ޒަވީ އަށް ބާސެލޯނާ ހަމަމަގަށް އެޅުވޭނެ: މެސީ

Nov 23, 2021, 8:03 AM
 ޒަވީ އަށް ބާސެލޯނާ ހަމަމަގަށް އެޅުވޭނެ: މެސީ

ބާސެލޯނާ (ނޮވެމްބަރު 23) - ބާސެލޯނާ މިހާރު އޮތް ހާލަތު ބަދަލުކުރަން އެންމެ ރަނގަޅު ކޯޗަކީ ދާދި ފަހުން އެ ޓީމާ ހަވާލުވި ކޯޗު ޒަވީ ހެނާންޑޭޒް ކަމަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ޒަވީ ހަވާލުވި ފަހުން ބާސެލޯނާ ކުޅުނު ހަމައެކަނި މެޗުން ވަނީ އެސްޕަންޔޯލް އަތުން 1-0 އިން މޮޅުވެފަ އެވެ. ބާސެލޯނާގައި ޒަވީ ކޯޗަކަށް ހުރެ، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް އެ ކްލަބްގެ ގިނަ ކަންކަން ވަނީ ބަދަލުކޮށްފަ އެވެ.

އެކާވީސް އަހަރު ބާސެލޯނާގައި ހޭދަކުރުމަށް ފަހު މެސީ، މި ސީޒަން ފެއްޓުމުގެ ކުރިން އެ ޓީމު ދޫކޮށްލަން ޖެހުނީ މަޖުބޫރީ ހާލަތެއްގައި ކްލަބް މާލީ ގޮތުން އޮތް އަޑިގަނޑުގެ ތެރެއިން ކޮންޓްރެކްޓް އާ ކުރެވޭނެ ގޮތެއް ނެތިގެންނެވެ. މެސީ ވަނީ ޕީއެސްޖީއާ އެކު 2023 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓް ހެދި ފަހުން ވެސް މުސްތަގުބަލުގައި ކޮންމެވެސް ސިފައެއްގައި ބާސެލޯނާ އަށް ހިދުމަތް ކޮށްދޭން އަންނާނެ ކަމަށް ބުނެފަ އެވެ.

ޒަވީ ބާސެލޯނާއާ ހަވާލުވި ފަހުން މެސީ އެ ކްލަބާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދެެއްކި ފުރަތަމަ ފަހަރު ވެސް ވަނީ ޒަވީ އަށް ތައުރީފުކޮށްފަ އެވެ.

"ޒަވީ އަށް އެ ކްލަބް އެނގޭނެ. ޒަވީ އަކީ ފުޓްބޯޅައިގެ ވިސްނުންތޫނު މީހެއް. ބާސެލޯނާ މިހާރު އޮތް ހާލަތުން އަރައިގަނެ އެ ޓީމު ހަމަމަގަށް އެޅުވޭނެ ގާބިލުކުރަން ޒަވީގެ އެބަހުރި،" މެސީ ބުންޏެވެ.

ބާސެލޯނާގައި ޒަވީ މިހާތަނަށް ކޮށްފައިވާ މަަސައްކަތްތަކަށް ބަލާއިރު، ޑިސިޕްލިން ހިފަހައްޓައި ރަނގަޅު ޓީމު ރޫހެއް އޮތް ކްލަބަކަށް ބާސެލޯނާ ހެދުމުގެ މަސައްކަތުގެ ތެރެއިން ޒަވީ ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އޭގެ ތެރޭގައި ކުޅުންތެރިން ސޯޝަލް މީޑިއާ ބޭނުންކުރުމާއި މީޑިއާ ޝޯތަކާއި އިންޓަވިއުތައް ދިނުން ވަކި އުސޫލެއްގެ ތެރެއިން ކުރިއަށްދާ ގޮތަށް ހެދުމާއި ޓްރެއިނިން އަށް ގަޑި ނުޖެހި އައުމާއި ކުޅުންތެރިންގެ ނިއުޓްރިޝަން ޕްލޭނަށް ގަވާއިދުން ފާރަވެރިވުން ހިމެނެ އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފޭވަރިޓަކީ ޕީއެސްޖީ ކަމަށް ބުނާތީ މެސީ ވަނީ އެ ސުވާލުތަކަށް ޖަވާބެއް ދީފަ އެވެ.

މެސީ ބުނީ ޕީއެސްޖީގައި ތިބި ތަރިންނަށް ބަލާއިރު، އެ ޓީމުގެ ގައިގައި ފޭވަރިޓުންގެ ޓެގް އަޅުވަން ވަރަށް ފަސޭހަވާނެ ކަމަށެވެ. އެކަމަކު، ހަމައެކަނި ޕީއެސްޖީ އަކީ ފޭވަރިޓުންގެ ގޮތުގައި ބަލައިފިނަމަ އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް މެސީ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox