ސޮލޮމޮން އައިލެންޑްސްގެ ސުލްހަ ބަލަހައްޓަން އޮސްޓްރޭލިއާ ސިފައިން ފޮނުވައިފި

ސޮލޮމޮން އައިލެންޑްސްގެ ހޮނިއަރާ ރަށުގައި ހުޅުޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ސޮލޮމޮން އައިލެންޑްސްގެ ހޮނިއަރާ ރަށުގައި ހުޅުޖަހާފައި. -- ފޮޓޯ: އޭއެފްޕީ

ހޮނިއަރާ، ސޮލޮމޮން އައިލެންޑްސް (ނޮވެމްބަރު 25) - ޕެސިފިކް ކަނޑުގައި އޮންނަ ސޮލޮމޮން އައިލެންޑްސްގައި ހަމަނުޖެހުން ހިނގާތާ ދެ ދުވަސްވެފައި ވަނިކޮށް ސުލްހަ ބަލަހައްޓައިން އޮސްޓްރޭލިއާ ސިފައިންނާއި ފުލުހުން ފޮނުވައިފި އެވެ.

ބޮޑު ވަޒީރު ސްކޮޓް މޮރިސް ސޮލޮމޮން އައިލެންޑްސް އަށް ސިފައިން ފޮނުވަން ނިންމެވީ އެ ގައުމުގެ ބޮޑު ވަޒީރު މަނަސޭ ސޮގަވަރޭގެ އެދިވަޑައިގެންނެވުމަށެވެ. ސޮލޮމޮން އައިލެންޑްސްގައި ހަމަނުޖެހުން އުފައްދަމުންދާ މީހުން ގޮވަނީ ބޮޑު ވަޒީރުގެ އިސްތިއުފާ އަށެވެ.

ބުރާސްފަތި ދުވަހު ސަރުކާރުން ލޮކްޑައުން އަމުރު ނެރުނު ނަމަވެސް، އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ ވެރިރަށް ހޮނިއަރާގެ އިމާރާތްތަކުގައި ހުޅުޖަހާފަ އެވެ. ބުދަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި އާއްމުން ވަނީ ޕާލިމެންޓުގެ ތެރެއަށް ވަންނަން މަސައްކަތްކޮށްފަ އެވެ.

އޮސްޓްރޭލިއާ އިން ފޮނުވި ސިފައިން ސޮލޮމޮން އައިލެންޑްސްގައި ތިބޭނީ ހަފުތާތަކެއް ވަންދެން ކަމަށް މޮރިސް ވިދާޅުވި އެވެ. ނަމަވެސް މީގެ ކުރިން 2003 ވަނަ އަހަރު އޮސްޓްރޭލިއާ ސިފައިން އެ ގައުމަށް ދިޔުމަށް ފަހު ފޭބީ 14 އަހަރު ފަހުން 2017 ގަ އެވެ.

"އޮސްޓްރޭލިއާ ސަރުކާރުގެ ވިސްނުމެއް ނޫން އެއީ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން. އެކަން ހައްލު ކުރަން ޖެހޭނީ އެ މީހުން އަމިއްލަ އަށް. އަޅުގަނޑުމެންގެ ބޭނުމަކީ ސުލްހަ އާއި ރައްކާތެރިކަން ޔަގީންކޮށްދިނުން،" މޮރިސަން ވިދާޅުވި އެވެ.

މޮރިސަން ވިދާޅުވީ ސުލްހަ ބެލެހެއްޓުމަށް ފޮނުވާ ސިފައިންނާއި ފުލުހުންގެ އަދަދު 100 އަށް ވުރެ މަތިވާނެ ކަމަށެވެ.

މިހާރު ސޮލޮމޮން އައިލެންޑްސްގައި ހިނގާ ހަމަނުޖެހުމުގައި އެންމެ ބޮޑު ގެއްލުމެއް ވަނީ ޗައިނާގެ ވިޔަފާރިތަކަށެވެ. ސޮގަވަރޭ އަކީ ޗައިނާ އަށް ތާއީދުކުރައްވާ ލީޑަރަކަށް ވާއިރު، ޗައިނާ އެމްބަސީން ވަނީ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސޮގަވަރޭ ތަކުރާރުކޮށް ވިދާޅުވަމުން ދަނީ 660،000 މީހުންގެ އާބާދީއެއް އޮންނަ ސޮލޮމޮން އައިލެންޑްސްގެ ކޮންޓްރޯލް އަދިވެސް ސަރުކާރުގެ އަތުގައި އެބަ އޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox