އިރާނުގައި ހަމަނުޖެހުން އިތުރުވެ، ހަފުތާއެއް ތެރޭ ހަ ފުލުހުން މަރުވެއްޖެ

އިރާނުގެ ފުލުހުން.

އިރާނުގެ ފުލުހުން.

ތެހްރާން، އިރާން (ނޮވެމްބަރު 20) - ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިރާނުގެ ބައެއް ހިސާބުތަކުގައި ހަމަނުޖެހުން ބޮޑުވެ ހިނގި ތަފާތު އެކި ހާދިސާތަކުގައި ހަ ފުލުހުން މަރުވެއްޖެ އެވެ.

ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި ހުޅަނގު ދެކުނު ހުޒެސްތާން ޕްރޮވިންސްގައި ހަތިޔާރު އެޅި ވަގުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ހުކުރު ދުވަހު ފުލުހުންގެ ކެޕްޓަނެއް މަރުވި އެވެ.

އޭގެ ކުރިން ބުރާސްފަތި ދުވަހު އިރާނުގެ މެދުތެރޭގައި އޮންނަ އިސްފަހާން ޕްރޮވިންސްގައި ހަތިޔާރު އެޅި ގްރޫޕަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ވެސް ފުލުހަކަށް އަނިޔާވެ ފަރުވާ ދެނިކޮށް މަރުވި އެވެ.

އިރުދެކުނު ބަލޮޗިސްތާން ޕްރޮވިންސްގައި ވަގަށް އެތެރެކޮށްފައިވާ ތެޔޮ އުފުލަން އުޅުނު އުޅަނދަކުން ބުދަ ދުވަހު ވަނީ ފުލުހެއްގެ ގައިގައި ޖައްސައި މަރާލާފަ އެވެ.

ބަލޮޗިސްތާން ޕްރޮވިންސް އޮންނަނީ ޕާކިސްތާނާ ގުޅޭ ބޯޑަރު ކައިރީގަ އެވެ. އެ ޕްރޮވިންސްގައި އާއްމުކޮށް ފުލުހުންނާއި ހަތިޔާރު އެޅި ގްރޫޕުތަކާ ދެމެދު ކުރިމަތިލުންތައް ހިނގަ އެވެ.

އާއްމުކޮށް ހަމަނުޖެހުން އުފެދެނީ ވަގަށް ތަކެތި އެތެރެ ކުރާ ގޭންގުތަކާއި، ހަރުކަށި ފިކުރުގެ ގްރޫޕުތަކާއި، ދައުލަތާ ވަކިވެގަނެގެން އުޅޭ ބަލުޗި މައިނޯރިޓީންނާ ހެދި އެވެ.

ދައުލަތުގެ ނިއުސް އެޖެންސީން ބުނީ ބުދަ ދުވަހު ބަލޮޗިސްތާން ޕްރޮވިންސްގައި ހިނގި ކުރިމަތިލުންތަކެއްގައި ތިން ފުލުހުން މަރުވެ، އިތުރު ހަ ފުލުހަކަށް އަނިޔާވި ކަމަށެވެ.

ގާތްގަނޑަކަށް 24 ގަޑިއިރު ވަންދެން މެދުކެނޑުމެއް ނެތި ކުރިއަށް ދިޔަ ހަމަލާ ބަދަލު ކުރުންތަކުގައި ހަތިޔާރު އެޅި ގޭންގުގެ ދެ މެމްބަރަކު މަރުވި ކަމަށް ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox