އެމެރިކާގެ ޖަލުގައި 43 އަހަރު ހޭދަކުރި ފަހުން ކުށެއް ނެތް ކަމަށް ނިންމައިފި

ނުކުރާ ކުށަކަށް ޖަލުގައި 43 އަހަރު ހޭދަކުރި ކެވިން ސްޓްރިކްލޭންޑް.

ނުކުރާ ކުށަކަށް ޖަލުގައި 43 އަހަރު ހޭދަކުރި ކެވިން ސްޓްރިކްލޭންޑް.

އެމެރިކާގެ މިޒޫރީ ސްޓޭޓުގައި ކަޅު ނަސްލުގެ މީހަކު ޖަލުގައި 43 އަހަރު ހޭދަކުރި ފަހުން އޭނާގެ ކުށެއް ނެތް ކަމަށް ނިންމައިފި އެވެ.

މިހާރު އުމުރުން 62 އަހަރުގެ ކެވިން ސްޓްރިކްލޭންޑުގެ މައްޗަށް ތިން މީހުން މެރިކަމަށް ސާބިތުވީ 1979 ވަނަ އަހަރު އެވެ. އޭނާ އަށް ހުކުމް ކުރީ އުމުރަށް ޖަލަށެވެ.

ނަމަވެސް މި ހަފުތާގައި ފަނޑިޔާރު ޖޭމްސް ވެލްޝް ނިންމެވީ ސްޓްރިކްލޭންޑުގެ ކުށެއް ނެތް ކަމަށާއި އޭނާ ވަގުތުން މިނިވަން ކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ކޮންމެހެން ރުޅިއެއް ނާދޭ. އެކަމަކު އެހެން އެކަކަށް ވެސް ނޭނގޭ ފަދަ އިހުސާސްތަކެއް އުފެދިއްޖެ،" މިޒޫރީ ކަރެކްޝަނަލް ސެންޓާ ޖަލުން ނުކުމެ، ސްޓްރިކްލޭންޑް ނޫސްވެރިންނަށް ބުންޏެވެ.

"އުފަލާއި، ހިތާމަ އާއި ބިރު. އަޅުގަނޑު މި މަސައްކަތް ކުރަނީ އެ ހުރިހާ އިހުސާސެއް ރަނގަޅަށް ފަހުމްކުރަން."

ސުވާލު އުފެދޭ ހެކި

ސްޓްރިކްލޭންޑުގެ މައްޗަށް ތުހުމަތު ކުރި މަރުތައް ހިނގި އިރު އޭނާގެ އުމުރުން 18 އަހަރެވެ. އޭނާއާ ދެކޮޅަށް ހުރި ހެކިތައް ލިބުނީ މަރުގެ ހަމަލާ އިން ސަލާމަތްވި ސިންތިއާ ޑަގްލަސް ދިން ބަޔާނުންނެވެ.

ޑަގްލަސް ކޯޓުގައި ފުރަތަމަ ބުނީ ސްޓްރިކްލޭންޑް ހަމަލާ ދިން މަންޒަރު ފެނުނު ކަމަށެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ އެގޮތަށް ހެކިބަސް ދިނީ ފުލުހުންގެ ޕްރެޝަރާ ހެދި ކަމަށެވެ.

މަރުގެ ހާދިސާ ހިނގި ވަގުތު ޑަގްލަސް ހުރީ އެހެން ތަނެއްގައި ކަން އޭނާ ސާބިތުކޮށްދިން އަދި އޭނާއާ މަރުގެ ސީންއާ ގުޅޭ އެއްވެސް ހެއްކެއް ފެނިފައެއް ނުވޭ.
މަރުގެ ހާދިސާ ހިނގި ވަގުތު ޑަގްލަސް ހުރީ އެހެން ތަނެއްގައި ކަން އޭނާ ސާބިތުކޮށްދިން އަދި އޭނާއާ މަރުގެ ސީންއާ ގުޅޭ އެއްވެސް ހެއްކެއް ފެނިފައެއް ނުވޭ.

މަރުގެ ހާދިސާ ހިނގި ވަގުތު ޑަގްލަސް ހުރީ އެހެން ތަނެއްގައި ކަން އޭނާ ސާބިތުކޮށްދިން އަދި އޭނާއާ މަރުގެ ސީންއާ ގުޅޭ އެއްވެސް ހެއްކެއް ފެނިފައެއް ނުވޭ.

ޑަގްލަސް ވަނީ އެ މައްސަލަ އަށް ސަމާލުކަން ހޯދަން ގިނަ މަސައްކަތްތަކެއް މެދުނުކެނޑި ކޮށްފަ އެވެ. ނަމަވެސް 2015 ވަނަ އަހަރު އޭނާ މަރުވި އެވެ.

އެ މަރުތަކާ ގުޅިގެން ކުށް ސާބިތުވި އިތުރު ދެ ފިރިހެނުން ވެސް ބުނެފައި ވަނީ އެކަމުގައި ސްޓްރިކްލޭންޑުގެ އެއްވެސް ބައިވެރިވުމެއް ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެ މީހުން ދެއްކީ އެހެން ދެ ފިރިހެނުންގެ ވާހަކަ އެވެ. ނަމަވެސް އެ މީހުންނަށް ދައުވާ އުފުލާފައެއް ނުވެ އެވެ.

ސްޓްރިކްލޭންޑުގެ ފުރަތަމަ ޝަރީއަތުގައި ޖޫރީ ޓީމުގައި ހިމެނޭ ކަޅު ނަސްލުގެ ހަމައެކަނި މެމްބަރު އޭނާގެ ކުށެއް ނެތް ކަމަށް ބުންޏެވެ. ނަމަވެސް ދެ ވަނަ ޝަރީއަތުގެ ހުސް ދޮން ނަސްލުގެ ޖޫރީ މެމްބަރުންނާ އެކު ކުށް ސާބިތުވާ ކަމަށް ނިންމި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox