އިބްރާހިމީ މިސްކިތަށް އިޒްރޭލުގެ ރައީސް ދާނެ ކަމަށް ބުނުމުން ހަމާސްގެ އިންޒާރެއް

އިބްރާހިމީ މިސްކިތަކީ މުސްލިމުންނާއި ޔަހޫދީންނަށް ވެސް މުހިއްމު ތަނެއް. -- ފޮޓޯ: ރޮއިޓާޒް

އިބްރާހިމީ މިސްކިތަކީ މުސްލިމުންނާއި ޔަހޫދީންނަށް ވެސް މުހިއްމު ތަނެއް. -- ފޮޓޯ: ރޮއިޓާޒް

ގުދުސް (ނޮވެމްބަރު 27) - ޔަހޫދީންގެ ހަނުކާ ފެސްޓިވަލުގައި އިޒްރޭލުގެ ރައީސް ހުޅަނގު އައްސޭރީގެ ހިސާބަކަށް ޒިޔާރަތް ކުރާނެކަން އިއުލާނު ކުރުމާ އެކު ހަމާސް އިން އިންޒާރު ދީފި އެވެ.

ހުކުރު ދުވަހު ރައީސް އައިސަކް ހެރްޒޮގްގެ އޮފީހުން ބުނީ ހިބްރޫންގެ "ކޭވް އޮފް ޕެޓްރިއާކްސް" ގައި އާދީއްތަ ދުވަހު ރައީސް އުއްބަތި ރޯކުރައްވާނެ ކަމަށެވެ.

ޔަހޫދީން "ކޭވް އޮފް ޕެޓްރިއާކްސް" ގެ ނަން ދީގެން އުޅެނީ އިބްރާހިމީ މިސްކިތަށެވެ. އެހެންވެ، އެއީ މުސްލިމުންނަށް މުހިއްމު ތަނެކެވެ.

ހުޅަނގު އައްސޭރީގައި އޮންނަ އެންމެ ބޮޑު ސިޓީއަކީ ހިބްރޫން އެވެ. އެ ތަނުގައި ފަލަސްތީނުގެ 200،000 މީހުން އުޅޭ އިރު، 1،000 އެއްހާ ޔަހޫދީން ގަވާއިދާ ހިލާފަށް އާބާދުކޮށްފައި ވެ އެވެ.

ހިބްރޫންގައި ޔަހޫދީން ދިރިއުޅެނީ އިޒްރޭލް ސިފައިންގެ ހިމާޔަތް ހޯދައިގެންނެވެ. އިޒްރޭލުން ހުޅަނގު އައްސޭރި ވެރިކޮށްގެން އުޅުނު ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައިން އެކަން ބަލައި ނުގަނެ އެވެ.

ހަމާސް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އިސް އޮފިޝަލް އިސްމާއިލް ރަދްވާން ވިދާޅުވީ "އިޒްރޭލުގެ މި ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ އަޅުވެތިކޮށްގެން އުޅޭ ސަރުކާރު" ކަމަށެވެ.

"މިސްކިތުގައި އުއްބަތި ރޯކުރުމަކީ ގަސްތުގައި ފަލަސްތީނު ރައްޔިތުން ރުޅި އެރުވުމަށް މިސްކިތުގެ ހުރުމަތް ކަނޑާލުމުގެ އަމަލެއް" ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ހިބްރޫންގައި ވަރަށް ގިނައިން ހަމަނުޖެހުން ހިނގަ އެވެ. އިބްރާހިމްގެފާނު ފަސްދާނުލާފައިވާ ކަމަށް ބެލެވޭ އިބްރާހިމީ މިސްކިތް ކައިރި އަކީ އެންމެ ގިނައިން ހަމަނުޖެހުން ހިނގާ އެއް ސަރަހައްދެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ބަރުޗް ގޯލްޑްސްޓެއިން ނަމަކަށް ކިޔާ ޔަހޫދީއަކު މިސްކިތް ތެރޭގައި ބަޑި ޖަހައި 29 މުސްލިމުން މަރާލި އެވެ. އެއާއެކު މިސްކިތުގައި ސަލާމަތުން ތިބި މީހުން ވަނީ އޭނާ ހިފަހައްޓައި ގަނެ، އަނިޔާކޮށް މަރާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox