"ފަހަތަށް ދާ" ޑިމޮކްރަސީތަކުގެ ލިސްޓުގައި ފުރަތަމަ ފަހަރަށް އެމެރިކާ ހިމަނައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން.

އެމެރިކާގެ ރައީސް ޖޯ ބައިޑެން.

ސްޓޮކްހޯމް، ސްވިޑަން (ނޮވެމްބަރު 22) - "ފަހަތަށް ދާ" ޑިމޮކްރަސީތަކުގެ ލިސްޓުގައި ފުރަތަމަ ފަހަރަށް އެމެރިކާ ހިމެނިފައިވާ ކަމަށް އިންޓަނޭޝަނަލް އައިޑިއާ ތިންކްޓޭންކުން ބުނެފި އެވެ.

ސްޓޮކްހޯމްގައި ހިންގާ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ޑިމޮކްރަސީ އެންޑް އިލެކްޓޯރަލް އެސިސްޓަންސް (އައިޑިއާ) އިން ބުނީ ދުނިޔޭގެ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކު ދިރިއުޅެނީ "ފަހަތަށް ދާ" ޑިމޮކްރަސީއެއް އޮތް ގައުމެއްގައި ކަމަށެވެ.

"މި އަހަރު، ފުރަތަހަ ފަހަރަށް އެމެރިކާގެ ޑިމޮކްރަސީ ފަހަތަށް ދާ ކަމަށް ހިމަނާފައި އެ ވަނީ. އަޅުގަނޑުމެންގެ ޑޭޓާ އިން ދައްކާ ގޮތުގައި އެމެރިކާގެ ޑިމޮކްރަސީ ފަހަތަށް ދާން ފެށީ 2019 ވަނަ އަހަރު،" އައިޑިއާގެ ގްލޯބަލް ސްޓޭޓް އޮފް ޑިމޮކްރަސީ ރިޕޯޓުގައި ބުންޏެވެ.

"އެމެރިކާ އަށް ހަރުދަނާކޮށް ޕަފޯމް ކުރާ ޑިމޮކްރަސީއެއް. އަދި 2020 ވަނަ އަހަރު ވަނީ ވަކި އަތަކަށް ނުޖެހި ސަރުކާރު ހިންގުމުގެ އިންޑިކޭޓަރުން ކުރިއެރުން ހޯދާފައި. އެކަމަކު މަދަނީ މިނިވަންކަން ހަނިވުމާއި، ސަރުކާރުގެ އަމަލުތައް ބަލަން ހުރި ހުރަސްތަކުން އަންގައިދެނީ ޑިމޮކްރަސީގެ އަސާސްތައް ތަންފީޒު ކުރުމުގައި ސީރިއަސް މައްސަލަތަކެއް ހުރިކަން،" ރިޕޯޓު ލިޔުމުގައި ބައިވެރިވި އެލެގްޒެންޑާ ހަޑްސަން ވިދާޅުވި އެވެ.

ރިޕޯޓުގައި ބުނީ އެމެރިކާގެ ޑިމޮކްރަސީ ފަހަތަށް ވެއްޓުމުގައި އެންމެ ބޮޑަށް ފާހަގަވީ 2020 ވަނަ ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުވާލު އުފެއްދެވުން ކަމަށެވެ. އޭގެ އިތުރުން 2020 ވަނަ އަހަރުގެ ތެރޭގައި އެއްވެ އުޅުމަށް އޮތް ހުރަސްތައް އިތުރުވިކަން ފާހަގަކޮށްފައި ވެ އެވެ.

އައިޑިއާ ތިންކްޓޭންކުން 160 ގައުމެއްގެ ޑިމޮކްރަސީ ވަޒަން ކުރަނީ ފާއިތުވި 50 އަހަރު ބޭނުންކުރި އިންޑިކޭޓަރުތަކުގެ އެހީގައި ތިން ކެޓެގަރީއަކަށް ބަހައިގެންނެވެ. އެއީ ޑިމޮކްރަސީ އަދި ފަހަތަށް ދާ ޑިމޮކްރަސީ، ހައިބްރިޑް ސަރުކާރު އަދި ހުދުމުހުތާރު ސަރުކާރެވެ.

ރިޕޯޓުގައިވާ ގޮތުން ޑިމޮކްރަސީގައި އުޅޭ ގައުމުތަކަށް ވުރެ ހުދުމުހުތާރް ވެރިކަން އޮތް ގައުމުތައް 2020 ވަނަ އަހަރު އިތުރުވި އެވެ. މި އަހަރު ވެސް މި ޓްރެންޑް ދެމިގެންދާނެ ކަމަށް ލަފާކޮށްފައި ވެ އެވެ.

މި އަހަރުގެ މިހާތަނަށް ފާހަގަކޮށްފައި އޮތީ 98 ޑިމޮކްރަސީ އެވެ. ރަޝިއާ އާއި މޮރޮކޯ އަދި ތުރުކީ ހިމެނޭ ގޮތަށް 20 ހައިބްރިޑް ސަރުކާރު ނުވަތަ ޑިމޮކްރަސީ އާއި ހުދުމުހުތާރް ސިފަތައް ހިމެނޭ ސަރުކާރު ފާހަގަކޮށްފައި ވާއިރު، ހުދުމުހުތާރް ސަރުކާރެއް އޮތް 47 ގައުމު ހިމެނެ އެވެ. އޭގެ ތެރޭގައި ޗައިނާ، ސައުދީ އަރަބިއްޔާ، އިތިއޮޕިއާ އަދި އިރާން ފާހަގަކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox