ޔޫރަޕްގެ ގޯލްޑަން ބޯއީ އަކީ ބާސެލޯނާގެ ޕެޑްރީ!

Nov 22, 2021, 6:37 PM
ޔޫރަޕްގެ ގޯލްޑަން ބޯއީ އަކީ ބާސެލޯނާގެ ޕެޑްރީ!

މިލާން (ނޮވެމްބަރު 22) - ޔޫރަޕްގެ ގޯލްޑަން ބޯއީގެ ޓްރޮފީ ބާސެލޯނާ އަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒަށް ލިބިއްޖެ އެވެ.

މިއީ 2003 ވަަނަ އަހަރުން ފެށިގެން އިޓަލީގެ ނޫހެއް ކަމަށްވާ ޓޫޓޯސްޕޯޓްސް އިން ޔޫރަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ކޮންމެ އަހަރަކު އެއް ފަހަރު ދޭ ޓްރޮފީ އެކެވެ. މި އެވޯޑް ލިބޭނީ 21 އަހަރު ނޫނީ އެ އަށް ވުރެ ހަގު ކުޅުންތެރިއަކަށެވެ. އެ ކުޅުންތެރިއަކު ހޮވާނީ ޓޫޓޯސްޕޯޓްސް އިން އެކްރެޑިޓް ކޮށްފައިވާ ނޫސްވެރިންނެވެ.

ޕެޑްރި ވަނީ ވޯޓުލި 40 ނޫސްވެރިންގެ ޕޮއިންޓް ސިސްޓަމުގެ ތެރެއިން 318 ޕޮއިންޓް ހޯދައިފަ އެެވެ. ދެ ވަނަ އަށް ދިޔައީ 199 ވޯޓު ހޯދި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ.

އުމުރުން 18 އަހަރުގެ ޕެޑްރީ އަކީ 2005 ވަނަ އަހަރު ލިއޮނަލް މެސީ، ގޯލްޑަން ބޯއީގެ އެވޯޑް ހޯދި ފަހުން ބާސެލޯނާ އަށް ކުޅެމުން މި ޓްރޮފީ ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ބަޔާން މިއުނިކްގެ މުލާ (ވ) ކައިރިން ޕެޑްރީ ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ޕެޑްރީ ބުނީ 2021 ވަނަ އަހަރަކީ އޭނާ އަށް ވަރަށް އާދަޔާހިލާފު އަހަރެއް ކަމަށާއި ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެވުނުއިރު، އެހީވެދިން ގިނަ ބަޔަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އެއިން ކޮންމެ މީހެއްގެ އެހީ ވެސް ފާހަގަކުރަން. އެ ސަޕޯޓާ ނުލައި އަހަރެން މި ޓްރޮފީ ހިފައިގެން ނުހުންނާނެ،" ޕެޑްރީ ބުންޏެވެ.

މިދިޔަ އަހަރު އޮގަސްޓް މަހު ލަަސް ޕަލްމާސް ދޫކޮށް ރަސްމީކޮށް ބާސެލޯނާއާ ގުޅުމަށް ފަހު ޕެޑްރީ ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް 53 މެޗު ކުޅެދީފަ އެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާ ޖޯޒީގައި އެންމެ ގިނަ މެޗު ކުޅުނީ ޕެޑްރީ އެވެ. ޕެޑްރީ އަކީ މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި ކުޅުނު ސްޕެއިން ޓީމާއި އޮލިމްޕިކްސް އިން ރިހި މެޑަލް ހޯދި ސްޕެއިންގެ 23 އަހަރުން ދަށުގެ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ.

ޕެޑްރީގެ ނަން ވަނީ ޔޫރޯގެ ޓީމް އޮފް ދި ޓޯނަމެންޓްގައި ހިމެނިފަ އެވެ. އެއީ ރެކޯޑެކެވެ. އޭނާ އަކީ އެ ޝަރަފް ލިބުނު އެންމެ ހަގު ކުޅުންތެރިޔާ އެވެ.

މި ސީޒަނުގައި ބާސެލޯނާ އިން ވަނީ 2026 ގެ ނިޔަލަށް ޕެޑްރީގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެ މުއްދަތުގެ ކުރިން ބާސެލޯނާ އިން ޕެޑްރީ ވިއްކާނެ އަގަކަށް ހަމަޖައްސާފައިވަނީ އެއް ބިލިއަން ޔޫރޯ (1.16 ބިިލިއަން ޑޮލަރު) އެވެ.

ސެޕްޓެމްބަރު މަހު ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ޕެޑްރި ހުރި ކުޅުމާ ދުރުގަ އެވެ.

އެންމެ ފުރަތަމަ 2003 ވަނަ އަހަރު ގޯލްޑަން ބޯއީ ޓްރޮފީ ހޯދީ ނެދަލެންޑްސްގެ މިޑްފީލްޑަރު ރަފައެލް ވެން ޑަ ވާޓް އެވެ. އޭގެ ފަހުން އެ އެވޯޑް ހޯދި ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ވޭން ރޫނީ (2004)، މެސީ (2005)، ސެސް ފަބްރެގަސް (2006)، ސާޖިއޯ އަގުއޭރޯ (2007)، މާރިއޯ ބަލޮޓެލީ (2010)، ޕައުލް ޕޮގްބާ (2011)، ރަހީމް ސްޓާލިން (2014)، ކީލިއަން އެމްބާޕޭ (2017)، ޖާއޯ ފެލިކްސް (2019) އަދި އާލިން ބްރައުޓް ހާލަންޑް (2020) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox