މޮޅު އެތުލީޓުގެ މަގާމު ދިފާއުކޮށް ސާއިދު އިތުބާރާ އެކު

Nov 21, 2021, 7:59 AM
ސާއިދު އެންމެ މޮޅު އެތުލީޓުގެ ޓްރޮފީ ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ސާއިދު އެންމެ މޮޅު އެތުލީޓުގެ ޓްރޮފީ ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން ބައިގެ އެއް ވަނަ އެތުލީޓުގެ މަގާމު ދިފާއުކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަންނަ އަހަރަށް ޓާގެޓެއް ކަނޑައަޅައިފި އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ސާއިދު، 2019 ވަނަ އަހަރު ބޭއްވި ގައުމީ މުބާރާތުގެ އެއް ވަނަ ހޯދީ އިންޑިވިޖުއަލް ތިން ރަން މެޑެއްޔާއި ރިލޭ ބައިން ރަން މެޑެއްޔަކާއި ރިހި މެޑެއްޔެއް ހޯދައިގެންނެވެ. އޭނާ އިންޑިވިޖުއަލް ބައިން ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން އަދި 400 މީޓަރު ދުވުމުންނެވެ. އަދި ރިލޭގެ ހަތަރެއް ގުނަ 400 މީޓަރުން ސިފައިންގެ ޓީމާ އެކު ރަން މެޑަލް ހޯދިއިރު ހަތަރެއް ގުނަ 100 މީޓަރުން ލިބުނީ ރިހި މެޑެއްޔެކެވެ.

ސާއިދުގެ މި ފަަހަރުގެ ރެކޯޑަކީ ހަތަރު ރަން މެޑަލާއި އެއް ލޯ މެޑަލް އެވެ. ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން އަދި 400 މީޓަރު ދުވުމުގެ އިތުރުން 4 ގުނަ 400 ރިލޭ އިވެންޓުންނެވެ. އަދި ލޯ މެޑަލް ލިބުނީ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިންނެވެ. މި ބައިން ރަން މެޑަލް ހޯދީ ސާއިދު ސްޕޯޓްސް އެވެ. ރިހި މެޑަލް ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުންނެވެ.

ސާއިދު މި ފަހަރުގެ ގައުމީ މުބާރާތުގެ އިވެންޓެއް ފުރިހަަމަކުރުމަށް ފަހު.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ މުބާރާތުގެ ކާމިޔާބީއާ ބެހޭގޮތުން ސާއިދު މިއަދު "އަދަދު" އަށް ބުނީ މިއީ ވަރަށް މަސައްކަތުން ލިބުނު ކާމިޔާބީ އެއް ކަމަށެވެ.

"ކާމިޔާބީއާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ކޮވިޑަށް ފަހު އަލުން މުބާރާތް ފެށުމަކީ ލިބުނު އުފަލެއް. މި ފަހަރު ކުރިއަށް ވުރެ އެތުލީޓުން ގިނަ، ސަޕޯޓަރުން ގިނަ، ވާދަވެރި ވެސް މެ، ފޯރިވެސް ގަދަ. އެއީ ހިތްހަމަޖެހުމެއް. އަންނަ އަހަރު ވަރަށް ބައިވަރު ބޭރުގެ މުބާރާތްތައް އެބައޮތް. މި ކާމިޔާބީއާ އެކު އަންނަ އަހަރަށް އިތުރު ހިތްވަރެއް ލިބިއްޖެ. ދެން އޮތީ އެ މުބާރަތްތަކަށް ތައްޔާރުވުން،" ސާއިދު ބުންޏެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ޓީމަކީ ސާއިދު ހިމެނޭ ދިވެހި ސިފައިންގެ ކްލަބް އެވެ. އެ ކްލަބުން މި ކާމިޔާބީ މި ހޯދީ ޖެހިޖެހިގެން 16 ވަނަ އަހަރު އެވެ. އެ ޓީމުން އެންމެ ފުރަތަމަ އެ ޝަރަފް ހޯދީ 2005 ގަ އެވެ. އޭގެ ފަހުން މުބާރާތް ބޭއްވި ކޮންމެ އަހަރަކު އެންމެ މޮޅު ކްލަބުގެ މަގާމު ހޯދަމުން އައީ ސިފައިންގެ ކްލަބުންނެވެ.

މޯޑާއި ކުޑަ ރިޒާ އަދި ޝައްމޫނަށް ކާމިޔާބު މުބާރާތެއް

މި ފަހަރުގެ ގައުމީ މުބާރާތުގައި ކުޅަދާނަ ދެ ދުވުންތެރިން ކަމަށްވާ ހުސެއިން ރިޒާ (ކުޑަރިޒާ) އާއި މުހައްމަދު ރަޝީދު (މޯޑު) އަދި ފީލްޑް އެތުލީޓް ހަސަން ޝައްމޫން ވެސް ވަނީ ތަފާތު ދައްކައިފަ އެވެ. މި ތިން އެތުލީޓުންނަކީ ވެސް ދިވެހި ސިފައިންގެ ކްލަބްގެ ތަރިންނެވެ.

މީގެ ތެރެއިން 2016 ވަނަ އަހަރުގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ޝައްމޫން ވަނީ ފުރަތަމަ ދުވަހު ބޭއްވި ޝޮޓްޕުޓް އުކުމާއި ޖެވެއިލިން އުކުމުގެ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އޭގެ ފަހުން ފިރިހެނުންގެ ޑިސްކަސް އިވެންޓުން ރަން މެޑަލް ހޯދައި ޝައްމޫން ވަނީ 2016 ވަނަ އަހަރުގެ ރެކޯޑާ ހަމަކޮށްފަ އެވެ.

ޝައްމޫނަކީ ގައުމީ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދި ފުރަތަމަ ފީލްޑް އެތުލީޓެވެ. ފީލްޑް އެތުލީޓުންގެ ތެރޭގައި އޭނާ ފަހަތަށް ޖައްސާލެވޭނެ އެތުލީޓެއް އަދި ނެތްކަން އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައި ސާބިތުކޮށްދީފަ އެވެ.

މޯޑު ދިވެހި ސިފައިންގެ ކްލަބްގެ ތަށި ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

އިންޓަނޭޝަނަލް މެރަތަންތަކުގައި ވާދަކޮށް ފިޔަޖަހަމުން އައި މޯޑު މި ފަހަރުގެ ގައުމީ މުބާރާތުގައި ވަނީ އެންމެ މޮޅު އެތުލީޓުގެ މަގާމަށް ވާދަކޮށްފަ އެވެ.

ދިގު ދުވުމަށް ހާއްސަ މޯޑް ވަނީ މި ފަހަރުގެ ގައުމީ މުބާރާތުގެ 10،000 މީޓަރާއި 5،000 މީޓަރުން ރަން މެޑަލް ހޯދައިފަ އެވެ. އެކަމަކު، 1500 މީޓަރުގެ ދުވުމުން މޯޑު ފަރުޖައްސާލަން ޖެހުނީ ރިހި މެޑަލަކުންނެވެ އެ އިވެންޓުގެ ރަން މެޑަލް ހޯދީ ކުޑަރިޒާ އެވެ.

މިއީ ކުޑަރިޒާގެ ކެރިއަރުގައި ހާއްސަ ގައުމީ މުބާރާތެކެވެ. އޭނާ ވަނީ ތިން ރަން މެޑަލާއި އެއް ލޯ މެޑަލް ހާސިލްކޮށްފަ އެވެ. ރަން މެޑަލް ހޯދީ 800 އާއި 1500 މީޓަރު ދުވުމުގެ އިތުރުން ހަތަރެއް ގުނަ 400 މީޓަރުން ސިފައިންގެ ޓީމާ އެކު އެވެ. ހަތަރެއް ގުނަ 100 މީޓަރުން ލިބުނީ ރިހި މެޑެއްޔެކެވެ. ސިފައިންގެ ރިލޭ ޓީމުގައި ރިޒާ އާއި ސާއިދު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox