ސިޓީއާ ދެކޮޅަށް ރާމޯސް ކުޅުމުގެ ފުރުސަތު އެބައޮތް

Nov 24, 2021, 3:34 AM
ސިޓީއާ ދެކޮޅަށް ރާމޯސް ކުޅުމުގެ ފުރުސަތު އެބައޮތް

ޕެރިސް (ނޮވެމްބަރު 24) - ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ޕީއެސްޖީން ނެގި ސްކޮޑުގައި ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ހިމަނައިފި އެވެ.

އުމުރުން 35 އަހަރުގެ ރާމޯސް އަދި ރަސްމީކޮށް މެޗެއްގައި ޕީއެސްޖީ އަށް ނުކުޅެ އެވެ. ހިލޭ ޓްރާންސްފާއެއްގައި ރެެއާލް މެޑްރިޑް ދޫކޮށް މި ފަހަރު ޕީއެސްޖީއާ ގުޅުނު ރާމޯސްގެ ކުޑަކަޅުވާ އަށް ލިބުނު ސީރިއަސް އަނިޔާއަކާ ހެދި މިހާތަނަށް ހުރީ ކުޅުމާ ދުރުގަ އެވެ. އަނިޔާ އިން ރަނގަޅުވެ، ރާމޯސް މިހާރު ވަނީ ފިޓްވެފަ އެވެ.

ރާމޯސްގެ ފިޓްނަސް އެކަށީގެންވާ ލެވަލަކަށް ނެތް ކަމަށް ބުނެ، އޭނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ޕީއެސްޖީން މަޝްވަރާކުރި ކަމަށް ފްރާންސާއި ސްޕެއިނުގެ ނޫސްތަކުން ދާދި ފަހުން ރިޕޯޓްކުުރި އެވެ. ޕީއެސްޖީން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި އަނިޔާގެ އެކި މައްސަަލަތަކުގެ ސަބަބުން ރާމޯސް އަށް ސްޕެނިޝް ލީގުގައި ކުޅެވުނީ 15 މެޗެެވެ. ފިޓްނަސް އެންމެ ރަނގަޅު ލެވަލެއްގައި ނެތް ކަމަށް ބުނެ، ސްޕެއިނުގެ ޔޫރޯ ސްކޮޑުން ވެސް ރާމޯސް އަށް ޖާގަނުދިނެވެ.

ރާމޯސް އަންނަނީ މި މަހު ފަސް ވަނަ ދުވަހު ފެށިގެން ޕީއެސްޖީ ޓްރެއިނިންގައި ބައިވެރިވާން ފަށައި މިވީ މުއްދަތުގެ ތެރޭގައި ބުރަކޮށް މަސައްކަތްކޮށް، ފިޓްނަސް ރަނގަޅު ލެވަލަކަށް ގެންނަން ގިނަ ކަންކަން ކޮށްފަ އެވެ.

ރާމޯސް ޕީއެސްޖީއާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ރެއާލަށް 671 މެޗު ކުޅެދިން ރާމޯސް ވަނީ އެ ޓީމާ އެކު ފަސް ލީގު ތަށްޓާއި ހަތަރު ޗެމްޕިއަންސް ލީގާއި، ހަތަރު ކްލަބް ވޯލްޑް ކަޕާއި އަދި ދެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ.

ރެއާލާ އެކު ޖުމްލަ 22 ތަށި އުފުލާލި ރާމޯސް ވަނީ އެ ޓީމަށް 101 ގޯލު ޖަހައިފަ އެވެ. އަދި 40 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. މިއީ ޑިފެންޑަރަކަށް ބަލާއިރު، ހުރިހާ ގޮތަކުން ވެސް ރަނގަޅު ރެކޯޑެކެވެ.

ޕީއެސްޖީގައި ހުރެ ރަނގަޅު ކާމިޔާބީތަކެއް ހޯދަން ރާމޯސް އުއްމީދުކުރެ އެެވެ. މިރޭ މެންޗެސްޓާ ސިޓީ ދަނޑުގައި ޕީއެސްޖީން ކުޅޭ މެޗުގައި ރާމޯސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox