އެމެރިކާގައި ކާރަކުން ޖައްސައި ކްރިސްމަސް ޕެރޭޑުގެ ފަސް މީހުން މަރާލައިފި

ކްރިސްމަސް ޕެރޭޑުގެ ތެރެއަށް ކާރު ދުއްވާފައި ދިޔަ މަންޒަރު ފެންނަ ފޮޓޯއެއް. -- ފޮޓޯ: އޭއެފްޕީ

ކްރިސްމަސް ޕެރޭޑުގެ ތެރެއަށް ކާރު ދުއްވާފައި ދިޔަ މަންޒަރު ފެންނަ ފޮޓޯއެއް. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (ނޮވެމްބަރު 22) - އެމެރިކާގެ ވުސްކޯންސުން ސްޓޭޓުގައި ބެރިކޭޑްތައް ފަޅާލާފައި ދިޔަ ކާރަކުން ކްރިސްމަސް ޕެރޭޑުގެ ތެރެއަށް ވަދެ ގަތުމުން، ފަސް މީހުން މަރުވެ 40 މީހުންނަށް އަނިޔާވެއްޖެ އެވެ.

ކޮންމެ އަހަރަކު ވެސް ޗުއްޓީއާ ދިމާކޮށް ބާއްވާ ކްރިސްމަސް ޕެރޭޑުގެ ތެރެއަށް ދުއްވާފައި ދިޔައީ ރަތް ކުލައިގެ އެސްޔޫވީ ކާރެކެވެ. ވީޑިއޯތަކުން ފެންނަނީ ޕެރޭޑް ބަލަން ތިބި މީހުންގެ ކައިރިން ބާރު ސްޕީޑުގައި ގޮސް، ސްކޫލެއްގެ ބޭންޑު ކުދިންގެ ތެރެއަށް ވަންނަ މަންޒަރެވެ.

"ފަސް މީހަކު މަރުވެ، 40 މީހުންނަށް އަނިޔާވި. ނަމަވެސް އިތުރު މައުލޫމާތު ލިބޭ ވަރަކަށް އަދަދުތަކަށް ބަދަލު އަތުވެދާނެ،" ވައުކެޝާ ޕޮލިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައި އެބަ ހުރި ކަމަށް ވެސް ފޭސްބުކްގައި އާއްމުކުރި ބަޔާނުގައި ވެ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ނަސާރާ ދީނުގެ ފާދިރީއަކާއި، ޗާޗުގެ ބައެއް މުވައްޒަފުންނާއި ވައުކެޝާ ކެތޮލިކް ސްކޫލުގެ ދަރިވަރުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ކާރު ގެންގޮސްފައި ވާއިރު، މި ވަގުތު އިތުރު އެހެން ނުރައްކަލެއް ނެތް ކަމަށް ފުލުހުން ވަނީ ކަނޑައަޅާފަ އެވެ.

އަނިޔާވުމާ ގުޅިގެން 11 މީހުންނާއި 12 ކުދިން ހޮސްޕިޓަލަށް ގެންގޮސްފައި ވެ އެވެ. ހާދިސާ ހިނގި ވަގުތު ކާރު ހުއްޓުވުމުގެ ގޮތުން ފުލުހުން އެއަށް އަމާޒުކޮށް ބަޑި ވެސް ޖެހި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox