ހަރުކަށި ފިކުރު ފަތުރާ 40 ގައިދީއަކު ހާއްސަ ޔުނިޓަށް ބަދަލު ކުރަނީ

ހޯމް މިނިސްޓަރު ޝޭހު އިމްރާން އަބްދުﷲ: ވިދާޅުވީ ޖަލުތަކުގައި ހަރުކަށި ފިކުރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށް. -- ފޮޓޯ: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރު ޝޭހު އިމްރާން އަބްދުﷲ: ވިދާޅުވީ ޖަލުތަކުގައި ހަރުކަށި ފިކުރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށް. -- ފޮޓޯ: ހޯމް މިނިސްޓްރީ

ޖަލުތަކުގައި ހަރުކަށި ފިކުރާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ހަރުކަށި ފިކުރު ފަތުރާ ގައިދީން ދެނެގަންނަން ހިންގި ރިސްކް އެސެސްމަންޓުތަކުން މިހާތަނަށް ފާހަގަކުރެވުނު 40 ގައިދީން ޖެނުއަރީ މަހުގެ ކުރިން ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަ ޔުނިޓަށް ބަދަލުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ މަސައްކަތްތަކުގެ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, ހަރުކަށި ފިކުރުގެ ގައިދީން ބޭތިއްބުމަށް ހެދި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓު (އެސްއެމްޔޫ)އަށް ގައިދީން ބަދަލުކުރުމާ ގުޅޭ ގޮތުން އިމްރާން ވިދާޅުވި ގޮތުގައި، އެ މަސައްކަތް ހުއްޓިފައި އޮތީ ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގާނެ މީހަކު ނުލިބިގެންނެވެ. މިހާރު ފަރުމާކޮށް ނިމިފައިވާ އެ ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގާނެ މީހަކު ލިބުމުން ގައިދީން އެސްއެމްޔޫ އަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ކުރިޔަށް އޮތް އަހަރުގެ އެންމެ ލަސްވެގެން ޖެނުއަރީ ފެށެންވާއިރަށް އެ މީހުން ވަކިކުރެވި، އެ މީހުން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް." އިމްރާން ވިދާލުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ހަރުކަށި ފިކުރު ފަތުރާ މީހުން ބައިތިއްބަން ހަދާ އެސްއެމްޔޫގެ މަސައްކަތް އެއްކޮށް ނިމިއްޖެ ކަމަށެވެ.

މިއީ ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ޖަލު އޮފިސަރުންގެ ޔުނިޓަކުން ބަލަހައްޓާ 100 މީހުންގެ ޖާގައިގެ ހައި ސެކިއުރިޓީ ޔުނިޓެކެވެ.

އަހުމަދު ވިދާޅުވީ އެ ޔުނިޓުގައި އަމަލުކުރާނެ ގޮތުގެ އުސޫލު މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި އެތަނުގައި މަސައްކަތްކުރާ ޖަލު އޮފިސަރުންގެ ތަމްރީނުތައް ވެސް ނިމިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްއެމްޔޫ ޔުނިޓަށް ބަދަލުކުރާނެ ގައިދީން ދެނެގަތުމުގެ މަސައްކަތް ކުރަނީ، އެކަމަށް ހާއްސަކޮށް ޑިވެލޮޕްކުރި ރިސްކް އެސެސްމަންޓެއްގެ ޒަރިއްޔާއިންނެވެ. މި ރިސްކް އެސެސްމަންޓުގެ ފުރަތަމަ މަރުހަލާ ނިމިފައިވާއިރު، އެ މަރުހަލާގައި ގައިދީންނާ އިންޓަވިޔުކޮށް ފުލުހުންގެ އިންޓެލިޖެންސުން ލިބެންހުރި މައުލޫމާތުތައް ކަރެކްޝަނުން ހޯދި އެވެ.

މިހާރު ކުރިޔަށްދަނީ މިކަމާ ގުޅުންހުރި އިދާރާތަކުން އެއްކުރަންޖެހޭ މައުލޫމާތު އެއްކޮށް، ހުރިހާ މައުލާމާތެއް ވިލަރެސްކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ނިމުމުން ހަރުކަށި ފިކުރުގެ ގައިދީން ދެނެގަތުމުގެ މަސައްކަތް ނިމޭނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ގުޅުންހުރި އިދާރާތަކުން އެއްކުރަން ޖެހޭ އިތުރު މައުލޫމާތާ އެކީގައި މި ޔުނިޓަށް ބަދަލުކުރަން ޖެހޭ ނޫނީ ޖަލުގައި މި ބާވަތުގެ ކަންކަން ކުރާ މީހުން ދެނެގަތުމަށްޓަކާ ކުރަންޖެހޭ އެސެސްމަންޓުގެ މަސައްކަތް ނިންމާލެވޭނެ." އަހުމަދު ވިދާޅުވި އެވެ.

ހަރުކަށި ފިކުރުގެ ގައިދީންނަށް ހާއްސަ ޔުނިޓުގެ އިތުރުން ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރާ ގޮތުގެ ނުވަތަ ރެޑިކަލައިޒޭޝަން ޕްރޮސެސްގެ ދިރާސާއެއް ވެސް ހޯމް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ދަނީ ކުރިޔަށެވެ.

މިއީ ޖަލުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން އެޅޭނެ ފިޔަވަޅުތައް ދެނެގަތުމުގެ ބޭނުމުގައި ކުރާ ދިރާސާއެއް ކަމަށް ޕްރިޒަންސް ކޮމިޝަނަރު އަހުމަދު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox