ގުދުސްގައި ބަޑި ޖަހައި އެކަކު މަރުވެ، ތިން މީހުންނަށް އަނިޔާވެއްޖެ

ގުދުސްގައި ބަޑި ޖެހުމުން މަރުވި މީހާގެ ހަށިގަނޑު އިޒްރޭލް ފުލުހުން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ

ގުދުސްގައި ބަޑި ޖެހުމުން މަރުވި މީހާގެ ހަށިގަނޑު އިޒްރޭލް ފުލުހުން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ

ގުދުސް (ނޮވެމްބަރު 21) - ގުދުސްގެ އޯލްޑް ސިޓީގައި އާދީއްތަ ދުވަހު ބަޑި ޖަހައި އެކަކު މަރުވެ ތިން މީހުންނަށް އަނިޔާވެފައިވާ ކަމަށް އިޒްރޭލުގެ ފުލުހުންނާއި ސިއްހީ އޮފިޝަލުން ބުނެފި އެވެ.

ހަމަލާގައި އަނިޔާވީ އާއްމު ދެ މީހުންނާއި ދެ ފުލުހަކަށެވެ. އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް އުމުރުން 30 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ. ނަމަވެސް އޭނާއާ ބެހޭ ތަފްސީލް އާއްމެއް ނުކުރެ އެވެ.

"ސަބްމެޝިން ބަޑިއެއް ހިފައިގެން އުޅުނު ޓެރަރިސްޓަކު ވަނީ އޯލްޑް ސިޓީގައި ބަޑި ޖަހާފައި،" އިޒްރޭލް ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ފުލުހުން ބުނީ "ޓެރަރިސްޓުގެ" ގަޔަށް ބަޑި ޖަހައި މަރާލާފައިވާ ކަމަށެވެ. އޯލްޑް ސިޓީ އަކީ އިޒްރޭލުން ވެރިވެގަނެގެން އުޅޭ ގުދުސްގެ އިރުމަތީގެ ހިސާބެކެވެ. އެ ތަނުގައި ވަރަށް ގިނައިން އިޒްރޭލް ފުލުހުންނަށް ހަމަލާތައް އަމާޒުވެ އެވެ.

މިދިޔަ ބުދަ ދުވަހު އޯލްޑް ސިޓީގައި ވަޅިއަކުން ދެ ފުލުހުންނަށް ހަމަލާ ދިން ފުރާވަރު އުމުރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި މަރާލި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އަލް އަގްސާ މިސްކިތަށް ދާން އޮންނަ މަގުގައި ފުލުހުންނަށް ވަޅިން ހަމަލާ ދޭން އުޅުނު ކަމަށް ބުނެ، އަންހެނެއްގެ ގަޔަށް ބަޑި ޖަހައި މަރާލި އެވެ.

އިޒްރޭލުން އިރުމަތީ ގުދުސް ހިފީ 1967 ގައި ކުރި ހަނގުރާމަ އަށް ފަހު އެވެ. އެއީ އިޒްރޭލުގެ ބިމަކަށް ހަދައިގެން އުޅުނު ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައިން އެކަން ބަލައެއް ނުގަނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox