ މައްސަލަ ދިމާވާން ފެށުމުން ފެނުގެ އިތުރުން ކާބޯތަކެތީގެ ސެކިއުރިޓީ ވެސް ނުރައްކަލަށް ހުށަހެޅެ އެވެ.

ދައުލަތުގެ ޓީވީން ބުނީ ޗަހަރް މަހަލް ބަހްތިއާރީ ޕްރޮވިންސްގެ ޒަގްރޯސް ފަރުބަދަތަކުން އިސްފަހާން ސިޓީ ތެރެއިން ދައުރުވާ ޒަޔަދްނޭހް ރޫދް ކޯރުގެ ފެންގަނޑު ހިކުމާ އެކު ކައިރި ހިސާބުތަކުގައިވާ ވަޅުތަކުން ވެސް ފެން ނުލިބޭ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ރައީސް އިބްރާހިމް ރައިސީ ވިދާޅުވީ ފެނުގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށާއި ފެން ހިކިގެން އުޅޭ ކޯރު އަލުން އާރޯކުރުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox