ޔުނައިޓެޑްގެ ވަޒީފާ އަށް ޕޮޗެޓީނޯ ޝައުގުވެރިވޭ

Nov 23, 2021, 6:30 AM
ޔުނައިޓެޑްގެ ވަޒީފާ އަށް ޕޮޗެޓީނޯ ޝައުގުވެރިވޭ

މެންޗެސްޓާ (ނޮވެމްބަރު 23) - ހުސްވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް ޕީއެސްޖީގައި ހުރި އާޖެންޓީނާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުގެ މަގާމު ހުސްވީ އެންމެ ފަހުން ވަޓްފޯޑް އަތުން 4-1 އިން ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗަކަށް ހުރި އޮލެ ގުނަ ސޯލްޝެއާ މަގާމުން ދުރުކުރުމުންނެވެ. ޔުނައިޓެޑުން ހޯދަން މަސައްކަތްކުރާ ކޯޗުންގެ ތެރޭގައި ކުރިން ސައުތެމްޓަނާއި ޓޮޓެންހަމަށް ކޯޗުކޮށްދިން ޕޮޗެޓީނޯ އަކީ އެންމެ ކުރީގައި އޮތް ނަމެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން 2018 ވަނަ އަހަރު ހޯސޭ މޮރީނިއޯ ވަކިކުރިއިރު، ވަގުތީ ކޯޗަކަށް ސޯލްޝެއާ ގެނައީ ދާއިމީ ކޮންޓްރެކްޓެއްގައި ޕޮޗެޓީނޯ ގެންނަން މަސައްކަތް ކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.

އޭރު، ޕޮޗެޓީނޯ ހުރީ ޓޮޓެންހަމާ ހަވާލުވެ އެވެ. ޔުނައިޓެޑްގެ ވަގުތީ ކޯޗެއްގެ މަގާމުގައި ހުރި މުއްދަތުގައި ސޯލްޝެއާ ކުރި މަސައްކަތް ރަނގަޅުވުމުން ތިން މަސް ތެރޭ އެ ކްލަބުން ބޭނުންވީ ސޯލްޝެއާ އަށް ދާއިމީ ކޮންޓްރެކްޓެއް ދޭށެެވެ. އެ ހިސާބުން ޕޮޗެޓީނޯ ގެންނަ ވާހަކަ މަޑުޖެހުނީ އެވެ.

އޭގެ ހަތަރު ވަރަކަށް އަހަރު ފަހުން ސޯލްޝެއާ ވަކިކޮށް ޔުނައިޓެޑުން އާ ކޯޗެއް ހޯދަން ބަލާއިރު، ޕޮޗެޓީނޯ މި ވަގުތު ހުރީ ގަތަރުގެ މަހުޖަނު ނާސިރު އަލް ހެއްލާފީ ހިންގާ ޕީއެސްޖީގަ އެވެ. ޕީއެސްޖީގައި ޕޮޗެޓީނޯ ހުރީ ދުނިޔޭގެ ފެންވަރުގެ ގިނަ ތަރިން ހިމެނޭ ޓީމެއްގެ ކޯޗަކަށެވެ. މި ވަގުތު ޕީއެސްޖީ އޮތީ ފްރެންްޗް ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ހުރިހާ ކަމަކާ އެކު ވެސް ޕޮޗެޓީނޯ ހުރީ ޔުނައިޓެޑުން ހުށަހަޅައިފިނަމަ އެ ކަމަށް ވިސްނާށެވެ.

ފްރާންސާއި ދެކުނު އެމެރިކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޕޮޗެޓީނޯ ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް އަދިވެސް ޝައުގުވެރިވެ އެވެ. އެއީ ބޮޑު ތާރީހެއް އޮތް ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ކްލަބަކަށް ކޯޗުކޮށްދޭން ލިބޭ ފުރުސަތު ދެ ފަހަރެއްގެ މަތިން ގެއްލެން ބޭނުންނުވާތީ އެވެ.

ޔުނައިޓެޑްގެ ކޯޗަކަށް ވަގުތީ ގޮތުން ހަމަޖައްސާފައިވަނީ އެސިސްޓަންޓް ކޯޗަކަށް ހުރި މައިކަލް ކެރިކް އެވެ. ދާއިމީ ކޯޗެއް މި ސީޒަނަށް ފަހު ގެނައުމުގެ ވިސްނުމެއް ވެސް ޔުނައިޓެޑުން ގެންގުޅެ އެވެ. އެއީ މި ސީޒަނުގެ ނިޔަލަށް އިންޓަރިމް ކޯޗަކާ ޓީމު ހަވާލުކުރުމަށް ފަހު އެވެ. އިންޓަރިމް ކޯޗަކަށް ޔުނައިޓެޑްގެ ޝޯޓްލިސްޓުގައި ހިމެނޭ އެއް ނަމަކީ އާރްބީ ލައިޕްޒިގުގެ ކުރީގެ ކޯޗު ރާލްފް ރަޖްނިކް އެވެ.

މި ސީޒަނުގައި ސޯލްޝެއާ އަށް ޔުނައިޓެޑްގެ ކޯޗުގެ މަގާމުގެ ޕްރެޝަރު އެންމެ ފުރަތަމަ ބޮޑުވިއިރު، އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހުރީ ހުސްކޮށެވެ. ކޮންޓޭ، ޔުނައިޓެޑާ ހަވާލުވުމުގެ ވާހަކަތައް މީޑިއާގައި ދެކެވުނު ނަމަވެސް އޭނާ އަށް އެ ފުރުސަތު ނުދިނެވެ. އޭގެ ފަހުން ޓޮޓެންހަމް އިން ވަނީ ނޫނޯ އެސްޕިރީޓޯ ސަންޓޯ އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިކޮށް، ކޮންޓޭއާ ޓީމު ހަވާލުކޮށްފަ އެވެ.

ޔުނައިޓެޑުން އާ ކޯޗެއް ހޯދަން ކުރާ މަސައްކަތުގައި ޒިނެދިން ޒިދާނަށް ފާރަލާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، ޒިދާންގެ އެ ފަދަ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ފްރާންސްގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޔުނައިޓެޑްގެ ބައެއް ބޯޑު މެމްބަރުން ޓީމު ހަވާލުކުރަން ދެން ބޭނުންވާ ކޯޗަކީ ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސްއާ އެވެ. ކުރިން ޔުނައިޓެޑްގެ ވާދަވެރި ލިވަޕޫލަށް ކޯޗުކޮށްދިން ރޮޖާސް ވަނީ ލެސްޓާގައި ހުރީ އުފަލުން ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox