ޔުނައިޓެޑްގެ ކޯޗުކަމުން ސޯލްޝެއާ ވަކިކުރަނީ

Nov 21, 2021, 3:37 AM
ޔުނައިޓެޑްގެ ކޯޗުކަމުން ސޯލްޝެއާ ވަކިކުރަނީ

މެންޗެސްޓާ (ނޮވެމްބަރު 21) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލީގުގައި ރޭ ވަޓްފޯޑް އަތުން 4-1 އިން ޔުނައިޓެޑް ބަލިވި މެޗަށް ފަހު ދަނޑުގައި ތިބި ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ސޯލްޝެއާ މަގާމުން ދުރުކުރަން ޖެހޭ ކަމަށް ބުނެ އަޑުއުފުލައިފަ އެވެ.

ރޭގެ މެޗަކީ އެންމެ ފަހުން ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވި ފަސް ވަނަ މެޗެެވެ. ޔުނައިޓެޑް އެންމެ ފަހުން ހަތް މެޗުން މޮޅުވީ އެންމެ ފަހަރަކު އެވެ. ބަލިވި މެޗުތަކުގެ ތެރޭގައި އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 5-0 އިންނާއި މެންޗެސްޓާ ސިޓީ އަތުން 2-0 އިން ބަލިވި މެޗު ވެސް ހިމެނެ އެވެ.

ރޭ ވަޓްފޯޑް އަތުން ޔުނައިޓެޑް ބަލިވި މެޗަށް ފަހު އެ ކްލަބްގެ ބޯޑު މެމްބަރުންގެ އިމަޖެންސީ ބައްދަލުވުމެއް ފަސް ގަޑިއިރު ކުރިއަށް ދިޔަ ކަމަށް މެންޗެސްޓާ އިވްނިން ނިއުސް އިން ރިޕޯޓްކޮށްފައިވެ އެވެ. އަދި އެ ބައްދަލުވުމުގައި ބޯޑް މެމްބަރުންގެ އިއްތިފާގުން ނިންމީ ސޯލްޝެއާ އަށް ދެން ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ދެމި ނުހުރެވޭނެ ކަމަށެވެ. އެ ގޮތުން ބޯޑުން ނިންމީ ސޯލްޝެއާ ވަކިކޮށް އާ ކޯޗަކާ އެކު ކުރިއަށް ދިއުމަށެވެ. ސޯލްޝެއާ ވަކިކުރިކަން ރަސްމީކޮށް އިއުލާނުކުރާނީ ޔުނައިޓެޑްގެ ވެރިޔާ ޖޮއެލް ގްލޭޒާ، ބޯޑް މެމްބަރުންގެ އެ ނިންމުން ފާސްކުރުމުންނެވެ.

މިދިޔަ ޖުލައި މަހު ސޯލްޝެއާ، ޔުނައިޓެޑްގެ ކޮންޓްރެކްޓް އިތުރު ތިން އަހަރަށް އާ ކުރި އެވެ. އެކަމަކު، އެންމެ ފަހުން ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ކުރި ހަރަދުތަކާ އަޅާބަލާއިރު، އެކަށީގެންވާ ކުރިއެރުމެއް ނުފެނުނެވެ. ޔުނައިޓެޑުން ސޯލްޝެއާ ވަކިކޮށްފިނަމަ ބަދަލެއްގެ ގޮތުގައި ނުވަ މިލިއަން ޑޮލަރު ދޭން ޖެހޭނެ އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސޯލްޝެއާ މަގާމުން ވަކިކުރާނެ ކަމަށް ބެލެވުނު ނަމަވެސް އެ ފަހަރުތަކުގައި އޭނާ ސަލާމަތްކުރީ ޔުނައިޓެޑްގެ ކުރީގެ ކޯޗު އަލެކްސް ފާގަސަންގެ ނުފޫޒުންނެވެ. އެކަމަކު، މި ފަހަރު ފޯމު ގެއްލި އެއްވެސް އަލިމަގެއް ނުފެންނާތީ ބޯޑުން ބޭނުންވީ ސޯލްޝެއާ މަގާމުން ދުރުކުރާށެވެ.

ކުރިން ޕްރިމިއާ ލީގުގައި ކާޑިފް ސިޓީ އަށް ކޯޗުކޮށްދިން ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މޮރީނިއޯ ވަކިކޮށް ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. ވަގުތީ ކޮންޓްރެކްޓެއްގައި ތިން މަސް ދުވަސް ހޭދަކުރިއިރު، ސޯލްޝެއާގެ މަސައްކަތް ޔުނައިޓެޑަށް ރަނގަޅުވުމުން އެ ޓީމުން އޭނާ އަށް ދާއިމީ އެއްބަސްވުމެއް ދިނެވެ. އެ ފަހަރު އޭނާ ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. ޔުނައިޓެޑްގައި ސޯލްޝެއާ އަށް ތަށްޓެއް ނުލިބުނަސް ނެރުނު ނަތީޖާތަކާއި ހޯދި ކުރިއެރުން ބަަލައި އޭނާ އަށް މި ސީޒަން ފެށުމުގެ ކުރިން ކޮންޓްރެކްޓެއް ދިނީ އެވެ.

ސޯލްޝެއާ ވަކިކޮށް ޔުނައިޓެޑުން ހޯދަން މަސައްކަތްކުރާ ކޯޗުންގެ ތެރޭގައި ޕީއެސްޖީގެ މައުރީސިއޯ ޕޮޗެޓީނޯ، ލެސްޓާ ސިޓީގެ ބްރެންޑަން ރޮޖާސް އަދި މިދިޔަ ސީޒަނަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލި ފަހުން ޓީމަކާ ހަވާލުނުވެ ހުރި ޒިނެދިން ޒިދާން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox