ޗެމްޕިއަން ޗެލްސީ ގަދަ 16 ބުރަށް، ބާސެލޯނާ އަށް ޕްރެޝަރު

Nov 24, 2021, 2:47 AM
ޔުވެންޓަސްގެ ޑިބާލާ (ވ) ޗެލްސީގެ އޮޑޯއި ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.

ޔުވެންޓަސްގެ ޑިބާލާ (ވ) ޗެލްސީގެ އޮޑޯއި ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.

ލަންޑަން (ނޮވެމްބަރު 24) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓަސް އަތުން 4-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ޖާގަ ޔަގީންކުރިއިރު، އެ ބުރުުން ފުރުސަތު ހޯދަން ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ޒަވީ ހެނާންޑޭޒްގެ ކޯޗުކަމުގައި ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ވަނީ ޕޯޗުގަލްގެ ބެންފީކާއާ 0-0 އިން އެއްވަރުވެފަ އެވެ. ބާސެލޯނާ އަށް ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ލިބޭނީ ގްރޫޕްގެ ފަހު މެޗުން ރަށުންބޭރުގައި ބަޔާން މިއުނިކްގެ މައްޗަށް ނަތީޖާއެއް ނެރެގެންނެވެ. ބަޔާން ވަނީ މި ފަަހަރު ޗެމްޕިއަންސް ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ.

ރޭ ބާސެލޯނާ މޮޅުކޮށްދޭން އެ ޓީމުގެ ޔޫސުފް ޑެމީރް ޖެހި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. އެ ޓީމުގެ މެމްފިސް ޑިޕާއި ފޮނުވާލި ދެތިން ހަމަލާއެއް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، ގްރޫޕް އީގެ އެއް ވަނައިގައި ބަޔާން އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ބެންފީކާ އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، ޑިނަމޯ ކިއޭވް ފުލުގައި އޮތީ އެއް ޕޮއިންޓް ހޯދައިގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން ރޭ ޔުވެންޓަސްގެ މައްޗަށް ބޮޑު މޮޅެއް ހޯދީ ތަފާތު މޮޅަށް ކުޅެގެންނެވެ. ފުރަތަމަ ހާފުގައި ޗެލްސީ އަށް ލީޑުނަގައިދިނީ އެންޓޯނިއޯ ރޫޑިގާ ދިން ބޯޅައަކުން ޒުވާން ޑިފެންޑަރު ޓްރެވޯ ޗަލޯބާ އެވެ. ދެ ވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ޗެލްސީން އިތުރު ދެ ގޯލު ޖެހީ ގާތްގާތުގަ އެވެ. މެޗުގެ 55 ވަނަ މިނިޓްގައި ރީސް ޖޭމްސް ޗެލްސީގެ ދެ ވަނަ ގޯލު ޖެހިތާ ތިން މިނިޓް ފަހުން ކަލުމް ހަޑްސަން އޮޑޯއި ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ޗެލްސީގެ ފަހު ގޯލު ޖެހީ އަނިޔާ އަށް ފަހު ދާދި ފަހުން އެނބުރި އައި ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ އެވެ.

މި މޮޅާ އެކު ގްރޫޕް އެޗްގެ އެއް ވަނައިގައި އޮތް ޗެލްސީ އާއި ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ ފަސް މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓް ހޯދި ރަޝިއާގެ ޒެނިޓް ޕީޓާސްބާގް އެވެ. އެންމެ ފުލުގައި އޮތް ސްވިޑެންގެ މަލްމޯ އަށް ލިބިފައިވަނީ ފަސް މެޗުން އެއް ޕޮއިންޓެވެ.

ގްރޫޕް ޖީގައި ރޭ ފްރާންސްގެ ޗެމްޕިއަން ލިލް އިން ވަނީ 1-0 އިން އޮސްޓްރިއާގެ ސަލްޒްބާގް ބަލިކޮށްފަ އަދި ސްޕެއިނުގެ ސެވިއްޔާ އިން ވަނީ 2-0 އިން ޖަރުމަނުގެ ވުލްފްސްބާގްގެ މައްޗަށް ކުރިހޯދައިފަ އެވެ. މި ގްރޫޕްގެ އެއް ވަނައިގައި ލިލް އޮތީ އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސަލްޒްބާގުގެ ހަތް ޕޮއިންޓް އޮތްއިރު، ތިން ވަނައިގައި ސެވިއްޔާ އޮތީ ހަ ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ވުލްފްސްބާގަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox