ތުރުކީން ބަންދުކުރި ސީރިއާ ލަވަކިޔުންތެރިޔާ ދޫކޮށްލައިފި

ސީރިއާގެ ލަވަކިޔުންތެރިޔާ ސުލެއިމާން. -- ފޮޓޯ: އޭއެފްޕީ

ސީރިއާގެ ލަވަކިޔުންތެރިޔާ ސުލެއިމާން. -- ފޮޓޯ: އޭއެފްޕީ

އަންކާރާ، ތުރުކީ (ނޮވެމްބަރު 20) - ކުރުދީ ހަނގުރާމަވެރިންނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް، ތުރުކީގައި ބަންދުކޮށްފައި ހުރި ސީރިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ސުލައިމާން ދޫކޮށްލައިފި އެވެ.

އޭނާ ދޫކޮށްލީ ހުކުރު ދުވަހުގެ ރޭ 10:30 ގަ އެވެ.

ދެހާސް އެގާރަ ވަނަ ސީރިއާގެ ދާހިލީ ހަނގުރާމަ ފެށުމުން ގައުމު ދޫކޮށް ތުރުކީ އަށް ދިރިއުޅުން ބަދަލުކުރި ސުލައިމާން އަންނަނީ ސަންލިއުރްފާގައި ބޭކެރީއެއް ހިންގަމުންނެވެ. އޭނާ ހައްޔަރު ކުރީ އެ ތަނުން މިދިޔަ ބުދަ ދުވަހު އެވެ.

ފުލުހުން އޭނާއާ ސުވާލުކުރީ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ) އާ ގުޅުން އޮންނަ ކަމަށް ބެލެވޭތީ އެވެ. ތުރުކީން ބުނާ ގޮތުގައި ވައިޕީޖީ އަކީ ކުރުދިސްތާން ވޯކާޒް ޕާޓީ (ޕީކޭކޭ) ގެ ސީރިއާ ގޮތްޕެވެ.

ތުރުކީ އާއި ހުޅަނގުގެ ގައުމުތަކުން ދެކޭ ގޮތުގައި ޕީކޭކޭ އަކީ ޓެރަރިސްޓު ގްރޫޕެކެވެ. އެ ގްރޫޕު ބްލެކްލިސްޓުކޮށްފައި ވާއިރު 1984 ވަނަ އަހަރުން ފެށިގެން އެ މީހުން އަންނަނީ ތުރުކީ ދައުލަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

"ޓެރަރިސްޓް ޕްރޮޕެގެންޑާ" ފެތުރި ކަމަށް ސުލައިމާނަށް ތުހުމަތު ކުރި ނަމަވެސް ދައުވާ އުފުލި ކަމެއް ސާފެއް ނޫނެވެ. ދޫކޮށްލުމާ އެކު އޭނާ ދިރިއުޅޭ ކަރަކޮޕްރޫ ޑިސްޓްރިކްޓަށް ދިޔުމުން މަރުހަބާ ކީ އާއިލާ އާއި ފޭނުންނެވެ.

ޑާންސް އަދި ފޯކް މިއުޒިކް އުފައްދާ ސުލައިމާން ވަނީ ބްޔޯކް އަދި ބްލާގެ ފްރަންޓްމޭން ޑޭމަން އަލްބާން ފަދަ އާޓިސްޓުންނާ އެކު މަސައްކަތްކޮށް ބައިނަލްއަގްވާމީ ގޮތުން މަގްބޫލުކަން ހޯދާފަ އެވެ.

އޭނާ 2013 ވަނަ އަހަރު ނެރުނު ލަވަ "ވަރްނީ ވަރްނީ" ގެ ރަސްމީ ވީޑިއޯ ޔޫޓިއުބުގައި 95 މިލިއަން ފަހަރު ބަލާފައި ވެ އެވެ. އިރުއުތުރު ސީރިއާ އަށް ނިސްބަތްވާ ސުލައިމާން ލަވަކިޔަނީ އަރަބި އަދި ކުރުދީ ބަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox