ލާލު ބިބީ

ލާލު ބިބީ

ދާދި މިދާކަށް ދުވަހު ދިމާވި އަންހެނެކެވެ. ދިވެހިން ސިފަކުރާ ރީތި އަންހެނުންގެ ހުރިހާ ސިފައެއް އޭނާގެ ކިބައިގައި ހުރިކަމަށް ދެންނެވިދާނެ އެވެ. އަޅާފައި ހުރި ހެދުމުން، އޭނާއަށް އޭނާގެ ރީތި ހަށިގަނޑު އިތުރަށް ފާހަގަކުރެވޭ ގޮތަށް އެ ހަށިގަނޑު ޒީނަތްތެރިކުރަން ދަންނަކަން ހާމަވެ އެވެ. ނަޞީބު އޭނާގެ މުށުތެރޭ ގެންގުޅޭ ކަހަލަ އެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ފާރާ ދިމާލަށެވެ. ދަތްދޮޅި ނެރެލައި އިސް އުފުލާލާފައި އިން ގޮތުން "ކަލޭމެން ހުތުރު މީހުންނަށް ވުރެ އަހަރެން ޚާއްޞައޭ" ކިބުރުވެރިކަމާއެކު ބުނާ ފަދަ އެވެ.

މި ކަހަލަ މީހުން އަހަރެން ދަންނަމެވެ. ކުރިން އަހަރެންނަކަށްވެސް އެ ފަދަ މީހުންނާ އެކު އުޅޭކަށް ނޭނގެ އެވެ. އޭނާއަށް ލިބިފައިވާ ބަނިޔާދަންކަން އަހަރެންނަށްވެސް ލިބުނު ނަމައޭ ހީވެ، ހަސަދަވެރިވެ އެވެ. އަދި އޭނާގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރަކީ، ކިބުރުވެރިކަމާއި ބޮޑާކަން ކަމުގައި ލޭބަލްކޮށްގެން އަހަރެންގެ ހަސަދަވެރި ހިތަށް ތަސައްލީ ހޯދީމެވެ. ވަޒީފާއަކަށް ކުރިމަތިލިޔަސް، ހަމައެކަނި ސިފައަށް ބަލާލާފައި އޭނާއަށް ވަޒީފާ ލިބޭނެކަމަށް ބެލީމެވެ. އެފަދަ މާހައުލުތަކުގައި އޭނާގެ ރީތިކަމުގެ ނާޖާއިޒު ފައިދާ ޚުދު އޭނާ ނަގާނޭކަމަށް ބެލީމެވެ. އޭނާއަށް ލިބޭ ކޮންމެ ކާމިޔާބީއަކީ، އޭނާގެ ރީތި ސިފައިގެ ސަބަބުން ލިބޭ ކާމިޔާބީއެއްކަމިގައި އަހަރެން ކަނޑައެޅީމެވެ.

އެކަމަކު މިއީ އިންސާފެއް ނޫނެވެ. ސްކޫލާއި ވަޒީފާ އަދި ޒާތީ ކަންކަމުގައިވެސް، ރީތި ސިފައެއް ލިބިފައި ވުމުން ލިބޭ ފައިދާތަކެއް ހުންނާނެ އެވެ. އެހެން ނަމަވެސް އެ ފައިދާތަކާ އެކުއެކީ، އޭނާ ކުރިމަތިލާންޖެހޭ ތަފާތުކުރުންތަކެއްވެސް ހުންނާނޭކަން އަހަރެމެން ބަލައިގަންނަން ޖެހެ އެވެ. އަހަރެމެން އެންމެންވެސް، ކާމިޔާބީއަށް ވާޞިލުވުމަށް ކުރާ މަސައްކަތްތަކުގައި އަހަރެމެންނަށް ލިބިފައިވާ ހުނަރުތައް ބޭނުންކުރަނީ އިތުރު ބާރެއްދޭ ވަޞީލަތެއްގެ ގޮތުގަ އެވެ. އެހެންކަމުން، އޭނާއަށް ލިބިފައިވާ "ވަޞީލަތެއް" ބޭނުންކުރުމުން އަހަރެމެން ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ މިގޮތަށް އަހަރެމެންނަށް ވިސްނޭނަމަ، މިއީ ގޯހެކެވެ. ސްޓީރިއޯޓައިޕިން އެވެ.

މީގައި އަހަރެމެންގެ މައްސަލައަކީ، ރީތި ސިފައެއް ލިބިފައިވާ މީހެއްގެ މުޅި ޝަޚުޞިއްޔަތަކީ އެއީ ކަމުގައި ކުރެވޭ ކުށްހީ އެވެ. އެމީހާއަކީ ކާކުކަން ދެނެގަންނަނަށް މަސައްކަތެއްވެސް ކުރުމަކާ ނުލައި، އޭނާއާ މެދު ނިންމާނިންމުންތަކެވެ. އެ ފެންނަ "ބޮޑާކަމަކީ" ކޮންމެ ފަހަރަކު ބޮޑާކަމެއް ނޫނެވެ. އަދި ކިއެއްތަ، އަހަރެމެން ފަދަ މީހުން ގެންގުޅޭ ތަޢައްޞަބުތަކުން ރައްކާތެރިވުމަށް ދިއްކޮށްލާ އައްޑަނައެކެވެ. މީހުން އޭނާ ދައްކޮށްލާ ދަށްކޮލުމުން ރައްކާތެރިވުމަށެވެ. މީހުން ކުރާ ފުރައްސާރައިން ސަލާމަތްވުމަށެވެ. މީހުންގެ ހަސަދަވެރި ނަޒަރުން ރެކުމަށެވެ.

އެއީވެސް އަހަރެމެންފަދަ މީހުންނެވެ. އޭނާއަކީ އޭނާގެ ސިފައެއް ނޫނެވެ. އޭނާއަކީވެސް އެތައް މައިދާނެއްގައި، އެތައް "ތޮތްޕެއް އަޅައިގެން" ދިރިއުޅުން ވެއަތުކުރަމުންދާ މީހުންކަން ޔަޤީނެވެ. އެހެން މީހުންނެކޭ އެއްފަދައިން އެ މީހުންވެސް އަގުކުރާށެވެ. އެއް ނާޅިއަކުން މިނާށެވެ. އެ ފަދަ މީހުން ފެނުމުން އެ މީހުންނަކީ ބޮޑާ މީހުން ކަމުގައި ކަނޑަނާޅާށެވެ. އޭނާ އެ ދިއްކޮށްފައިވާ އައްޑަނަ ތިރިކޮށްލާނޭ ފުރުޞަތު އޭނާއަށް ދޭށެވެ. ގިނަ ފަހަރަށް އެއީ ވެސް ހަމަ އަހަރެމެންފަދަ ތަޖުރިބާތައް ހިއްސާކުރާ "އާދައިގެ އިންސާނުންކަން" އަހަރެމެންނަށް ދޭހަވަނީ، އެ "ދިފާޢުގެ ފާރު" ތަޅާލެވުނީމަ އެވެ. އެ ރީތިކަމުގެ ދަޅައަށް އެއްގޯސްވެ، އެ މީހާގެ ޝަޚުޞިއްޔަތު އެނގުނީމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox