އިރާނުގެ މަހަން އެއާ އަށް ސައިބާ ހަމަލާއެއް އަމާޒުވެއްޖެ

މަހަން އެއާގެ ބޯޓެއް.

މަހަން އެއާގެ ބޯޓެއް.

ތެހްރާން، އިރާން (ނޮވެމްބަރު 21) - އިރާނުގެ ދެ ވަނަ އަށް އެންމެ ބޮޑު އެއާލައިން، މަހަން އެއާ އަށް އަނެއްކާވެސް ސައިބާ ހަމަލާއެއް އަމާޒުވެއްޖެ އެވެ.

"މަހަން އެއާގެ ކޮމްޕިއުޓަރު ސިސްޓަމަށް ވަނީ އާ ހަމަލާއެއް އައިސްފައި،" ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އިރާނުގެ އޭވިއޭޝަން އިންޑަސްޓްރީގައި މަހަން އެއާގެ މުހިއްމުކަން ބޮޑުވުމުން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ހަމަލާތައް އަމާޒުވެފައިވޭ."

ބަޔާނުގައި ބުނީ ހުރިހާ ފްލައިޓެއް ޝެޑިއުލާ އެއް ގޮތަށް ކުރިއަށް ދާނެ ކަމަށާއި ނަމަވެސް ކުންފުނީގެ ވެބްސައިޓު ޑައުންވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އިންޓަނެޓް ސެކިއުރިޓީ ޓީމުން ދަނީ ސައިބާ ހަމަލާ ހުއްޓުވަން މަސައްކަތް ކުރަމުން،" ތަރުޖަމާން ހުސެއިން ޒުލަންވަރީ ދައުލަތުގެ ޓީވީ އަށް ވިދާޅުވި އެވެ.

މަހަން އެއާ އަކީ އިރާނުގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިނެވެ. އަދި އެއީ ގައުމީ އެއާލައިން އިރާން އެއާ އަށް ފަހު އެންމެ މުހިއްމު އެއާލައިނެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ބްލެކްލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި މަހަން އެއާ ހިމެނެ އެވެ.

އިރާނުގެ އެތެރޭގެ ދަތުރުތަކުގެ އިތުރުން ޔޫރަޕާއި އޭޝިއާގެ މަންޒިލްތަކަށް ވެސް އެ އެއާލައިނުން ދަތުރު ކުރެ އެވެ.

މިދިޔަ މަހު އިރާނުގެ ޕެޓްރޯލް ސަޕްލައި ކުރާ ނިޒާމަށް ސައިބާ ހަމަލާއެއް ދިނުމުން ޕެޓްރޯލް ލިބުމުގައި ދަތިތައް ދިމާވި އެވެ. އިރާނުން ތުހުމަތު ކުރާ ގޮތުގައި ހަމަލާ ދިނީ އިޒްރޭލާއި އެމެރިކާއިންނެވެ.

އިރާނުން ވެސް ސައިބާ ހަމަލާތައް ދޭ ކަމަށް ތުހުމަތު ކުރެވެ އެވެ. އެގޮތުން ދާދި ފަހުން އިޒްރޭލުގެ އިންޓަނެޓް ކުންފުންޏަކަށް ހަމަލާ ދިނީ އިރާނުގެ ބްލެކް ޝެޑޯ ގްރޫޕުން ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox