ސ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރަކު ގުރުއާން ދޮގުކުރި މައްސަލައެއް

ސ. އަތޮޅު މަދަރުސާ. -ފޮޓޯ: ފޭސްބުކް

ސ. އަތޮޅު މަދަރުސާ. -ފޮޓޯ: ފޭސްބުކް

ސ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކު ކަލަކު ވޮޑިގެން ނުވާ ކަމަށް ބުނެ ކީރިތި ގުރުއާން ވެސް ދޮގުކޮށް ދީނާ ހިލާފު ވާހަކަތަކެއް ދަރިވަރުންނަށް ކިޔައިދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އައްޑޫ ސިޓީ، ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ގްރޭޑް އަށަކަށް ކިޔަވައިދޭ އިންޑިއާ ޓީޗަރު ވަނީ މާތްﷲ އަކީ ހަގީގަތެއް ނޫން ކަމަށް ދަރިވަރުން ގާތު ބުނެފަ އެވެ.

އަދި ކީރިތި ގުރުއާނަކީ އިންސާނުން ލިޔެފައިވާ "ވާހަކަ"ތަކެއް ކަމަށާއި ކަލަކު ވޮޑިގެން ވާކަމަށް ގަބޫލުކުރަނީ މުސްލިމުންގެ ސިކުނޑި ދޮވެލައިގެން ކަމަށް އެ ޓީޗަރު ބުނި ކަމަށްވެ އެވެ.

އެކަމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރެއްގެ ފަރާތުން އެފަދަ ޝަކުވާއެއް ހުށަހެޅިގެން އެ މައްސަލަ އެ ސްކޫލުން ބަލަމުން އަންނަ ކަމަށެވެ.

އެކަން މިނިސްޓްރީއަށް ވެސް އިއްޔެ ރިޕޯޓުކޮށްފައިވާއިރު، ސްކޫލުން ހިންގާ ތަހުގީގަށްފަހު ރިޕޯޓެއް ފޮނުވާނެކަމަށް ބުންޏެވެ.

"އެއަށްފަހު މައްސަލައާ ގުޅޭ ފިޔަވަޅެއް އަޅާނެ،" މިނިސްޓްރީން އިތުރަށް ބުންޏެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން، ސްކޫލްތަކުގައި ދީން ކިޔަވައިދޭ ގޮތް ބަދަލުކުރަން އުޅޭކަމުގެ ތުހުމަތު ދޭތެރެ ދޭތެރެއިން ކުރެވެ އެވެ.

މިގޮތުން، އިސްލާމް މާއްދާ ކިޔަވައިދޭން ރާއްޖޭން ބޭރުން ޓީޗަރުން ގެނެސް، އެއީ އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާއަކަށް ހަދަން އުޅޭ ކަމުގެ ވާހަކައެއް މިފަހުން ފެތުރުނެވެ.

ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox